މިއަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި އެއް ޕަސެންޓަށް ވެސް ނާރާނެ: ސައިފް
18 އޯގަސްޓު 2026 | އަންގާރަ 11:35ރާއްޖޭގެ އިގުތިސާދީ ދުވެލި މި އަހަރު އެއް އިންސައްތައަށް ވުރެ ދަށަށް ދާނެ ކަމަށް އޭޑީބީން ލަފާކޮށްފައިވާ ކަމަށް ސައިފް ފާތިހު ވިދާޅުވެއްޖެ. ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވަމުންދާއިރު، ސަރުކާރުން ބޭކާރު ހަރަދުތައް ކުރުމާއި ވަޒީފާތަކުން މީހުން ވަކިކުރުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވި


ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގެ ތެރެއިން | ރާއްޖެ އެމްވީ
ކުރިއަށް މިދާ 2026 ވަނަ އަހަރު ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި އެއް ޕަސެންޓަށް ވެސް ނާރާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު ސައިފް ފާތިހު ވިދާޅުވެއްޖެ އެވެ.
އަންގާރަދުވަހު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސައިފް ވިދާޅުވީ މި އަހަރު ފެށުނު އިރު އިގްތިސާދީ ދުވެލި އަންދާޒާކޮށްފަ ވަނީ ތިން އިންސައްތައާއި ހަތަރު އިންސައްތައާ ދެމެދު ކަމަށެވެ. ނަމަވެސް އޭޝިއަން ޑިވަލޮޕްމެންޓް ބޭންކް (އޭޑީބީ) އިން މިހާރު އަންދާޒާކުރާ ގޮތުގައި މި އަދަދު މިހާރު ހުރީ 0.7 އިންސައްތައިގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މުޅި އިކޮނޮމިކް ގްރޯތު މި އަހަރު ފެށުނުއިރު ޕްރޮޖެކްޓު ކޮށްފައިވަނީ ތިނެއް ނުވަތަ ހަތަރު އިންސައްތައިގައި. މިހާރު ރިވައިސްޑް ރޭޓް އެއް ޕަސެންޓަށް ވެސް މި އަހަރު ރާއްޖޭގެ އިކޮނޮމިކް ގްރޯތު ނުހުންނާނެ. 0.7 އިންސައްތަކަމަށް އޭޑީބީއިން ބުނަނީ މިއަދުގެ ހާލަތައް ބަލާފައިސައިފް ފާތިހު
ރާއްޖޭގައި މިވަގުތު ޒަރޫރީ މުދަލުގެ އަގު 8 އިންސައްތައަށް މަތިވުމަކީ ޑޮލަރުގެ އަގު ބޮޑުވެ އިންޕޯޓް ކުރާ މުދަލުގެ އަގު ބޮޑުވުމުގެ ސަބަބުން ކަމަށް ސައިފް ވިދާޅުވި އެވެ
ސައިފް ވިދާޅުވީ ތަކެތީގެ އަގު ބޮޑުވަމުންދާއިރު ރައްޔިތުންގެ މުސާރަ ބޮޑުނުވެ، އެތައް ހާސް މީހުން ވަޒީފާއިން ވަކި ކުރުމަކީ ރައްޔިތުންނަށް އެތައް ދަތިތަކާ ކުރިމަތިލާންޖެހޭކަމެއް ކަމަށެވެ.
ޒަރޫރަތްތަކުގެ އަގު ބޮޑުވެއްޖެ އަށް ޕަސެންޓު. ޖޫންމަހާއި ޖުލައި މަހާ އަޅާބަލާއިރު އަށް ޕަސެންޓު އިތުރުވެއްޖެ. ކިހިނެއްތޯ މިތަނުގައި މީހަކު ދިރިއުޅެނީ. މުސާރައެއް ބޮޑުވަނީކީނުން. އަނެއްކޮޅުން ދެއްވަނީ އަނިޔާ، 13000 މީހުން ވަޒީފާއިން ކަނޑާލަނީސައިފް ފާތިހު
ހަމައެއާއެކު ޑޮލަރުގެ އަގު މަތިވަމުން ދަނީ ސަރުކާރަށް ރާއްޖޭގެ އިގްތިސާދު ހަމަނުޖެއްސޭތީވެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޑޮލަރުގެ އަގު އިތުރަށް މަތިވަމުން ދަނީ ދައުލަތުން ބޭކާރު ހަރަދު ކުރަމުންދާތީކަމަށް ސައިފް އިތުރަށް ވިދާޅުވި އެވެ.
މީގެ ދޮޅު އަހަރު ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޑޮލަރުގެ އަގު އިތުރަށް ބޮޑުނުވާނެކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިހާރު ޑޮލަރެއްގެ އަގު ކަޅު ބާޒާރުގައި ހުރީ 23 ރުފިޔާއަށް ވުރެ މަތީގައެވެ.
ޑޮލަރުގު އަގު މަތިވުމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުން ދާއިރު އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ ޑޮލަރުގެ އަގު މަތިވުމުގެ މައިގަނޑު ސަބަބަކީ ނޫސްތަކުން ރައްޔިތުންގެ މެދުގައި ހާސްކަން އުފައްދާތީކަމަށް ވިދާޅުވެފަ އެވެ.







