Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބ. ދަރަވަންދޫ

ލާމަރުކަޒީ ނިޒާމް އަލިފުން ޔާއަށް އިނގޭ - ރައީސް މުއިއްޒު

13 އޯގަސްޓު 2025 | ބުދަ 18:54

ލާމަރުކަޒީ ނިޒާމް އަމަލީގޮތުން ހިންގުމުގައި އުޅުއްވި ކަމަށް މުއިއްޒު ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 13 އޯގަސްޓު 2025 | ބުދަ 18:54
ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. ދަރަވަންދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. ދަރަވަންދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ

ލާމަރުކަޒީ ނިޒާމް އަލިފުން ޔާއަށް އެނގިވަޑައިގަންނަވާ ކަމަށާއި ރައްޔިތުންނަށްޓަކައި ނިޒާމަށް ގެންނަ އިސްލާހުތައް ލޭބަލް ކުރަމުން ދަނީ ރައްޔިތުންނަށް ކޮށްދޭކަމެއް ނޫން ކަމެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ދަރަވަންދޫ އަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ ސަރުކާރުން ރައްޔިތުންނަށް ފުރިހަމައަށް ކަންކަން ކޮށްދެވޭނެ ގޮތަށް ކަންކަން ކުރެއްވުމަށް ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ފުރިހަމައަށް ގަބޫލު ކުރައްވާ އަދި އަމަލީގޮތުން އެ ނިޒާމް ހިންގުމުގައި އުޅުއްވި ބޭފުޅެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ މާލޭގައި ލާމަރުކަޒީ ނިޒާމް ގިނގަ ގޮންޖެހުން ތަކާއެކީގައި ހިންގަން މަސައްކަތް ކުރެއްވި ކަމަށާއި، ލާމަރުކަޒީ ނިޒަމް އަލިފުން ޔާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ފަޅީގައި އޮވެ ލާމަރުކަޒީ ނިޒާމަށް ގެންނަވާ އިސްލާހުތައް އެއީ ރައްޔިތުންނަށް ކޮށްދޭކަމެއް ނޫން ގޮތަށް ލޭބަލް ކުރަމުންދާ ކަމަށެވެ.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިފަދަ ޖަލްސާއެއް ބޭއްވިގެން ދާއިރުގައި އެ ކަންކަން އޮތީ އެހެން ނޫންކަން. ކައުންސިލްތައް ހިންގަން ޖެހޭނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް. ރައްޔިތުން ބާރުވެރިކުރާ ގޮތަށް. އަޅުގަނޑުމެން އެންމެ ފަހުން ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން މަޖިލީހުން ފާސްކޮށްފައި އޮތް އިސްލާހުގައި ތެރޭގައި ހިމެނެނީ މުޅިންވެސް މިކަން. އެއް އިސްލާހަކީ މިހާރު ބައެއް ކައުންސިލްތަކުން އުފައްދާފައި ހުރި ކުންފުނިތަކުން އެބަ ހިންގާ އާންމު ފަރުދުން ހިންގާ ކުދިކުދި ވިޔަފާރިތައް. އެހެން ހެދީމާ ރަށުގެ އާންމު ރައްޔިތުންގެ މުއްސަނދިކަމަށް ހުރަސް އެޅޭނެ.
ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު

ކައުންސިލްތައް ހިންގުމަށް އުދަނގުވާ ގޮތައް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކުގެ ވާހަކަ ފާހަގަ ނުކުރައްވާ ރައީސް ވިދާޅުވީ ނިޒާމަށް ގެންނަ ދެވަނަ އިސްލާހަކީ އާންމު ހިދުމަތްދޭ ތަންތަން ހިންގާ ބިންތަކުން ބޮޑު ކުލި ނަގާތީ ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. އަދި މިއާއެކު ކަރަންޓާއި ފެނާއި ނަރުދަމާ އަދި ރައްޔިތުންނާއި ގުޅުންހުރި ހިދުމަތްތަކުން ނަގާ އަގު ހެޔޮވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކުން ހޯދާ އާމްދަނީ އިން ޓެކްސް ނުދައްކާ ކަމަށާއި، އެހެންކަމުން ޓެކްސް ދައްކަން މަޖުބޫރުކުރާ އިސްލާހެއް ހިމަނާފައިވާނެ ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ކަންކަން ކޮށްދެއްވަން ގެނައި އިސްލާހެއް ކަމަށެވެ. އަދި ކައުންސިލްތަކުގެ އާމްދަނީ ހާމަ ނުކުރާ ކަމަށާއި، އިސްލާހު ގެނެސްފައިވަނީ އެ ހާމަކުރުމަށް ކަމަށެވެ. އަދި މި އިސްލާހު ގެނައީ ޗެކްއެންޑް ބެލެންސް ގާއިމް ކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މަޖިލީހުން ފާސް ކުރި ބިލުން ކައުންސިލުތަކަށް ކުރިމަތި ކުރުވާ ހުރަސްތަކުގެ ތެރޭގައި ވިޔަފާރި ކުރަން ކުރިމަތި ކުރުވާ ހުރަސްތަކާއި އަމިއްލަ މީހަކު ކުރަމުންދާ ވިޔަފާރިއެއް ނުކުރެވޭ ގޮތް ހެދުމާއި ތަންތަން ކުއްޔަށް ދިނުމަށް ހުރަސްތައް ކުރިމަތި ކުރުވުން ހިމެނެ އެވެ.

އަދި މީގެ އިތުރުން އަސާސީ ހިދުމަތް ދިނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުން މަނާ ކުރުމާއި މާލީ ކަންކަމަށް ނުފޫޒު ފޯރުވުންފަދަ ކަންކަން މި ބިލުގައި ހިމެނެއެެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން 80 ށް ވުރެ ގިނަ ކައުންސިލުން، އެ އިސްލާހްތައް ތަސްދީގު ނުކުރުމަށް ރައީސް އަށް ގޮވާލައި ބަޔާންތައް ނެރެފައިވާއިރު، ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅޭގޮތުން މިނިސްޓަރ އޮފް ލޯކަލް ގަވަރންމަންޓް އެންޑް ސިޓީސް އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލުތަކުގެ މާލީ ބާރުވެރިކަން އިތުރުކުރަން ކަމަށެވެ. އަދި މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލްތަކުން ކުރަނީ ޒިންމާދާރު ކަމާއެކުގައި ކަން ކަށަވަރު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

25 މާރިޗު 2017

ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި

25 މާރިޗު 2017
ރަށްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ރުޅިގަދެވެ، ރާއްޖެޓީވީގެ ނޫސްވެރިޔާއަށް ނިހާން އިންޒާރުދީފި
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
03 މާރިޗު 2017

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި

03 މާރިޗު 2017
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ޓެސްޓްކޮށްދޭން ފަށައިފި
26 ފެބުރުއަރީ 2017

މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު

26 ފެބުރުއަރީ 2017
މި ސަރުކާރަކީ ލާމަރުކަޒު ކުރުމާ ދެކޮޅު ސަރުކާރެއް، ނިޒާމް ދަމަހައްޓަން ޕީޕީއެމަށް ނޫނެކޭ ބުނަން ޖެހޭ: ޝަމާއު
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް