Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ހިފުމުގެ އޮނިގަނޑު ފާސް ކޮށްފި ކަމަށް އިސްރާއީލު ސިފައިން ބުނެފި

ދުނިޔެ ދެކޮޅު ހަދަމުންދާއިރުވެސް، އިސްރާއީލުން ޣައްޒާ ސިޓީ ހިފުމަށް ހިންގާނެ އޮޕަރޭޝަންގެ އޮނިގަނޑު ފާސްކޮށްފިއެވެ. މިއީ އެތައް ހާސް ފަލަސްތީނު ރައްޔިތުން ރައްކާތެރިކަން ހޯދުމަށް ޖަމާވެފައިވާ ސަރަހައްދަކަށް އަމާޒުކޮށް، މިހާރުވެސް ގަދަފަދަ ވައިގެ ހަމަލާތައް ދެމުންދާ ސިޓީއެކެވެ.

ރާއްޖެ އެމްވީ | 13 އޯގަސްޓު 2025 | ބުދަ 13:27
ޣައްޒާ ގައި ޖަރީމާތައް ހިންގުމުގައި ޙަރަކާތްތެރިވާ އިސްރާއީލްގެ ހަތިޔާރު އެޅި ސިފައިން (ފައިލް)

ޣައްޒާ ގައި ޖަރީމާތައް ހިންގުމުގައި ޙަރަކާތްތެރިވާ އިސްރާއީލްގެ ހަތިޔާރު އެޅި ސިފައިން (ފައިލް)

ޣައްޒާގެ ޣައްޒަ ސިޓީ ހިފުަމަށް އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ނިންމި ނިންމުމާ އެއް ގޮތައް، އެ އޮޕަރޭޝަން ހިންގާނެ ގޮތުގެ "އޮނިގަނޑު" ފާސްކޮށްފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ބަޔާނެއްގައި ބުދަ ދުވަހު ބުނެފިއެވެ.

ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ، ސިފައިންގެ އެންމެ އިސް ވެރިޔާ ލެފްޓިނަންޓް ޖެނެރަލް އެެޔާލް ޒަމީރު "އައިޑީއެފްގެ ޣައްޒާ ސަރަޙައްދުގެ އޮޕަރޭޝަނަލް ޕްލޭންގެ މައިގަނޑު އޮނިގަނޑު" ފާސްކޮށްފައިވާ ކަމަށެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އިސްރާއީލުގެ ސިފައިން ޣައްޒާ ގެ އެންމެ ބޮޑު ސިޓީއަށް ވަންނާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. ޣައްޒާ ސިޓީ އަކީ ހަނގުރާމައިގެ ނުރައްކަލުން ކޮންމެވެސް ވަރެއްގެ ރައްކާތެރި ކަމެއް ހޯދުމަށް ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ޖަމާވެފައިވާ ސިޓީ އެކެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވަނީ، މި ފަހުގެ ދުވަސްތަކުގައި ޣައްޒާ ސިޓީއަށް އިސްރާއީލުން ދޭ ވައިގެ ހަމަލާތައް އިތުރުވެފައިވާ ކަމަށާއި، ޒައިތޫން އަދި ސަބްރާގެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް "ވަރަށް ބޮޑެތި ވައިގެ ހަމަލާތައް ދީފައިވާ ކަމަށެވެ. އެއީ އާންމު ރައްޔިތުންގެ ގެތަކަށް އަމާޒުކޮށްގެން ދިން ހަމަލާތަކެއް ކަމަށާއި، އޭގެ ތެރޭގައި އުސް އިމާރާތްތައް ވެސް ހިމެނޭ ކަމަށް ބެލެވެއެވެ."

ސިފައިންގެ ޕްލޭން ފާސްކުރި ޚަބަރު އައިސްފައި ވަނީ، ހަމާސް ގެ އިސް ވަފުދެއް ގާހިރާ އަށް ދަތުރުކޮށް، ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމާ ގުޅޭ ގޮތުން މިސްރުގެ މެދުވެރިންނާ އެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ހާމަ ކޮށްފައިވާ ދަނޑިވަޅެއް ގައެވެ.

22 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާ ހަނގުރާމަ އިތުރަށް ފުޅާ ކުރުމަށް ނަތަންޔާހޫ ގެ ސަރުކާރުން ނިންމި ނިންމުމަށް މުޅި ދުނިޔޭން ދަނީ ދެކޮޅު ހަދާ ނުރުހުން ފާޅު ކުރަމުންނެވެ. މި ރޭވުންތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި އަދި އިސްރާއީލުގައި ވެސް އިހުތިޖާޖުތައް ދަނީ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
27 ޖެނުއަރީ 2017

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު