Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ ހަނގުރާމަ ދަނީ ކޮންމެ ގަޑިއަކަށް ނުރައްކާތެރި ވަމުން: އީޔޫ އޮފިޝަލް

ޣައްޒާގެ ހަނގުރާމަ އިތުރަށް ނުރައްކާތެރި ވަމުންދާއިރު، އަސްކަރީ ހައްލަކީ މައްސަލައިގެ ހައްލެއް ނޫންކަމަށް ޔޫރަޕިއަން ޔޫނިއަންގެ އިސްވެރިން ވިދާޅުވެއްޖެ. އިންސާނީ އެހީއާއި އެން.ޖީ.އޯ ތަކަށް ޣައްޒާ އަށް ވަދެވޭނެ މަގު ފަހިކޮށްދިނުމަކީ މިވަގުތު އެންމެ މުހިންމު ކަމެއްކަމަށް އީޔޫގެ ވެރިން ދެކޭ.

ރާއްޖެ އެމްވީ | 12 އޯގަސްޓު 2025 | އަންގާރަ 01:03
ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ކަޖާ ކަލާސް

ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ ކަޖާ ކަލާސް

ޣައްޒާ ގެ މައްސަލަ ހައްލު ކުރަން ބޭނުން ވަނީ އަސްކަރީ ހައްލެއް ނަމަ ހަނގުރާމަ މިހާރު އޮންނާނީ ނިމިފައި ކަމަށް ޔޫރިޕިއަން ޔުނިއަންގެ ބޭރުގެ ސިޔާސަތާ ބެހޭ އިސް އޮފިޝަލް ވިދާޅުވެއްޖެއެވެ.ޔޫރަޕިއަން ޔޫނިއަންގެ ބޭރު ސިޔާސަތުގެ އިސް އޮފިޝަލް ކަޖާ ކަލާސް ވިދާޅުވެފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ފާއިތުވާ ކޮންމެ ގަޑިއިރަކާ އެކީ ނުރައްކާތެރި ވަމުންދާ ކަމަށާއި، ހަނގުރާމައަކީ މި މައްސަލައިގެ ހައްލެއް ނޫން ކަމަށެވެ.އެކްސް މީޑިއާ ޕްލެޓްފޯމްގައި ޝާއިޢުކުރެއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައިވަނީ "އަސްކަރީ ހައްލެއް ވާނަމަ، ހަނގުރާމަ މިހާރު ނިމިފައި އޮންނާނެ" ކަމަށެވެ. ޣައްޒާ ގެ މައްސަލައިގައި އީޔޫ އިން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި އިންސާނީ އެހީ ފޯރުކޮށްދިނުމާއި، އެން.ޖީ.އޯތަކަށް ޣައްޒާ އަށް ވަދެވޭނެ މަގު ފަހިކޮށްދިނުމާއި، ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމާއި އަދި ރަހީނުން ދޫކޮށްލުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.ޣައްޒާ ގައި އިސްރާއީލުގެ ހަމަލާއެއްގައި އަލް ޖަޒީރާގެ ފަސް ނޫސްވެރިން މަރުވެފައިވެފައިވާ މައްސަލައިގައި އީޔޫއިން އެކަން ކުށްވެރިކުރާ ކަމަށް ކަލާސް ވިދާޅުވިއެވެ. އޭގެ ތެރޭގައި އަލް ޖަޒީރާގެ ފާހަގަ ކުރެވޭ ނޫސްވެރިއެއް ކަމަށްވާ އަނަސް އަލް-ޝަރީފް ވެސް ހިމެނެއެވެ. އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ އަލް-ޝަރީފް އަކީ ހަމާސްގެ ޓެރަރިސްޓް ސެލްއެއްގެ އިސްވެރިއެއް ކަމަށެވެ. ނޫސްވެރިންނަށް ޓާގެޓް ކޮށް މީގެ ކުރިން ދީފައިވާ ހަމަލާތަކަށް ފަހު ވެސް އިސްރާއީލުން ދައްކާފައިވާ ބަހަނާ އަކީ މިއީއެވެ. އެހެން ނަމަވެސް އެއް ވެސް އޮއްޓަރު ހުރި ހެތްކެއް އިސްރާއީލަށް ދެއްކިފައެއް ނުވެއެވެ.27 ގައުމުގެ މައްޗަށް އެކުލެވޭ އީޔޫ އަށް ޣައްޒާ މައްސަލައިގައި އެއް އަޑަކުން ވާހަކަދެއްކުމަށް ދަތިވެފައި ވަނީ ބައެއް މެންބަރުން އިސްރާއީލަށް ތާއީދު ކުރާއިރު، އަނެއްބައި މެންބަރުން ފަލަސްތީނަށް ތާއީދު ކުރާތީއެވެ. ނަމަވެސް ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް އިތުރު މަގުތައް ހޯދުމަށް އީޔޫ އިން ވަނީ އެއްބަސް ވެފައެވެ.ކަލާސް އިސްރާއީލަށް ގޮވާލައްވާފައިވަނީ އިތުރު އެހީ ޣައްޒާ އަށް ވަދެވޭނެ މަގު ތަނަވަސް ކޮށްދިނުމަށެވެ. "އެހީ އިތުރުވެފައިވީ ނަމަވެސް، ބޭނުންވާ މިންވަރު މާ ބޮޑު. އިސްރާއީލުން އިތުރު ޓްރަކުތަކާއި އެހީ ބެހުމުގެ ރަނގަޅު ނިޒާމެއް ހަމަޖައްސައިދޭން ޖެހޭ" ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
08 ފެބުރުއަރީ 2017

މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ

08 ފެބުރުއަރީ 2017
މުސްލިމުން އެމެރިކާއަށް ނޭރޭނެ ގޮތް ހެދުމަށް ސުޕްރީމް ކޯޓަށް ދަނީ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު