Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުން

ހއ. އަތޮޅުން ފ. އަތޮޅަށް ނެރުނު ޔެލޯ އެލަރޓްގެ ވަގުތުު އިތުރުކޮށްފި، 50 މޭލަށް ވައިގަދަވާނެ

ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް މޫސުމާ ބެހޭ އޮފީހުން ބުނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ޖުލައި 2025 | ހުކުރު 06:05
ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ވައި ބާރުވެ ކަނޑުތައް ގަދަވެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވޭ

ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ވައި ބާރުވެ ކަނޑުތައް ގަދަވެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވޭ

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ނެރުނު ޔެލޯ އެލަރޓުގެ މުއްދަތު އިތުރުކޮށްފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ފުރަތަމަ މި އެލަރޓް ނެރުނީ ފަތިހު 5:30 އިން ފެށިގެން ހެނދުނު 9:30 އަށެވެ. ނަމަވެސް ހާލަތަށް ބަދަލެއް ނާންނާތީ އެ މުއްދަތު ވަނީ މެންދުރު 1:30 އަށް އިތުރުކޮށްފައެވެ.

ފުރަތަމަ އެލަރޓް ނެރުނު އިރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 45 މޭލަަށް ވައިގަދަވާނެ ކަމަށެވެ. ނަމަވެސް މުއްދަތު އިތުރުކުރި އެލަރޓުގައި ބުނެފައިވަނީ ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ސަރަހައްދަށް ޔެލޯ އެލަރޓް ނެރެފައިވާއިރު މެންދުރު ކުރި 11:00 އާއި ހަމައަށް ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ބުރާސްފަތި ދުވަހުން ފެށިގެން 4 ދުވަހު ހުޅަނގު މޫސުމުގެ ބާރުގަދަވެ މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު މޫސުމާއި ބެހޭ އެޑްވައިޒަރީގައި ބުނެފައިވަނީ ޖުލައި 17 އިން ފެށިގެން 20 ވަނަ ދުވަހާ ހަމައަށް، ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ ކަމަށް ބެލެވޭތީ، ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވޭނެ ކަމަށާއި، ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މޫސުމައި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހުރިހާ ފަރާތަތްތަކުން އަދި ހާއްސަކޮށް ދަތުރުވެރިން މޫސުމާއިބެގޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމާއެކު މުސުމަށް ސަމާލުވުމަށް އަންގާފައިވެއެވެ.

ވިއްސާރަހއ. އަތޮޅުފާއިތުވި ތަންމޫސުމާބެހޭ ގައުމީ އިދާރާ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

3 މީހުންނާ އެކު ދަތުރު ކުރަމުންދިއަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ދާތީ ފުލުހުން ހަރަކާތްތެރި ވަނީ

30 ނޮވެމްބަރު 2025
3 މީހުންނާ އެކު ދަތުރު ކުރަމުންދިއަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ދާތީ ފުލުހުން ހަރަކާތްތެރި ވަނީ
18 ޖުލައި 2025

މޫސުން ގޯސް، ބޮޑު ބަޔަކަށް ރީނދޫ ސަމާލް

18 ޖުލައި 2025
މޫސުން ގޯސް، ބޮޑު ބަޔަކަށް ރީނދޫ ސަމާލް
18 ޖުލައި 2025

އޮޔާ ދިޔަ ޑިންގީއަކަށް އެހީތެރިކަން ފޯރުކޮށްދީ، ބަންޑުން ޖަހާލި ޑިންގީއެއްގައި ތިބި ދެ މީހަކު ސަލާމަތް ކޮށްފި

18 ޖުލައި 2025
އޮޔާ ދިޔަ ޑިންގީއަކަށް އެހީތެރިކަން ފޯރުކޮށްދީ، ބަންޑުން ޖަހާލި ޑިންގީއެއްގައި ތިބި ދެ މީހަކު ސަލާމަތް ކޮށްފި
18 ޖުލައި 2025

މާލެސިޓީއަށް 52 މޭލަށް ވައިގަވެ، ގަސްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

18 ޖުލައި 2025
މާލެސިޓީއަށް 52 މޭލަށް ވައިގަވެ، ގަސްތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
16 ޖުލައި 2025

މާދަމާއިން ފެށިގެން 4 ދުވަހު ހުޅަނގު މޫސުމުގައި ބާރުގަދަވެ މޫސުން ގޯސްވާނެ

16 ޖުލައި 2025
މާދަމާއިން ފެށިގެން 4 ދުވަހު ހުޅަނގު މޫސުމުގައި ބާރުގަދަވެ މޫސުން ގޯސްވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު