Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ-އިނގިރޭސި ގުޅުން

އިނގިރޭސި ޚާރިޖީ ވަޒީރު ލެމީ އާ މުއިއްޒު ބައްދަލު ކުރެއްވުމުން އެއްވެސް ނަތީޖާ އެއް ނެތް!

ޑޭވިޑް ލެމީ އާ އެކު ބޭއްވި ބައްދަލުވުމުން އެއްވެސް ނަތީޖާ އެއް ނުކުތް ކަމެއް ރައީސް އޮފީހުންވެސް ފޮރިން މިނިސްޓްރީން ވެސް ހާމަކޮށްފައެއް ނުވޭ

ރާއްޖެ އެމްވީ | 17 ޖުލައި 2025 | ބުރާސްފަތި 11:05
އިނގިރޭސިވިލާތައް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް ޑޭވިޑް ލެމީ އާ ބައްދަލު ކުރައްވަނީ - 16 ޖުލައި 2025

އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ޑޭވިޑް ލެމީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ބައްދަލުވުމުން އެއްވެސް ނަތީޖާ އެއް ނުނިކުންނަކަން ހާމަވެއްޖެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ޑޭވިޑް ލެމީ މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި ކަމަށެވެ. އެހެން ނަމެވެސް ބައްދަލުވުން އޮތް ތަނެއް ރައީސް އޮފީހުން ވެސް އަދި ފޮރިން މިނިސްޓްރީ އަކުން ވެސް ހާމަ ކޮށްފައެއް ނުވެއެވެ.

ޑޭވިޑް ލެމީ އާކީ އިނގިރޭސި ޚާރިޖީ ވަޒީރު ކަމަށް ވާއިރު އަދި މުއިއްޒުގެ ސަރުކާރުން ޗަގޯސް ހޯދާނެ ކަމަށާއި، ޗާގޯސް ކަނޑަށް ބައިނަލް އަގްވާމީ ކޯޓުން ކުރި ހުކުމެއްގެ ދަށުން އިތުރުކުރި ބައި ރާއްޖެ އަށް ހޯދާނެ ކަަމަށް ވައުދުވެފައިވާއިރު މި މައްސަލަ ރާއްޖޭގެ ފަރާތުން ނަގަން އެންމެ އެކަށީގެން ވަނީ ޑޭވިޑް ލެމީ އާ އެކު ބާއްވާ ބައްދަލުވުމުގައި ކަން ފާހަގަ ކުރެވެއެވެ. އެހެން ނަމަވެސް މިފަދަ އެއްވެސް ވާހަކަ އެއް އަދި މަޝްވަރާ އެއް ކުރެވުނު ކަމަކަށް ސަރުކާރަކުން ނުބުނެއެވެ.

އޭގެ އިތުރުން ރާއްޖެ އިން އިނގިރޭސިވިލާތައް އިމްޕޯޓު ކުރާ މަހުން ނަގާ ބޮޑު ޑިއުޓީ އާ ބެހޭ ގޮތުން ވެސް ލެމީ އާ އެކު އެއްވެސް ވާހަކަ އެއް ދެކެވުނު ކަން ހާމަ ކޮށްފައެއް ނުވެއެވެ.

ރައީސް އޮފީހުން އާންމު ކުރި ޚަބަރުގައި ހުރީ ވަކި ކަމެއް ދޭހަ ނުވާ ގޮތައް އާންމު ބަހުރުވައިން ގުޅުން ބަދަހި ކުރުމުގެ ވާހަކަތައް ކަން ފާހަގަ ކުރެވެއެވެ. އެ ގޮތުން ރައީސް އޮފީހުގެ ބަޔާނުގައި ބުނީ ބުދަ ދުވަހުގެ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމާއި އަދި ހަރުދަނާކުރުމާ ބެހޭގޮތުން ކަމަށެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި ހޭނުމުގެ މަސައްކަތްތަކުގައާއި، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމުގައާއި، ތަޢުލީމާއި ސްކޮލަރޝިޕްގެ ފުރުޞަތުތައް އިތުރުކޮށްދިނުމުގައި، އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. މިނޫންވެސް މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ގާތް ގުޅުން، އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. އެހެން ނަމަވެސް އެއީ ކޮންކޮން ދާއިރާ ތަކުން ކޮން ކަމެއް ހާސިލު ކޮށްގެން ކަމެއް ބުނެފައެއް ނުވެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީންވެސް ކުރި ޕޯސްޓުގައި ވެސް އެއްވެސް މުހިންމު ކަމަކާ މަޝްވަރާ ކުރެވި، އެއްބަސްވުމަކަށް އެއްވެސް ކަމެއްގައިި އާދެވުނު ކަމަކަށް ނުބުނެއެވެ. ވަރަށް ކުރުކޮށް ބުނެފައިވަނީ ދެ ގައުމުން ޝައުގުވެރިވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ. އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހު ރައީސް މުއިއްޒު އިނގިރޭސިވިލާތައް ފުރާވަޑައިގަތީ މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ރައީސް މުއިއްޒުގެ އަރިހުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މިނިސްޓަރުން ވެސް ގެންދެވިއެވެ.

މިއީ މުއިއްޒު މި އަހަރުގެ ތެރޭގައި އިނގިރޭސިވިލާތައް ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅެވެ.

ޖުލައި މަހުގެ މެދުތެރޭގައި އިނގިރޭސިވިލާތައް ރަސްމީ ދަތުރުފުޅު ކުރައްވާ އިރު ހުސްވި ޖޫން މަހުގެ 30 އިން ޖުލައި 2 ށް އަނބިކަނބަލުންނާއި ސަރުކާރުގެ ބޮޑު ވަފުދަކާ އެކު ސިންގަޕޫރަށް މުއިއްޒު ވަނީ ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

އިނގިރޭސި ވިލާތުގެ ރަސްމީ އަދި އަމިއްލަ އެއްވެސް މީޑިއާ އަކުން އަދި މުއިއްޒުގެ ދަތުރުފުޅާ ބެހޭ އެއްވެސް ވާހަކަ އެއް ހާމަ ކޮށްފައެއް ނުވެއެވެ.

ޑޭވިޑް ލެމީރައީސް މުހައްމަދު މުއިއްޒުއިނގިރޭސިވިލާތްޗާގޯސް އައިލެންޑްސްއިނގިިރޭސިވިލާތާއި ރާއްޖޭގެ ގުޅުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

އެއިޑްސް ނައްތާލުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢު އެކުގައި ގުޅިލާމެހިގެން އަދާ ކުރަންޖެހޭ ޒިންމާ އެއް: ރައީސް މުއިއްޒު

01 ޑިސެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު