Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރުސީ

ރާއްޖެ އިޝްތިހާރު ކުރަން ލިވަޕޫލާ އެކު އެއްބަސްވުން ހެދިއިރު، ޞަލާޙު ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔައިރު ވެސް ނޭނގޭ

ޞަލާޙު ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައުމަށް ފަހު، އެނބުރި ދިޔަ އިރު ވެސް އެކަން އޮތީ "ސިއްރު"ވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖުލައި 2025 | ބުރާސްފަތި 07:43
ލިވަޕޫލްގެ ތަރި ޞަލާޙު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި ބައެއް މަންޒަރުތައް

ލިވަޕޫލްގެ ތަރި ޞަލާޙު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި ބައެއް މަންޒަރުތައް

އިނގިރޭސި ފުޓުބޯޅަ ކުލަބު ލިވަޕޫލާ އެކު ރާއްޖެ އިޝްތިހާރު ކުރުމަށް އަގު ބޮޑު ޕާޓްނަރޝިޕެއް ހެދިއިރު، ލިވަޕޫލަށް ކުޅެމުން އަންނަ މިޞްރުގެ ފޯވަރޑް މުޙައްމަދު ޞަލާޙު ރާއްޖެ އައިސް ޗުއްޓީ ހޭދަ ކުރުމަށް ފަހު އެނބުރި ދިޔަ އިރު ވެސް ނޭނގެ އެވެ.

ލިވަޕޫލާ އެކު ރާއްޖެ އިޝްތިހާރު ކުރުމަށް ނިންމައި، އެކަން ހަމަޖައްސާފައިވާ ކަމަށް އިއުލާން ކުރީ މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ ފަހުން، ލިވަޕޫލްގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ކެމްޕެއިން ފައްޓަވައި ދެއްވުމަށް ކަމަށް ބުނެ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ލިވަޕޫލަށް ވެސް ވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

އޭރު ސަރުކާރުން ބުނަމުން ދިޔައީ އެ ސްޕޮންސަރޝިޕްްގެ ދަށުން ރާއްޖެ އަށް އެތައް ފައިދާތަކެއް ވާނެ ކަމަށެވެ. އެގޮތުން ލިވަޕޫލްގެ ވަކި ވަކި ކުޅުންތެރިން މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އެހެން ނަމަވެސް، ލިވަޕޫލްގައި މިވަގުތު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ މުހިންމު އެއް ކުޅުންތެރިޔާ، ޞަލާޙު ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައުމަށް ފަހު، އެނބުރި ދިޔަ އިރު ވެސް އެކަން އޮތީ "ސިއްރު"ވެފަ އެވެ. ލިވަޕޫލްގެ ބައެއް އޮފިޝަލުން ރާއްޖެ އައިސް އުޅުނުއިރު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ އެކަން ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.

ނަމަވެސް، ހުސްވި ޖޫން މަހުގެ ތެރޭގައި ޞަލާޙު ރާއްޖެ އައިސް ޗުއްޓީ ހޭދަ ކުރިއިރު، އެމްއެމްޕީއަރުސީ އިން ވެސް، އަދި ސަރުކާރުން ވެސް އެފަދަ ކަމެއް ހާމަކޮށްފައި ނުވެ އެވެ. ޞަލާޙުގެ ސޯޝަލް މީޑިއާގެ އިންސްޓަގްރާމްގައި އޭނާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރާ މަންޒަރު ފެންނަ ދެ ފޮޓޯ އެއް ވެސް ހިއްސާކޮށްފަ އެވެ. ނަމަވެސް ޞަލާޙުގެ އެ ޕޯސްޓުގެ ލޮކޭޝަންގައި ރާއްޖެ ނުވަތަ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި ކަމެއް ފާހަގަ ކޮށްފައި ނުވެ އެވެ.

ލިވަޕޫލާ އެކު ރާއްޖެ އިން ހަދާފައިވާ އެެއްބަސްވުމުގެ ދަށުން، ރާއްޖެ އިން ލިވަޕޫލަށް ދޭ ފައިސާގެ އަދަދު އެމްއެމްޕީއާރުސީ އިން އަދި ސަރުކާރުން ވެސް ހާމަކޮށްފައި ނުވެ އެވެ.

އެމްއެމްޕީއާރުސީ އިން ބުނެފައި ވަނީ އެއްބަސްވުމުގެ އެއްވެސް މައުލޫމާތެއް ހާމަ ކުރުމަކީ ލިވަޕޫލްގެ ވިޔަފާރީގެ މަސްލަހަތަށް އެކަމުގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށެވެ. އެ އެއްބަސްވުމުގައި ސިއްރު މާއްދާއެއް އޮތީ ކަމަށް ބުނެ، އެކަން ހާމަ ކުރުމަށް އެމްއެމްޕީއާރުސީ އިން ވަނީ އޭރު ވެސް ދެކޮޅު ހަދައިފަ އެވެ.

ލިވަޕޫލަށް ރާއްޖެ އިން ދޭ ފައިސާގެ އަދަދު އެމްއެމްޕީއާރުސީ އިން ހާމަކޮށްފައި ނުވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީން އިން ހާމަކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުން، 2025 މާޗު 13 އިން ފެށިގެން، 2028 މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކެމްޕެއިންގައި، އެމްއެމްޕީއާރުސީ އިން މިއަހަރު 20 މިލިއަނަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމަށް ވަނީ ހިމަނައިފަ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ލިވަރޕޫލް ސްޕޮންސަރޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާގެ މަޝްހޫރު ތަރި ވިކްޓަރ މާ، ފުވައްމުލަކުގައި ކުރު ފިލްމެއް ޝޫޓް ކޮށްފި

ޗައިނާގެ މަޝްހޫރު ތަރި ވިކްޓަރ މާ، ފުވައްމުލަކުގައި ކުރު ފިލްމެއް ޝޫޓް ކޮށްފި

10 އޮކްޓޯބަރު 2024
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު