Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހަފުތާއެއްގެ ތެރޭގައި ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރާ ފަރާތްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި، އެކަމުގައި އުންމީދެއް އޮތް ކަމަށެވެ. ނަަމަވެސް، ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަކީ ކޮން ބައެއް ކަމެއް ޓްރަމްޕް ވިދާޅު ނުވެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޖޫން 2025 | ހޮނިހިރު 04:14
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ކުރަމުން އަންނަ މަސައްކަތުގައި، ހަނގުރާމަ ހުއްޓާލުގެ އެއްބަސްވުމަށް ހަފުތާއެއްގެ ތެރޭގައި އަމަލު ކުރަން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރާ ފަރާތްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި، އެކަމުގައި އުންމީދެއް އޮތް ކަމަށެވެ. ނަަމަވެސް، ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަކީ ކޮން ބައެއް ކަމެއް ޓްރަމްޕް ވިދާޅު ނުވެ އެވެ. 

ޓްރަމްޕް ވިދާޅުވީ އެ ފަރާތްތަކާ ވާހަކަ ދައްކާފައިވާ ކަމަށާއި، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި އެއްބަސްވުމަކާ ހަމައަށް އައު އޮތީ ދާދި ކައިރީގައި ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. 

ޖޯޑަންގެ ވެރި ރަށް އަންމާންގައި ހުރެ އަލް ޖަޒީރާގެ ނޫސްވެރިޔަކު ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ އެ ވާހަކަ ތަކަކީ އުންމީދީ ވާހަކަ ތަކަކަށް ވެދާނެ ކަމަށެވެ. ނަމަވެސް، އޭނާ ފާހަގަ ކޮށްފައިވާ ގޮތުގައި މި ވަގުތު ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް މަޝްވަރާއެއް ސަރަހައްދުގެ އެއްވެސް ދިމާލެއްގައި ކުރިއަށް ނުދެ އެވެ.

އެހެން ނަމަވެސް އޭނާ ބުނެފައި ވަނީ، އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހަމައަށް އާދެވުނު ފަހުން، ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. ނަމަވެސް އިސްރާއީލް އިން ހަނގުރާމަ ހުއްޓާލަން ބޭނުން ނުވާ ކަމަށާއި، އެކަން ކޮށްފި ނަމަ، ބޮޑު ރިސްކެއް އޮތް ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ޤަބޫލު ކުރައްވާ ކަަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. 

ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން، އަދި އަރަބި ޤައުމުތަކުން ވެސް ބަލައިގެންފައިވާ އެއްބަސްވުމުގެ ކޮންމެ ވެސް މިންވަރަަކަށް ނަތަންޔާހޫ ޤަބޫލު ކުރަން ޖެހޭނެ ކަމަށް ވެސް، ގިނަ ރިޕޯޓުތަކާ ހަވާލާދީ އަލް ޖަޒީރާގެ ނޫސްވެރިޔާ ވަނީ ބުނެފަ އެވެ. 

ހަމާސް އިން ބުނެފައި ވަނީ މިދިޔަ މާޗު މަހުން ފެށިގެން އިސްރާއީލް އިން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލައި، އެންމެ ފަހުން ހަނގުރާމަ ހުއްޓާލުމަށް ވީ އެއްބަސްވުމާ ޚިލާފަށް ހިފާފައިވާ ސަރަހައްދުތަކުން ފޭބުމަށެވެ. 

މީގެ އިތުރުން ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާއް ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ކިބައިން ހޯދުމަށާއި، މަޝްވަރާ ކުރުމަށް އިތުރު ވަގުުރު ދޭން ޖެހިއްޖެ ނަމަ، އިސްރާއީލް އިން އަނެއްކާ ވެސް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ނުވާނެ ކަމުގެ ޔަގީންކަން ދިނުމަށް ވެސް ވަނީ އެދިފަ އެވެ. 

ޑޮނަލްޑް ޓްރަމްޕްޣައްޒާ ހަނގުރާމަހަނގުރާމަ ހުއްޓުމުގެ އެއްބަސްވުންބެންޖަމިން ނަތަންޔާހޫހަމާސްޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު