Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

އިރާނުން އިސްރާއީލަށް 'ގަދަފަދަ، ތާރީޚީ' އަދަބެއް ދީފި: އީރާނުގެ ރައީސް

އިސްރާއީލާއި އެ ގައުމުގެ އެކުވެރިން ދައްކަމުން އައި "ބަލި ނުކުރެވޭނެ ކަމުގެ މަންޒަރު" އިރާނުގެ ބާރުގަދަ ޖަވާބުން ފުނޑުފުނޑު ވެގެން ދިޔަ ކަމަށް އިރާނު ގެ ރައީސް ވިދާޅުވި

ރާއްޖެ އެމްވީ | 25 ޖޫން 2025 | ބުދަ 02:07
އީރާނުގެ ރައްޔިތުން، އީރާނާއި އިސްރާއީލުގެ މެދުގައި ހިނގަމުން ދިޔަ ހަނގުރާމަ ހުއްޓާލުމުން، އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އާއި މަރުހޫމް ސުޕްރީމް ލީޑަރު އަޔަތުالله ރޫހުالله ޚުމެއިނީގެ ޕޯސްޓަރާއި، ގައުމީ ދިދަތައް ހިފައިގެން ކާމިޔާބުު ފާހަގަ ކުރަނީ

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަންގާރަ ދުވަހު ވިދާޅުވީ، އިސްރާއީލުގެ ވެރިކަމުން އިސްލާމީ ޖުމްހޫރިއްޔާ އާ ދެކޮޅަށް ދައްކަމުން ދިޔަ އަނިޔާވެރިކަން އަމިއްލަ އަށް ހުއްޓާލަން މަޖުބޫރުވީ އިރާނާއި، ގައުމުގެ ހަތިޔާރުއެޅި ބާރުތަކުގެ އަތުން "ގަދަފަދަ އަދި ތާރީޚީ" އަދަބެއް ލިބުމަށް ފަހުގައި ކަމަށެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުން ދިޔަ 12 ދުވަހުގެ ހަނގުރާމަ ނިމުނު ކަން އިއުލާނު ކުރުމުން އީރާނުގެ ރައްޔިތުންނަށް ދެއްވި މެސެޖެއްގައެވެ. މި މެސެޖުގައި އީރާނަށް ލިބުނު ކާމިޔާބުގެ އެއް އަސްލަކީ އެ ގައުމުގެ "ހިތްވަރުގަދަ ކަމާއި ސާބިތު ކަން." ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިސްރާއީލާ އެކު ކުރި ހަނގުރާމައިގައި އީރާނަށް ލިބުނު ކާމިޔާބަށް ޓަކައި އެމަނިކުފާނު ވަނީ އީރާނުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ.

"މި ކާމިޔާބީ ގެ ހުރިހާ ފަޚުރެއް ވެސް ނިސްބަތްވަނީ އިރާނުގެ މަތިވެރި ޤައުމަށެވެ. އެއީ ގައުމުގެ ތަހުޒީބީ ތަރިކަ އިން ފަޚުރުވެރިވާ ޤައުމެކެވެ،" އެމަނިކުފާނު ވިދާޅުވިއެވެ.

އިސްރާއީލުގެ ދައުލަތުން އިރާނާ ދެކޮޅަށް ކުރަމުން ދިޔަ 12 ދުވަހުގެ އަނިޔާވެރި ހަނގުރާމަ ނިމުމަކަށް ގެނައީ އަންގާރަ ދުވަހުގެ ފަތިހުގައެވެ. އެއީ އިރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ އަތުން ބޮޑެތި ގެއްލުންތަކެއް ލިބުމަށްފަހުގައެވެ.

އީރާނުން ބަދަލު ހިފުމުގެ ގޮތުން އިސްރާއީލާ ދެކޮޅަށް ހިންގި "ޓްރޫ ޕްރޮމިސް III" އޮޕަރޭޝަންގެ 22 މަރުޙަލާގައި، އިރާނުގެ ހަތިޔާރު އެޅި ބާރުތަކުން އެތައް ސަތޭކަ ބެލިސްޓިކް މިސައިލްތަކާއި، މަލްޓި-ވޯހެޑް ޕްރޮޖެކްޓައިލްތަކާއި، ޑްރޯންތައް އިސްރާއީލުގެ މުހިންމު އަސްކަރީ ތަންތަނަށް އަމާޒު ކޮށް ވަނީ ފޮނުވާފައެވެ. އީރާނުގެ އަމާޒުތަކުގެ ތެރޭގައި އިސްރާއީލުން އީރާނަށް ހަމަލާތައް ދޭން ބޭނުން ކުރި އަސްކަރީ ބޭސްތައް ވެސް ހިމެނެއެވެ.

'އިސްރާއީލަށް ލިބުނު ގެއްލުންތައް އަދަދު ކުރަން ވެސް ނޭނގޭ'

ޕެޒެޝްކިއަން ވިދާޅުވީ އިސްރާއީލުން މީޑިއާތަކަށް މައުލޫމާތު ފެތުރުމުގައި އަޅާފައިވާ ހުރަސްތަކާ އެކުވެސް، އީރާނުން ދިން ހަމަލާ ތަކުން އިސްރާއީލަށް ލިބިފައިވާ ގެއްލުންތަކަކީ "އަދަދު ކުރަން ނޭނގޭ ވަރުގެ" ގެއްލުން ތަކެއް ކަން ހާމަވާ ކަމަށެވެ.

އިރާނުގެ ރައީސްގެ ވާހަކަފުޅުގައި، މި ހަނގުރާމަ ފެށުނީ އިސްރާއީލުގެ ވެރިކަމުގެ ހަޅޭކާއި، ހަނގުރާމަ އަށް ލޯބިކުރާ ސަގާފަތުގެ ސަބަބުންނެވެ. އަދި އެކަމަށް ނިމުމެއް ގެނައީ އިރާނުގެ މަތިވެރި ޤައުމުން އަނިޔާވެރިންނާ ކުރިމަތިލައި، އެމީހުން ފަހަތަށް ޖެހުމަށް މަޖުބޫރު ކުރުމުން ކަމުގައެވެ.

އިރާނުން ދެކޭ ގޮތުގައި ހުޅަނގުގެ މެދުވެރިންގެ އެހީގައި އީރާނުގެ ބަދަލުހިފުމުގެ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުން އެދުނު ކަމަށް އެ ގައުމުގެ މީޑިއާ ތަކުން ހާމަ ކުރި ސަބަބަކީ އިސްރާއީލަށް އިރާނުގެ މިސައިލްތަކުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުންނެވެ.

އިރާނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ދިޔަ އަނިޔާވެރިކަން އިސްރާއީލުން ހުއްޓާލާނެ ކަން އިޢުލާނު ކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހުގެ ފަތިހުގައެވެ.

އެމެރިކާގެ ރައީސް މިކަން އިއުލާނު ކުރެއްވި ދުވަހުގެ ކުރީ ދުވަހު، އިރާނުގެ ހަތިޔާރުއެޅި ބާރުތަކުން ވަރުގަދަ މިސައިލް ހަމަލާ ތަކެއް ގަތަރުގައި އޮންނަ އަލް-އުދައިދަށް އަމާޒު ކުރިއެވެ. އެއީ ހުޅަނގު އޭޝިއާ ސަރަޙައްދުގައި ގާއިމު ކޮށްފައިވާ ވޮޝިންގްޓަންގެ އެންމެ މުހިންމު އަސްކަރީ ބޭސް ކަމަށް ވެއެވެ.

އީރާނުން ބުނީ މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ހިލާފަށް އެމެރިކާ އިން އިރާނުގެ ނިއުކްލިއަރ ތަންތަނަށް ދިން އަނިޔާވެރި ހަމަލާތަކަށް ދިން ޖަވާބެއް ކަމަށެވެ.

'އިރާނުގެ މެސެޖަކީ: އަނިޔާވެރިން އަބަދުވެސް ބޮޑު އަގެއް ދައްކަންޖެހޭނެ'

ރައީސް ޕެޒެޝްކިއަންގެ ވާހަކަފުޅުގައި، އަނިޔާވެރިން އިރާނުގެ އަސާސީ ވަސީލަތްތައް ނައްތާލުމަށާއި، އެ ގައުމުގެ ސުލްޙަވެރި ނިއުކްލިއަރ ހަކަތައިގެ ޕްރޮގްރާމް ފުނޑުފުނޑު ކޮށްލުމަށާއި، އިޖުތިމާޢީ ހަމަނުޖެހުން އުފެއްދުމުގެ ލަނޑުދަނޑިތައް ނާކާމިޔާބު ވިއެވެ.

މި ނާކާމިޔާބީގެ އިތުރުން، އިސްރާއީލާއި އެ ގައުމުގެ އެކުވެރިން ދައްކަމުން ގެންދިޔަ "ބަލި ނުކުރެވޭނެ ކަމުގެ މަންޒަރު" އިރާނުގެ ބާރު ގަދަ ޖަވާބުން ފުނޑުފުނޑު ވެގެން ދިޔައެވެ. އަދި އިސްރާއީލު ސަރުކާރުގެ "މައިގަނޑު އިންސްޓޮލޭޝަންތަކާއި ސްޓްރެޓެޖިކް މަރުކަޒުތަކަށް ބޮޑެތި ހަލާކުތަކެއް" ދެވުނު ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މުޅި ޙާލަތުން ސާފުކޮށް ދޭހަވާ މެސެޖަކީ "އިރާނުގެ މަތިވެރި ޤައުމާ ދެކޮޅަށް އަޑުގަދަކުރުމުގެ އަގު ވަރަށް ބޮޑުވާނެ" ކަމަށް ޕެޒެޝްކިއަން ވިދާޅުވިއެވެ.

'ތާރީޚުން އިރާނުގެ ދުޝްމަނުންގެ ޣައްދާރުކަން ނުފޮހެވޭނެ'

ޕެޒެޝްކިއަން ހަނދާން ކޮށްދެއްވީ އިރާނާ ދެކޮޅަށް މި އަނިޔާވެރިކަން ފެށީ އިސްލާމީ ޖުމްހޫރިއްޔާ އިން އަސްކަރީ ކުރިމަތިލުމެއް ހުއްޓުވުމަށް މަޝްވަރާތައް ކުރިއަށް ގެންދަން މަސައްކަތް ކުރަމުން ދިޔަ ވަގުތެއްގައި ކަމަށެވެ.

އީރާނުގެ ރައީސް އިޝާރާތް ކުރެއްވީ އިރާނާއި އެމެރިކާއާ ދެމެދު އޮމާނުން މެދުވެރި ވެގެން ކުރިއަށް ދިޔަ ނުސީދާ މަޝްވަރާ ތަކަށެވެ. މި މަޝްވަރާތައް ކުރިއަށް ނުދިޔައީ ވޮޝިންގްޓަނުން ކުރި ހައްދު ފަހަނަ އަޅާފައިވާ ޑިމާންޑްތަކުގެ ސަބަބުންނެވެ.

"ތާރީޚުން އިރާނުގެ ދުޝްމަނުންގެ ޣައްދާރު ކަމާއި ވަޢުދާ ޚިލާފުވުން ނުފޮހެވޭނެ އެވެ. އެމީހުން މަޝްވަރާގެ މޭޒުދޮށުގައި ތިބެ ވެސް އަނިޔާވެރި ކަމާއި ޙަމަލާ ދިނުމަށް ރުޖޫޢަ ވިއެވެ،" އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން އިރާނާ ދެކޮޅަށް ހަމަލާތައް ފެށީ މަސްކަޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ނުސީދާ މަޝްވަރާތަކުގެ ހަވަނަ ބުރު ފެށުމަށް ދެ ދުވަހަށް ކުޑަތަން ވެފައިވަނިކޮށްނެވެ. މި މަޝްވަރާތައް ވަނީ އެންމެ ފަހުން ކެންސަލް ކުރެވިފައެވެ.

ނިއުކްލިއަރ މަޝްވަރާތަކުގެ އީރާނުގެ އިސް އޮފިޝަލް ކަމަށްވާ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ އެމެރިކާ އިން އިރާނާ ދެކޮޅަށް އިސްރާއީލުގެ އަނިޔާވެރި ކަމުގައި ބައިވެރިވާހާ ހިނދަކު މި މަޝްވަރާތައް ނުބޭއްވޭނެ ކަމަށެވެ.

މަސްއޫދު ޕެޒެޝްކިއާންއިޒްރޭލްއީރާންއިޒްރޭލް-އިރާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު