Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-އީރާން ހަނގުރާމަ

ފުރަތަމަ ފަހަރަށް ބޭނުން ކުރި އީރާނުގެ ހައިޕަރ ސޮނިކް "ފައްތާހު" މިސައިލް ފަސޭހަ ކަމާ އެކު އިސްރާއީލުގެ ދިފާއީ ނިޒާމު ފޫ އަޅުވާލައިފި

ފައްތާޙް މިސައިލް އަކީ 1،400 ކިލޯމީޓަރުގެ ރާސްތާ އަކަށް ބާރު ސްޕީޑުގައި ދަތުރުކުރެވޭ ޕްރެސިޝަން-ގައިޑެޑް މިސައިލެއް

ރާއްޖެ އެމްވީ | 18 ޖޫން 2025 | ބުދަ 11:22
އީރާނުގެ ފުރަތަމަ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލް 'ފައްތާހް' އާންމުންނަށް ދައްކާލަނީ

އީރާނުގެ ފުރަތަމަ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލް 'ފައްތާހް' އާންމުންނަށް ދައްކާލަނީ

އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ވަނީ ބުދަ ދުވަހުގެ ފަތިހު ހިންގުނު އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3 ގެ އެގާރަ ވަނަ ބުރުގައި އެޑްވާންސްޑް "ފައްތާޙް" ހައިޕަރސޮނިކް މިސައިލްތައް ބޭނުންކުރެވުނު ކަމަށް އިޢުލާނުކޮށްފައެވެ.

އައި.އާރް.ޖީ.ސީ އިން ބުނެފައިވާ ގޮތުގައި މި މިސައިލް ވަނީ މާ ގަދަފަދަ ކަމަށް ބުނާ އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމުތައް ފޫއަޅުވާލާފައި ގޮސް، އެ ޤައުމަށާއި އެ ޤައުމުގެ ހުޅަނގުގެ އެކުވެރިންނަށް ވަރުގަދަ މެސެޖެއް ފޯރުކޮށްދީފައެވެ.

އައި.އާރް.ޖީ.ސީ އިން މި އޮޕަރޭޝަންގެ އެންމެ ފަހުގެ ފިޔަވަހި ސިފަކޮށްފައިވަނީ "ޓާނިންގ ޕޮއިންޓް" އެއްގެ ގޮތުގައެވެ. އަދި ފުރަތަމަ ޖީލުގެ ފައްތާޙް މިސައިލްތައް ބޭނުން ކުރަން ފެށުމަކީ އިސްރާއީލުގެ "ޚިޔާލީ" މިސައިލް ދިފާޢީ ނިޒާމުތަކުގެ "ނިމުމުގެ ފެށުން" ކަމުގައި ބުނެފައިވެއެވެ.

އައި.އާރް.ޖީ.ސީ އިން ވަނީ, އީރާނަށް "މަތިވެރިކަމާއި ފަޚުރުވެރިކަން" ގެނެސްދިން މިޝަނެއް ކާމިޔާބު ކަމާއެކު ނިންމާލި ކަމަށްޓަކައި އައި.އާރް.ޖީ.ސީ ގެ އެއަރޯސްޕޭސް ބާރުގެ ކޮމާންޑަރުންނާއި ސިފައިންނަށް މަރުޙަބާ ކިޔާފައެވެ.

"ވަރުގަދަ އަދި ވަރަށް ބޮޑަށް މެނޫވަރކުރެވޭ ފައްތާޙް މިސައިލްތަކުން ތަކުރާރުކޮށް ފިނޑި ޒަޔަނިސްޓުންގެ ހިޔާތަކަށް ލޮޅުން ގެނެސްފިއެވެ. މިއީ ޚިޔާލީ ދުނިޔެ އެއް ގައި އުޅޭ ތެލްއަވީވްގެ ހަނގުރާމަ އަށް މޮޔަވެފައިވާ އެކުވެރިޔާ އަށް ލިބުނު އީރާނުގެ ބާރު ހުރިކަމުގެ ސާފު މެސެޖެއް،" ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ބަޔާނުގައި އަލިއަޅުވާލާފައިވާ ގޮތުގައި އިސްރާއީލަށް މިސައިލް ފުންޏެއް އޮއްސާލުމުން ސާބިތުކޮށްދިނީ އީރާނަށް މިހާރު އޮކިއުޕައިޑް ޓެރިޓަރީތަކުގެ ވައިގެ ސަރަހައްދުގެ މައްޗަށް ފުރިހަމަ ބާރު ލިބިފައިވާކަމާއި އީރާނުގެ ހަމަލާތަކުގެ ކުރިމަތީގައި އިސްރާއީލުގެ ރައްޔިތުން ތިބީ ދިފާއެއް ނެތިފައި ކަމުގައެވެ.

ފައްތާޙް މިސައިލް އަކީ 1،400 ކިލޯމީޓަރުގެ ރާސްތާ އަކަށް ބާރު ސްޕީޑުގައި ދަތުރުކުރެވޭ ޕްރެސިޝަން-ގައިޑެޑް ދެ ސްޓޭޖުގެ ސޮލިޑް-ފިއުލްޑް މިސައިލެކެވެ.

މި މިސައިލް އީރާނުން ފުރަތަމަ ދައްކާލީ ޖޫން 2023 ގައެވެ.

މިލިޓަރީ މާހިރުން ބުނާ ގޮތުގައި މި ސްޕީޑާއި، ޖައްވުގެ ތެރޭގައި ހުރިހާ ދިމާލަކަށް މެނޫވަރ ކުރެވޭ ގޮތަށް ހުންނަ މޫވަބަލް ނޮޒަލްތަކާއެކު ފަރުމާ ކޮށްފައިވާ، މި މިސައިލަކީ މިހާރު ބޭނުން ކުރާ އެއްވެސް ބާވަތެއްގެ އެންޓި-މިސައިލް ސިސްޓަމްތަކަށް ވައްޓާ ނުލެވޭނެ މިސައިލެއް ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އޮޕަރޭޝަނަލް ހައިޕަރސޮނިކް މިސައިލްތައް އުފެއްދުމުގެ ޓެކްނޮލޮޖީ ލިބިފައިވަނީ އީރާނުގެ އިތުރުން ދުނިޔޭގެ ތިން ގައުމަކަށެވެ. އެއީ ރަޝިޔާ، ޗައިނާ އަދި އިންޑިޔާ އެވެ. އެ ޤައުމުތަކުގެ މޮޑެލްތައް ތަފާތުވަނީ ލޯންޗް ކުރާ ޕްލެޓްފޯމްތަކާއި، ކަޑައްތު ކުރާ ދުރުމިނާއި، އަދި ހައިޕަރސޮނިކް ޓެކްނޮލޮޖީގައެވެ.

އިސްރާއީލާ ދެކޮޅަށް އީރާނުން ދެމުންދާ ހަމަލާތަކުގެ އޮޕަރޭޝަންގެ އެގާރަވަނަ ފިޔަވައްސަކީ މިހާތަނަށް އެންމެ ގަދަފަދަ ފިޔަވަހި ކަމަށްވެފައި، އީރާނުގެ މިސައިލްތައް ވަނީ އިސްރާއީލުގެ ވައިގެ ދިފާޢީ ނިޒާމުތަކުގެ ގިނަ ފަށަލަތަކެއް ހުރަސްކޮށްފައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ޒަޔަނިސްޓް ދައުލަތުން މީޑިއާތަކަށް ބޮޑެތި ހުރަސްތައް އަޅާފައިވީ ނަމަވެސް، ސޯޝަލް މީޑިއާގައި އީރާނުގެ ހަމަލާތަކުގެ ވީޑިއޯތައް ފެތުރިފައިވެއެވެ. އެ ވީޑިއޯތަކުގައި ދައްކާ ގޮތުން އިސްރާއީލުގެ ތިން ފަށަލައިގެ މިސައިލް އިންޓަރސެޕްޓަރުތައް ހުރަސްކޮށް އައި އެޑްވާންސްޑް އީރާނުގެ މިސައިލްތައް ޓާގެޓަށް ވަނީ ވާސިލުވެފައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
28 ފެބުރުއަރީ 2017

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު