Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-އީރާން ހަނގުރާމަ

އިސްރާއީލުގެ ދިފާއީ ނިޒާމު ފޫ އަޅުވާލުމަށް ފަހު 11 ވަނަ ބުރަށް މިސައިލް ހަމަލާތައް އީރާނުން ދީފި

މިސައިލްތައް އަމާޒު ކުރެވުނު ތަންތަނަށް ވަރަށް ސީދާކޮށް ޖެހުނު ކަމަށާއި، އޭގެ ތެރޭގައި އަސްކަރީ އަދި އިންޓެލިޖެންސް ތަންތަން ހިމެނޭ ކަމަށް އީރާނުން ބުނެފައިވޭ

ރާއްޖެ އެމްވީ | 18 ޖޫން 2025 | ބުދަ 01:41
އީރާނުން އިސްރާއީލުގެ ވެރިކަމާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގެ 11 ވަނަ ބުރުގެ ރޮކެޓް ހަމަލާތަކުގައި ރޮކެޓެއް އުދުއްސާލަނީ

އީރާނުން އިސްރާއީލުގެ ވެރިކަމާ ދެކޮޅަށް ދެމުންދާ ހަމަލާތަކުގެ 11 ވަނަ ބުރުގެ ރޮކެޓް ހަމަލާތަކުގައި ރޮކެޓެއް އުދުއްސާލަނީ

އިސްރާއީލަށް ހަމަލާ ދިނުމުގައި އިސްރާއީލުގެ ވައިގެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް ލިބިފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

އީރާނުގެ ރިވޮލިއުޝަން ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އިސްރާއީލާ ދެކޮޅަށް އެންމެ ފަހުން ދިން ހަމަލާތަކާ ގުޅޭގޮތުން ވަނީ ބަޔާނެއް ނެރެފައެވެ.

އީރާނުގެ ނިއުސް އެޖެންސީތަކުން ގެނެސްދިން އެ ބަޔާނުގައި، އައި.އާރް.ޖީ.ސީ އިން ބުނެފައިވަނީ އެމީހުންގެ "ވަރުގަދަ" ފަތަޙް މިސައިލްތައް އިސްރާއީލުގެ މިސައިލް ދިފާޢީ ނިޒާމު ފޫއަޅުވާލުމަށް ފަހު ވަދެ، "އީރާނުގެ ބާރުގަދަ މެސެޖެއް" އަދާވާތްތެރިންނަށް ދީފައިވާ ކަމަށެެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މި މިސައިލް ހަމަލާއިން "ދައްކުވައި ދިނީ އީރާނަށް އިސްރާއީލުގެ ސަރަހައްދަށް ވައިގެ މަގުން ހަމަލާ ދިނުމަށް މުޅިން ކޮންޓްރޯލް ލިބިފައިވާ ކަމާއި އަދި އެތަނުގެ ރައްޔިތުން އީރާނުގެ ހަމަލާ ތަކުން ދިފާޢު ވެފައި ނުވާ" ކަމަށެވެ.

އިސްރާއީލުގެ މީޑިއާތަކުން ބުނާގޮތުގައި، އެންމެ ފަހުގެ ހަމަލާ އިން ތެލް އަވީވުގެ ސަރަހައްދުން ގޮވުންތަކެއް އިވި، އަދި ޕާކިންގ ސަރަހައްދެއްގައި އަލިފާން ރޯވިއެވެ.

އިސްރާއީލުން ސްޓްރެޓެޖިކް ސައިޓްތަކަށް އަރާ ހަމަލާތައް ވަރަށް ބޮޑަށް ސެންސަރު ކުރަމުން ގެންދާތީ އީރާނުގެ ހަމަލާތަކުގެ ހަގީގީ ގެއްލުމާ ބެހޭ ސައްހަ މައުލޫމާތު ސާފު ނުވާ ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

އައި.އާރް.ޖީ.ސީ އިން އިސްރާއީލުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް އީރާނަށް ލިބިފައިވާ ކަމަށް ބުނުމުގެ ކުރިން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާނުގެ ވައިގެ ސަރަހައްދުގެ މުޅި ކޮންޓްރޯލް ލިބިފައިވާކަމަށް ވިދާޅުވެ، އެއްވެސް ޝަރުތަކާ ނުލާ ހަމަލާތައް ހުއްޓާލުމަށް އީރާނަށް ގޮވާލައްފައެވެ.

އީރާނާ ދެކޮޅަށް އިސްރާއީލުގެ ވެރިކަމުން ހުކުރު ދުވަހުގެ ރޭ ފެށި އަނިޔާވެރި ހަމަލާތަކަށް ޖަވާބުދާރީ ވުމުގެ ގޮތުން އީރާނުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގެ އެގާރަ ވަނަ ބުރު ފެށުނީ އީރާނުގެ ގަޑިން ބުދަ ވިލޭރޭ ގާތްގަނޑަކަށް ދަންވަރު 1:30 ގައެވެ.

އިސްރާއީލުގެ ސަރުކާރުން މީޑިއާ ސެންސަރު ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކުވެސް، އީރާނުގެ އެޑްވާންސްޑް މިސައިލްތައް އިސްރާއީލުގެ ތިން ލެވެލް އެއްގައި ހަރަކާތްތެރިވާ ދިފާއީ ނިޒާމު ފޫއަޅުވާލުަމަށް ފަހު ތެލް އަވީވް ގެ ސަރަހައްދަށް ވަނުމާއެކު އުޑުމަތި ވިދުވަރެއްހެން އަލިވެގެން ދިޔަ މަންޒަރު ދައްކުވައިދޭ ގިނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ފެތުރިފައިވެއެވެ.

މިސައިލްތަކުގެ ތެރެއިން ބައެއް މިސައިލް ތަކަކީ ފުރަތަމަ ފަހަރަށް ބޭނުން ކުރެވުނު މިސައިލްތަކެއް ކަމަށް އީރާނުގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެ މިސައިލްތައް އަމާޒު ކުރެވުނު ތަންތަނަށް ވަރަށް ސީދާކޮށް ޖެހުނު ކަމަށާއި، އޭގެ ތެރޭގައި އަސްކަރީ އަދި އިންޓެލިޖެންސް ތަންތަން ހިމެނޭ ކަމަށް ބުނެފައިވެއެވެ.

އީރާނުގެ އަސްކަރީ ބާރުތަކުގެ ޗީފް އޮފް ސްޓާފްގެ މަޤާމަށް އަލަށް އައްޔަނު ކުރި މޭޖަރ ޖެނެރަލް ސައްޔިދު އަބްދުލްރަހީމް މޫސަވީ، ޓީވީން ދެއްކި މެސެޖެއްގައި ވިދާޅުވެފައިވަނީ ހުކުރު ދުވަހުން ފެށިގެން މިހާތަނަށް ކުރިއަށް ގެންދެވުނު އޮޕަރޭޝަންތަކަކީ ހަނގުރާމައިން ދުރުހެލިވުމަށް އިސްރާއީލަށް ދެވުނު އިންޒާރެއްގެ ގޮތުގައި ކަމަށާއި، އަސްލު އަދަބު ދިނުމުގެ އޮޕަރޭޝަންތައް ނިކަން އަވަހަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

"އީރާނުގެ މަތިވެރި ޤައުމު، ތާރީޚުން ދައްކުވައިދޭ ފަދައިން، އެއްވެސް އަނިޔާވެރި ޢަމަލަކަށް ބޯނުލަނބާ، މި އަނިޔާވެރި ޢަމަލާ ދެކޮޅަޮޅަށް ސާބިތުކަމާއެކު ތެދުވެ، އިރާދަކުރެއްވިއްޔާ ޒަޔަނިސްޓް ވެރިކަމުގެ ކުށްތަކަށް އަދަބު ދޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާތަކަކީ އޮޕަރޭޝަން ޓްރޫ ޕްރޮމިސް III ގެ ނަމުގައި ދެމުންދާ ހަމަލާތަކެކެވެ. މި އޮޕަރޭޝަން ފެށުނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި، އީރާނާ ދެކޮޅަށް އިސްރާއީލުން ދިން ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުންނެވެ. އެ ހަމަލާގައި ގިނަ އަދަދެއްގެ ސިފައިންގެ އިސް ވެރިންނާއި، ނިއުކްލިއަރ ސައިންޓިސްޓުންނާއި، އާންމު ރައްޔިތުން މަރުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ

ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ

02 އެޕްރީލު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު