Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ކްލަބް ވޯލްޑް ކަޕް 2025

އަލް އަހްލީ އާއި އިންޓަރ މިއާމީގެ ކުރިމަތިލުން ހަމަހަމަ

އާދީއްތަ ދުވަހުގެ ފަތިހު އެމެރިކާގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2025 | އާދީއްތަ 04:40
ފީފާ ކުލަބު ވޯލްޑް ކަޕްގައި އަލްް އަހްލީ އާއި އިންޓަރ މިއާމީ ކުޅުނު މެޗުގައި މިއާމީގެ ކެޕްޓަން މެސީ

ފީފާ ކުލަބު ވޯލްޑް ކަޕްގައި އަލްް އަހްލީ އާއި އިންޓަރ މިއާމީ ކުޅުނު މެޗުގައި މިއާމީގެ ކެޕްޓަން މެސީ

ފީފާ ކުލަބު ވާރލްޑް ކަޕްގެ ގުރޫޕް އޭގެ ފުރަތަމަ މެޗުގައި އެމެެރިކާގެ އިންޓަރ މިއާމީ އާއި މިޞްރުގެ އަލް އަހްލީ ސްޕޯޓްސް ކުލަބު ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

އާދީއްތަ ދުވަހުގެ ފަތިހު އެމެރިކާގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފަ އެވެ.

މެޗުގައި އިންޓަރ މިއާމީ އިން ވަނީ އެ ޓީމުގެ ފުރަތަމަ 11 ގައި ކެޕްޓަން ލިއޮނަލް މެސީގެ އިތުރުން، ލުއިސް ސުއަރޭޒް އަދި ސާޖިއޯ ބުސްކެޓްސް ވެސް ހިމަނައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އަލް އަހްލީ އިން ވަނީ ލަނޑެއް ޖަހައިފަ އެވެ. ނަމަވެސް އެ ލަނޑު ވަނީ ބަލައި ނުގަންނަން ނިންމައިފަ އެވެ. އެ ޓީމުގެ ވަސީމް އަބޫ އަލީ ޖެހި ލަނޑު ބަލައި ނުގަންނަން ނިންމީ އޭނާ އޮފްސައިޑުގައި ހުރުމުންނެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، އަލް އަހްލީ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އަލް އަހްލީގެ މަހުމޫދު ޓެގެޒެގުއޭޓް ފޮނުވާލި ޕެނަލްޓީ މިއާމީގެ ގޯލު ކީޕަރު އޮސްކާ އުސްޓަރީ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މިއާމީގެ ކެޕްޓަން މެސީ އަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފަ އެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ކޯނަރަކަށް ބޭރުވީ އަލް އަހްލީގެ ކުޅުންތެރިޔެއްގެ ފައިގައި ޖެހިފަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވެސް މެސީ އަށް ވަނީ ލަނޑު ޖަަހަން ދެ ފުރުސަތެއް ލިބިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި މިއާމީ އަށް ލިބުނު ހިލޭ ޖެހުމެއްގައި މެސީ ވަނީ ނުރައްކާތެރި ބޯޅައެއް ފޮނުވާލައިފަ އެވެ. ހިލޭ ޖެހުމުގައި މެސީ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރި މަތީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ ފަހު ވަގުތުގައި ވެސް މެސީ ފޮނުވާލި ނުރައްކާތެރި ބޯޅައެއް އަލް އަހްލީގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މިއާމީ އާއި އަލް އަހްލީ ބައްދަލު ކުރި މުބާާރާތުގެ ފުރަތަމަ މެޗު ބެލުމަށްޓަކައި 60،927 މީހުން ވަނީ ހާޑް ރޮޑް ސްޓޭޑިއަމް އަސް ވަދެފަ އެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ދެ ވަނަ މެެޗުގައި މިއާމީ ކުޅޭނީ ޕޯޓޯއާ ދެކޮޅަށެވެ. އަލް އަހްލީގެ ދެ ވަނަ މެޗުގައި އެ ޓީމު ކުޅޭނީ ޕަލްމެރިއާސްއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު