Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް ކޮލިފިކޭޝަން 2026

ފަހަތުން އަރައި އާޖެންޓީނާ އިން ކޮލަމްބިއާ އާއި އެއްވަރު ކޮށްފި

މޮޅާއެކު އާޖެންޓީނާ އަށް ވަނީ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ކޮލިފިކޭޝަންގައި އާޖެންޓީނާ އިން ކުޅުނު 16 މެޗުން އެ ޓީމަށް ލިބެނީ 35 ޕޮއިންޓެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖޫން 2025 | ބުދަ 04:48
މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ އަލްމަޑާ އުފާާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާޖެންޓީނާގެ އަލްމަޑާ އުފާާ ފާޅު ކުރަނީ

ފީފާ ވާރލްޑް ކަޕް ކޮލިފިކޭޝަންގެ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފިކޭޝަންގައި ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އެއްވަރުވެއްޖެ އެވެ.

ބުދަ ދުވަހުގެ ފަތިހު ކޮލަމްބިއާ އާއި ދެކޮޅަށް ނިކުތްއިރު ވެސް، މި ސަރަހައްދުގެ އެއް ވަަނައިގައި އޮތީ އާޖެންޓީނާ އެވެ. ކޮލަމްބިއާ އޮތީ މި ސަރަހައްދުގެ ހަ ވަނައިގަ އެވެ.

ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 ގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ހިމަނައިފަ އެވެ. އޭގެ ކުރިން ޗިލީއާ ދެކޮޅަށް ކުޅެ އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ކުޅުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ކޮލަމްބިއާ އިންނެވެ. ފުރަތަމަ ހާފުގައި އެ ޓީމުން ލީޑު ނެގިއިރު، މެޗުގެ ފަހު ވަގުތުގެ ތެރޭގައި އާޖެންޓީނާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 24 ވަނަ މިނެޓުގައި ކޮލަމްބިއާ އަށް ލީޑު ނަގައިދިނީ ލުއިސް ޑިއާޒް އެވެ. އެ ލަނޑު އޭނާ ޖެހީ ކެވިން ކަސްޓަނޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި، ފުރިހަމަ ވަގުުތު ހަމަވާން ނުވަ މިނެޓަށް ވެފައި ވަނިކޮށް އާޖެންޓީނާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އާޖެންޓީނާ އަށް ޖަހައިދިނީ ތިއާގޯ އަލްމަޑާ އެވެ. އެއީ އެކްސިކުއެލް ޕަލަސިއޯސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މޮޅާއެކު އާޖެންޓީނާ އަށް ވަނީ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ކޮލިފިކޭޝަންގައި އާޖެންޓީނާ އިން ކުޅުނު 16 މެޗުން އެ ޓީމަށް ލިބެނީ 35 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އެކުއެޑޯ އަށް ލިބެނީ 25 ޕޮއިންޓެވެ.

އާޖެންޓީނާ އަތުން ހޯދި ޕޮއިންޓާ އެކު ކޮލަމްބިއާ ހަ ވަނައިގައި އޮތީ 16 މެޗުން 22 ޕޮއިންޓާ އެކު އެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު