Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް

އިސްރާއީލުގެ ހަމަލާތަކުން އާދިއްތަ ދުވަހު ޣައްޒާ ގައި 31 މީހުން ޝަހީދު ވެއްޖެ

އާދިއްތަ ދުވަހު ޝަހީދު ވި މީހުންނަކީ ދެކުނު ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން އެހީއަށް އެދި އުޅުނު ފަލަސްތީނު ބައެއްގެ ތެރެއަށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ޝަހީދުވި ބައެކެވެ.

ރާއްޖެ އެމްވީ | 8 ޖޫން 2025 | އާދީއްތަ 13:43
އީދު ދުވަހު ބައިތު ލަހިޔާ ސަރަހައްދަށް އިސްރާއީލު ސިފައިން ދިން ހަމަލާ އެއްގައި ޝަހީދުވި ބައެއްގެ ޖަނާޒާގައި ބައިވެރިވި ފަލަސްތީނުގެ ދެކުދިން ހިތާމަ ކުރަނީ

އީދު ދުވަހު ބައިތު ލަހިޔާ ސަރަހައްދަށް އިސްރާއީލު ސިފައިން ދިން ހަމަލާ އެއްގައި ޝަހީދުވި ބައެއްގެ ޖަނާޒާގައި ބައިވެރިވި ފަލަސްތީނުގެ ދެކުދިން ހިތާމަ ކުރަނީ

އިސްރާއީލުގެ ހަމަލާތަކުން އާދިއްތަ ދުވަހު ޣައްޒާ ގައި 31 މީހުން ޝަހީދު ވެއްޖެ އެވެ.

އަނެއް ކޮޅުން ޣައްޒާގެ ސިއްހީ އޮފިޝަލުން ގެންދަނީ ހޮސްޕިޓަލު ތަކުގައި ޖަނަރޭޓަރު ހިންގުމަށް ތެލަށް އާދޭސް ކުރަމުންނެވެ.

ޣައްޒާގެ ސިއްހީ ވުޒާރާގެ ޑިރެކްޓަރު އިންޒާރު ދެއްވާފައި ވަނީ ޖަނަރޭޓަރުތައް ހިންގުމަށް ތެޔޮ ނުލިބިއްޖެ ނަމަ 48 ގަޑިއިރު ތެރޭގައި ހޮސްޕިޓަލްތައް "ގަބުރުސްތާނަކަށް" ވެދާނެ ކަމަށެވެ.

އާދިއްތަ ދުވަހު ޝަހީދު ވި މީހުންނަކީ ދެކުނު ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން އެހީ އަށް އެދި އުޅުނު ފަލަސްތީނު ބައެއްގެ ތެރެއަށް އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން ޝަހީދުވި ބައެކެވެ.

މި ހާދިސާގައި މަދުވެގެން 14 މީހުން ޝަހީދު ވިއިރު، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

ޣައްޒާ އަށް ކޮންމެހެން ބޭނުންވާ ކާބޯތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަނުން އިސްރާއީލުގެ އަނިޔާވެރި ކަމުގެ ސަބަބުން އިހްތިޖާޖު ކުރުމަށް އިއްޔެ މަސައްކަތް ހުއްޓާލައިގެން ތިބުމަށްފަހު މިއަދު ވަގުތީ ގޮތުން އެހީގެ ދެ މަރުކަޒެއް ހުޅުވާލިއެވެ.

މޭ 27 އިން ފެށިގެން އެތަނުގެ މަރުކަޒުތަކުން އެހީ ހޯދަން އުޅުނު މީހުންގެ ތެރެއިން 100 ށް ވުރެ ގިނަ މީހުން އިސްރާއީލުގެ ހަމަލާތަކުން ޝަހީދުވެފައި ވެއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާގެ ބަޔާނުގައިވާ ގޮތުން، ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގައި މަދުވެގެން 54,880 ފަލަސްތީނު މީހުން ޝަހީދުވެ، 126,227 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
19 މެއި 2017

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

19 މެއި 2017
ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ
21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު