Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

އަނެއްކާވެސް މުއިއްޒު އުނބަށް

5 ޖޫން 2025 | ބުރާސްފަތި 10:06

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ދިން 4000 ފްލެޓް އޭރުގެ ލިސްޓަށް ނުދޭން މިސަރުކާރުން ލައްކަ ސަކަރާތް ޖަހައިފިއެވެ. އާޚިރުގައި މިހާރު އެނިންމަވީ ހަމަ ސީދާ އެލިސްޓަށް ފުލެޓްތައް ދޭށެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 5 ޖޫން 2025 | ބުރާސްފަތި 10:06
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މުއިއްޒުއަށް

މަމިހުރީ އެއްޗެއް ނުބުނެ ވޭތޯ ވަރަށް ކެތްކޮށްގެންނެވެ.

ރައީސް މުއިއްޒޫއެވެ. މައޭރުވެސް މިހެން ބުނީމު ނޫން ހެއްޔެވެ. އެކަމަކު އަދިވެސް ހަމަ ކޮންމެ ކަމެއް ތިޔަ ކުރައްވަނީ އޭރުވެސް ކަންކުރި ގޮތަށް އެބައްޓަމަށެވެ. ހަމަ އަނބުރަ އަބުރާފައި އިހުއޮތްގޮތަށެވެ. އެކަމާހުރެ މީހުން އުނބޭއޭ ގޮވާވަރުން މިހާރު މަށަށްވެސް މަގުމައްޗަށް ނުކުންނަން އުނދަގޫވާވަރު ވެއްޖެއެވެ.

މުއިއްޒޫއެވެ. ކެމްޕޭނުގައިވެސް އެވައުދު އެގޮތައް ނުވާށޭ މަ ނުބުނަމު ހެއްޔެވެ. އިބުރާހީމުމެން ހޭވި ހަޑިއޭ ކިޔާފައި މިހާރު ބޯދަމައިގަނެވެން ނޯންނާނެތީއެވެ. ނުފޯރާ ފޮތިން ފޫގަޅައިގެން ނުވާވަރުގެ ބޮޑެތިކަންކަން ކުރާން ނޫޅޭށޭ އޭރުވެސް މަ ބުނީމު ނޫންހެއްޔެވެ.

މުއިއްޒޫއެވެ. ކުރިން ދިން އެއްޗެއް ދިންގޮތަށް ދޭނަމޭ އެއީ ނުގައިވައިދުން ދީފައި އޮތަސްވެސް ވަރިހަމައޭ ބުނީމާ އެދުވަހުވެސް މަ ހާދަ ހިންޏެއް އައެވެ. މަނިކުފާނު އެއިން ނުނެއްޓެވިގެން ގަނަތެޅޭނޭ ގޮތް ހިތަށް އަރާފައި ނުހޭން ހުއްޓަސް ހުރެވޭ ވަރެއް ނޫނެވެ. މިކަން އައިސް ލައިގަންނާނެކަން އެދުވަހުވެސް މަގޭބޮލުގައި ރިއްސާލީތީއެވެ. އޭރު ވެރިކަން ހޯދަން އެނޫންގޮތެއް ނެތިގެން އެހެން ބުންޏަސް، ގާތުގައި ތިޔަ ތިބި މީހުންނާ މަޖިލީހަށް ތިޔަލީ ކުދިންކޮޅު ހަންމަތަ ކުރަން ތިޔަ ދަންތުރައިގާ ޖެހޭނެކަން މެންދުރުގެ އަލިކަން އެނގޭހެން މަށަށް އެނގުނެވެ. ކާފަގެ މަސްބެހުމަށް ތިޔަ ފްލެޓްތަކާއި ބިންތައް ޕާޓީ މީހުންނަށް ބަހާނުލައިފިއްޔާ ހިނގާނެ ގުޖަޑު ކޮންމެވެސް ވަރަކަށް އޭރުވެސް ރޭކާލިޔެވެ.

މުއިއްޒުއެވެ. އެކަން އެހެން ކޮށްދޭނަމޭ ހިތާ ތިޔަ ދުއްވާލީ ހާދަ ދުވަހެކެވެ. ހާދަ ވަގުތެކެވެ. ތިޔަ އެޅުނީ ހާދަބޮޑެތި ބަދުނާމް ތަކެއްގައެވެ. ތިޔަ ޖަހަން ޖެހުނީ އެންމެ އުނބެއް ދެ އުނބެއް ނޫނެވެ. ހައިދަރެއް ލައިގެން އެނބުރިއްޔެވެ. ދާދި އަވަހަށް ނިންމާ ހަވާލު ކުރާނެ ކަމަށް ބުނެ އެތައް ތާރީޚެއް އޭނާ ލައްވާވެސް ދެއްވީއެވެ. އެންމެފަހުން މީހުން އެފަކީރު ލޮލަށް ބޮލަށް އަރާވަރުވީމާ އޭނާ އެއްފަރާތް ކުރީއެވެ. އޭނައާ ހަމައަށް މިވެރިކަމުގައި ކުރި ހުރިހާ މަސައްކަތެއް މަންސޫޚް ކޮށްފައެވެ. ހަތްވަޅުން ގާ ނަގާހެން އޭނާ ލައްވާ ކުރިހާ ކަމަކާ އެކަމަށް ހިނގިހާ ހަރަދެއް ތާކުން ތާކު ނުޖެހުނީއެވެ. ދެންވާ މީހުން ކެކިއަރައިގަތީމާ ބުޅާ ހަތްހާއްޔަށް ލައިހެން މުއްތަލިބު ގެނެސް އެތަނަށް ލައިގެން ދެންވެސް ތިޔައުޅުއްވީ ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވާފައި ޕާޓީ ކުދިންކޮޅު ބުނާހެން އެކަން ނިންމާލާށެވެ. ހެދި ކޮމެޓީ ވީތަނެއް ނޭނގި އެމީހުންދިން ލަފާ އެއްޗަކަށް ނުވީ އެކަންޏެއް ނޫނެވެ. އަނދައިގެނދިޔަ މިނިސްޓްރީއާއެކު ލައްކަ އެއްޗެހި އަނދައިގެންގޮސް ތިޔަލީ މުއްތޮލިބާ ހަމައިން މުޅި އެތި އަލުން ބަލުން ފަށައިގެންވެސް ތިޔައުޅުނީ ދޭނެމީހަކަށް ދޭން ކުރެވޭނެ ކޮންމެ ކަމެއް ކުރާށެވެ.

ރައީސް މުއިއްޒުއެވެ. މަ އަބަދުވެސް ބުނާ ވާހަކައެއް ތަކުރާރުކޮށްލާނަމެވެ. "މަތިންގަޑި ޖެހުނީމާ ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެއެވެ" މިފަހަރުވެސް އެކަން ތިޔަވީ އެހެންނެވެ. މިފަހަރުވެސް ތިޔަ ޖެހީ އުނބަށެވެ. ބޮޑުތަނުން އުނބަށެވެ. އެތެރޭގެ ހައިޖާނާ ޕާޓީ ކޯޅުންގަނޑު ބޮޑުވެ މަޖިލިސް މެންބަރުންކޮޅުވެސް ކުދިކިޔާން ފެށީމާ ދީފަ ނުދޭނޭ މީހެއް ނޭނގި އިހުހުރިގޮތައް ތިޔަ އަނބުރާލީއެވެ. ކުރިންކުރި ހުރިހާކަމެއް ވަތަކުތޯ ނުޖެހި ނިމުނީއެވެ. ނެރުނުހާ ބަޔާންތަކާއި އަލަށް ހެދި ޝަރުތުތައް ތިޔަވީ ކަނޑުގައި އަޅާލި ރޮނގަކަށެވެ. ހައިދަރަކަސް މުއްތަލިބަކަސް އަދި ކޮމެޓީއާ އޭސީސީލައްވާ ނެރުނު ރިޕޯޓަކަސް ހުރިހާއެއްޗެއްގެ ބޭނުން ނުހިފުނީއެވެ. ތިޔަބުނާ ގޮތަށް ސިމްޕަލްކޮށް ތިޔަ ނިންމާލީއެވެ.

މަނިކުފާނެވެ. ތިޔަ ވިދާޅުވާ ސިމްޕަލް ތިޔަ ގޮތް ކުރީންވެސް އޮތެވެ. އެގޮތައް އެކަން ނުކުރާން ތިޔަޖެހި ސަކަރާތުން ލިބުނު މޮޅެއް ވީފައިދާއެއް މަނިކުފާނަށް އެބައޮތް ހެއްޔެވެ. މީހުން ލެވިހާ ހަޅޭކާ ކުރިހާ ބަދު ދުއާއާ އެކުރި އާޑަ ފުރައްސާރައާ މަލާމާތް ނޫން އެއްޗެއް ލިބިއްޖެ ހެއްޔެވެ. ތިޔަ ބުނާ ސިމްޕަލް ގޮތައް ތިޔަކަން ނިންމާލަން ޖެހުނު ޖެހުން ނޭނގޭ ހަމަ އެކަކުވެސް މި އުޑުބަޅުކުރި ހިސާބަކު ނެތެވެ.

މުއިއްޒުއެވެ. މަ އެހެން ބުނަނީ ހަމަ ބުނާން ވެގެންނެވެ. މަ ކުރުވެފައި ކަތީބު ދަރިއަކަށް ނުވީމާ މަގޭ ބަސް އަޑު ނޭހިއަސް ކުރާނެ ކަމެއް ނެތެވެ. އެކަމަކު މިފަހަރުވެސް ތިޔަ ގޮވީ އަތަށެވެ. ގައިމު އޭރުވެސް މަބުނިހެން ތިޔަ ވިސްނުނު ސިމްޕަލް ގޮތައް ތިކަން ނިންމާލިނަމަ މިއަދު މިދުވަހެއް ނައީހެވެ. އެއަކާ އެއެއް ދޫކޮށްލާފައި މަނިކުފާނު އަޅާނަމޭ ހިތާ ތިޔަ އުޅޭ ފްލެޓްތަކާއި ތިޔަ ހަދަން އުޅޭ ރަސްމާލެއިން ގާތުގައި ތިޔަތިބި މީހުން ހިތްފުރޭވަރު ކޮށްދިންނަމަ މިއަދު މަނިކުފާނަކަށް މީހުން އެދޭ ލާނެތް ތަންކޮޅެއް ތައްކަތުވީހެވެ. ސިމްޕަލްވެފައި ހިސާބަކަށް މީހުންވެސް ސިމްޕަލްވީހެވެ. ދެންވެސް މަބުނާ ބަހެއް އަހާނީ ވިއްޔާ އަވަހަށް ތިޔަ ފްލެޓްތައް ދީ ނިންމާލާށެވެ. މިއަދު އަހާނެ ކަމަށް ހީކުރަމެވެ. ވަރަށް ސަލާމެވެ.

ރައީސުލްޖުމްހޫރިއްޔާ މުޢިއްޒުވުޒާރާމަޖިލީހުގެ މެންބަރުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2025

އަތޮޅު ކައުންސިލް އުވާލާ އަތޮޅު ހޮސްޕިޓަލުތަކާއި ސްކޫލުތައް ހިންގާނީ މިނިސްޓްރީ އިން - ރައީސް މުއިއްޒު

18 ސެޕްޓެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ އަތޮޅު ހޮސްޕިޓަލުތަކާއި ސްކޫލުތައް ހިންގާނީ މިނިސްޓްރީ އިން - ރައީސް މުއިއްޒު
04 ސެޕްޓެމްބަރު 2025

ތަޖުރިބާކާރެއްގެ ނަޒަރުން މެމްބަރުންގެ މާލީ ބަޔާން - މެމްބަރު ޝުޖާއުގެ ބަޔާނުގައި ވާނުވާ ނޭނގޭ 11.3 މިލިއަން ރުފިޔާ

04 ސެޕްޓެމްބަރު 2025
ތަޖުރިބާކާރެއްގެ ނަޒަރުން މެމްބަރުންގެ މާލީ ބަޔާން - މެމްބަރު ޝުޖާއުގެ ބަޔާނުގައި ވާނުވާ ނޭނގޭ 11.3 މިލިއަން ރުފިޔާ
03 ސެޕްޓެމްބަރު 2025

މިހާތަނަށް މާލީ ބަޔާން ހުށަނާޅަނީ ޕީއެންސީގެ 4 މެމްބަރުންނާއި އެމްއެންޕީގެ ނާޒިމް

03 ސެޕްޓެމްބަރު 2025
މިހާތަނަށް މާލީ ބަޔާން ހުށަނާޅަނީ ޕީއެންސީގެ 4 މެމްބަރުންނާއި އެމްއެންޕީގެ ނާޒިމް
17 ޖުލައި 2025

މުއިއްޒާއި މުއިއްޒުގެ އެއަރޕޯޓް ކްރެޑިޓް

17 ޖުލައި 2025
މުއިއްޒާއި މުއިއްޒުގެ އެއަރޕޯޓް ކްރެޑިޓް
12 ޖުލައި 2025

"މިސަރުކާރު އައި އިރު ދިއްދޫ އިންޖީނުގޭގައި ނުނިމި ހުރީ 3 މަސް ދުވަހުގެ މަސައްކަތް، ދެ އަހަރު ވި އިރުވެސް މަސައްކަތް ނުނިމޭ"

12 ޖުލައި 2025
"މިސަރުކާރު އައި އިރު ދިއްދޫ އިންޖީނުގޭގައި ނުނިމި ހުރީ 3 މަސް ދުވަހުގެ މަސައްކަތް، ދެ އަހަރު ވި އިރުވެސް މަސައްކަތް ނުނިމޭ"
03 ޖުލައި 2025

"އެއާޕޯޓްގެ ބައެއް ދިގު މުއްދަތަކަށް ބަޔަކަށް ދޭން އުޅެނީ، މިހާރުގެ ވެރިންގެ ޖީބަށް ބައެއް ލުމަށް"

03 ޖުލައި 2025
"އެއާޕޯޓްގެ ބައެއް ދިގު މުއްދަތަކަށް ބަޔަކަށް ދޭން އުޅެނީ، މިހާރުގެ ވެރިންގެ ޖީބަށް ބައެއް ލުމަށް"
02 ޖުލައި 2025

އޮޅުވާލައިގެން މީހުން ވެއްދި ފޯމްތައް ހިމެނޭހެން ޕީއެންސީގެ މެންބަރުންގެ އަދަދު 68،000 ގައި

02 ޖުލައި 2025
އޮޅުވާލައިގެން މީހުން ވެއްދި ފޯމްތައް ހިމެނޭހެން ޕީއެންސީގެ މެންބަރުންގެ އަދަދު 68،000 ގައި
01 ޖުލައި 2025

ޑޮލަރުގެ މުއާމަލާތް ކުރުމުގެ އުސޫލަށް ގެންނަ ކުއްލި ބަދަލުތަކާއި މެދު ބަހުސްކުރާކަށް ސަރުކާރު މެމްބަރުން ބޭނުމެއް ނުވި

01 ޖުލައި 2025
ޑޮލަރުގެ މުއާމަލާތް ކުރުމުގެ އުސޫލަށް ގެންނަ ކުއްލި ބަދަލުތަކާއި މެދު  ބަހުސްކުރާކަށް ސަރުކާރު މެމްބަރުން ބޭނުމެއް ނުވި
30 ޖޫން 2025

ބީއެމްއެލްގެ 30 އިންސައްތައިގެ ފީ - މިއީ ޕިއެންސީ ސަރުކާރުގެ އިގްތިސާދީ އަދި ފޮރިން އެކްސްޗޭންޖު ސިޔާސަތު ފެއިލްވެ ރައްޔިތުންނަށް ބުރަ ޖެއްސުން: ފައްޔާޒް

30 ޖޫން 2025
ބީއެމްއެލްގެ 30 އިންސައްތައިގެ ފީ - މިއީ ޕިއެންސީ ސަރުކާރުގެ އިގްތިސާދީ އަދި ފޮރިން އެކްސްޗޭންޖު ސިޔާސަތު ފެއިލްވެ ރައްޔިތުންނަށް ބުރަ ޖެއްސުން: ފައްޔާޒް
30 ޖޫން 2025

ގިނަ ކަންނެލިއޮޑި މަސްނުކިރި ބަނދަރުތަކުގައި ކިޔުގައި ޖެހިފައި: ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން

30 ޖޫން 2025
ގިނަ ކަންނެލިއޮޑި މަސްނުކިރި ބަނދަރުތަކުގައި ކިޔުގައި ޖެހިފައި: ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް