Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެއިން ކަރަންޓު ކެނޑުނު މައްސަލަ

ކަރަންޓު ކެނޑުނު މައްސަލަ އާއްމު ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަށް ތަހުގީގު ކުރިއަށް ގެންދިއުމަށް މެންބަރު މީކާއިލް ގޮވާލައްވައިފި

2 ޖޫން 2025 | ހޯމަ 08:40

ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް އެންމެ މުހިންމު ސިގްނަލްއަކީ ކަރަންޓުގެ ޚިދުމަތް

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖޫން 2025 | ހޯމަ 08:40
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަދައްކަވަނީ

މާލެ، ހުޅުމާލެއިން ކަރަންޓު ކެނޑުނު މައްސަލަ އާއްމު ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަށް މިނިވަން ތަހުގީގެއް ކުރިއަށް ގެންގޮސް ދިނުމަށް އާދޭހާއެކު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ގޮވާލައްވައިފިއެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މެންބަރު މީކާއިލް ވިދާޅުވީ ގަބޫލުކުރެވޭ ގޮތުގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް އެންމެ މުހިންމު ސިގްނަލްއަކީ ކަރަންޓުގެ ޚިދުމަތް ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އާދިއްތަ ދުވަހު ދިވެހިރާއްޖޭގެ ކެޕިޓަލް ސިޓީ އަދި ބައިނަލްއަގުވާމީ ވައިގެ ބަނދަރު އޮތީ ކަރަންޓާ ނުލާ ކަމަށެވެ. އަދި ވައިގެ ބަނދަރުގައި ދެގަޑިއިރު ކަރަންޓު ނެތް ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

މެންބަރު މީކާއިލް ވިދާޅުވީ މިއީ އާދައިގެ މައްސަލައެއް ނޫން ކަމަށާއި، މިނިވަން ތަހުގީގެއް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. މި މައްސަލާގައި ސަރުކާރަށް އަދިވެސް އެއްޗެއް ބުނެވިފައިނުވާއިރު، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

ހާދިސާއަށް 24 ގަޑިއިރު ވެގެންދަނީ އިއްޒަތްތެރި ރައީސް އަދި ދިވެހި ސަރުކާރަކުން ދިވެހިރާއްޖޭގެ ޕްރޮފެޝަނަލްއަކަށް ވިދާޅުދެވިފައިނެތް ކިހިނެތް ހިނގި ހާދިސާއެއްތޯ. އިއްޒަތްތެރި ރައީސް ވެގެން މިއުޅެނީ ކިހިނެތް ކަމެއް. ވެގެން މިއުޅެނީ ކުޑަ ކަމެއް ނޫން. މިއީ ބޮޑު ކަމެއް. އިއްޒަތްތެރި ރައީސް. ދިވެހިރާއްޖޭގެ ކެޕިޓަލް ސިޓީ މާލެ ފަސް ހަ ގަޑިއިރު ވަންދަން ކަރަންޓާ ނުލާ ހޭދަކުރަން ޖެހުނީމަ އެއީ ބޮޑު ކަމެއް. އެއީ ރައްޔިތުންގެ މަޖިލީހަށް ބަލައިގަންނަންޖެހޭނެ ސީރިއަސް މައްސަލައެއް. އިއްޒަތްތެރި ރައީސް ދިވެހިރާއްޖޭގެ އިންޓަނޭޝަނަލް އެއަރޕޯޓު. އިއްޒަތްތެރި ރައީސް ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓު ދެގަޑިއިރު ވަންދެން ކަރަންޓު ނެތި ހޭދަކުރަން ޖެހުނީމަ އިއްޒަތްތެރި ރައީސް މިއީ ލަތުވެތި ކަމެއް. އިއްޒަތްތެރި ރައީސް މިއީ މިސަރުކާރުގެ ފެއިލިއަރއެއް.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

މި ސަރުކާރަށް އަދި ކަމާބެހޭ އިދާރާތަކުން ކުރިއަށް ގެންދާ ތަހުގީގުތަކަށް ރައްޔިތުންގެ އިތުބާރު ނެތްކަން ފާހަގަކުރައްވައި މެންބަރު މީކާއިލް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބަގާވާތް ކުރުމަށް މަސައްކަތް ކުރި ކަމަށް ބުނެ ތަހުގީގެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި މެޑިކަލް މާފިޔާއެއް އޮތް ވެސް ހާމަކުރީ ސަރުކާރުން ކަމަށާއި، އެ މައްސަލާގެ ވެސް ތަހުގީގު ފެށި ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ތަހުގީގަށް ވާނުވާ ނޭނގޭ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.

ރައީީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރުގަދަ އިރުޝާދުފުޅެއްގެ ދަށުން ފަށާ ތަހުގީގުތަކުގައި ވާނުވާ އެނގެން ރައްޔިތުން ބޭނުންވާނެ ކަމަށާއި، ކަރަންޓު ކެނޑުނު މައްސަލާގައި އިތުބާރު ކުރެވޭ ފަދަ ގޮތަކަށް ތަހުގީގު ކުރިއަށް ގެންގޮސްދިނުމަށް މެންބަރު މީކާއީލް ގޮވާލެއްވިއެވެ.

އަޅުގަނޑު ގޮވާލަން މިނިވަން އާއްމުންނަށް ގަބޫލުކުރެވޭނެ ކްރެޑިބިލިޓީ ހުންނަ ތަހުގީގެއް މިފަހަރު ކޮށްދެއްވާށޭ. އިއްޒަތްތެރި ރައީސް. އާދޭސްކޮށްފައި މިދަންނަވަނީ މިއީ މުއިއްޒުގެ ވާހަކައެއް ނޫން. މިއީ ޕީއެންސީގެ ވާހަކައެއް ނޫން. މިއީ އަދުގެ ސަރުކާރުގެ ވާހަކައެއް ނޫން. މިދައްކަނީ ދައުލަތެއްގެ ވާހަކަ. އިއްޒަތްތެރި ރައީސް ފަތުރުވެރިންނެއް ނާންނާނެ. މިހާލަތުގައި އޮތް ގައުމަކަށް ފަތުރުވެރިންނެއް ނާންނާނެ އިއްޒަތްތެރި ރައީސް. އާދޭސްކޮށްފައި މިދަންނަވަނީ ތަންކޮޅެއް ރަނގަޅަށް ދަސްކޮށްގެން ކަންކަން ދަސްކޮށްގެން ވައްޓަފާޅި ދަސްކޮށްގެން ސަރުކާރު ހިންގަވާށޭ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

މެންބަރު މީކާއިލް ވިދާޅުވީ ދައުލަތް ހިންގަންޖެހޭނީ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި އެހެން ގައުމުތަކުގައި ކަންކަން ކުރާގޮތް ބަލައި، ދަސްކޮށް ގައުމަށް ދެރަގޮތް ނުވާނެ ގޮތަކަށް ކަންކަން ކުރުމަށް މެންބަރު މީކާއިލް ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް