Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާންގެ ނިއުކްލިއަރ ޕްރޮގްރާމް

އިސްރާއީލުން ފަތުރާ ފޭކް ޚަބަރުތައް ދޮގު ކުރައްވަމުން ނިއުކްލިއަރ އެއްބަސްވުމަކަށް އަދި ނުދެވޭ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

އެމެރިކާ އާއި އީރާނުން ވަނީ އޭޕްރިލް 12 އިން ފެށިގެން ނިއުކްލިއަރ މަޝްވަރާތަކުގެ ފަސް ބުރެއް ބާއްވާފައިވާއިރު ދެ ޤައުމުގެ މެދުގައި ދެބަސްވުން އުފެދިފައިވަނީ ޔުރޭނިއަމް މުއްސަނދިކުރުމުގެ މިންވަރާ ބެހޭ ގޮތުން

ރާއްޖެ އެމްވީ | 30 މެއި 2025 | ހުކުރު 10:40
ރޯމް ގައި އެމެރިކާ އާ އެކު ކުރިއަށް ދިޔަ ނުރަސްމީ މަޝްވަރާ ތަކުގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ (ވ) އޮމާން ގެ ޚާރިޖީ ވަޒީރު އާ އެކު

ރޯމް ގައި އެމެރިކާ އާ އެކު ކުރިއަށް ދިޔަ ނުރަސްމީ މަޝްވަރާ ތަކުގައި އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ (ވ) އޮމާން ގެ ޚާރިޖީ ވަޒީރު އާ އެކު

އެމެރިކާ އާ އެކު ކުރިއަށް ގެންދާ ނިއުކްލިއަރ ވާހަކަ ތަކުގައި އަދި އެބަސްވުމަކާ ހަމަ އަށް އާދެވުނުކަން އެނގިވަޑައި ނުގަންނަވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.

އަރަގްޗީ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަރަގްޗީ މިހެން ވިދާޅުވި އިރު ތެހެރާން އާއި ވޮޝިންގޓަނާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް މީޑިއާގައި ވާހަކަތައް ދެކެވެމުން ދާކަން ފާހަގަ ކުރެވެއެވެ.

"މީޑިއާގައި އީރާނާއި އެމެރިކާ އާ ދެމެދު އެއްބަސްވުމެއް ވާން އުޅޭ ކަމަށް ވާހަކަ ދެކެވެމުން އެބަދެއެވެ. އަޅުގަނޑުމެންނަށް އަދި އެހިސާބަށް ވާސިލު ވެވުނު ކަން ޔަގީނެއް ނޫނެވެ. އީރާނުން ބޭނުން ވަނީ ހުރިހާ ފަރާތްތަކެއްގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ޑިޕްލޮމެޓިކް ހައްލެކެވެ. އެހެން ނަމަވެސް އެކަމަށް ވާސިލުވުމަށް ބޭނުން ވަނީ ދަތި ކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އުވާލުމާއި، އީރާނުގެ ނިއުކްލިއަރ ހައްޤުތައް - އޭގެ ތެރޭގައި ޔުރޭނިއަމް މުއްސަނދި ކުރުން ހިމެނޭ ގޮތަށް -ޔަގީން ކޮށްދިނުމެވެ،" އޭނާ ވިދާޅުވިއެވެ.

ފޮކްސް ނިއުސްގެ ރިޕޯޓަކަށް އިޝާރާތް ކުރައްވާ އަރަގްޗީ ވިދާޅުވީ، ކުރިއެރުން ހާސިލު ކުރެވޭނީ މަޝްވަރާތަކުން ކަމަށާއި، މީޑިއާ ގައި ދެކެވޭ ވާހަކަތަކުން ނޫން ކަމުގައެވެ.

ފޮކްސް ނިއުސްގެ ރިޕޯޓުގައި ބުނެފައި ވަނީ އީރާނުން ދަނީ އެ ޤައުމުގެ ނިއުކްލިއަރ ހަތިޔާރުގެ ޕްރޮގްރާމް ކުރިއަށް ގެންދަމުން ކަމަށާއި މި ޕްރޮގްރާމްގެ ތެރެއިން ދުރު ރާސްތާ މިސައިލް އުފެއްދުން އެކަށީގެންވާ ކަމުގެ ކަމުގެ ޖަސޫސީ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެން ނަމަވެސް، ފޮކްސް ނިއުސް އިން ބުނެފައި ވަނީ މި އައު އިންޓެލިޖެންސް މައުލޫމާތަކީ އެމެރިކާގެ ނެޝަނަލް އިންޓެލިޖެންސް ޑައިރެކްޓަރ ޓުލްސީ ގަބާޑު މާރޗް މަހު ސެނެޓް އިންޓެލިޖެންސް ކޮމިޓީއަށް ދެއްވި ބަޔާނާ ފުށުއަރާ އެއްޗެއް ކަމަށެވެ. އޭނާ އެ ކޮމިޓީ އަށް ވިދާޅުވެފައި ވަނީ "އެމެރިކާގެ އިންޓެލިޖެންސް ކޮމިއުނިޓީން ދެކޭ ގޮތުގައި އީރާނުން ނިއުކްލިއަރ ހަތިޔާރެއް އުފައްދަމުން ނުދެއެވެ."

އަރަގްޗީ ވިދާޅުވީ މަޝްވަރާތަކަށް ހުރަސް އެޅުމަށް ފަތުރާ ދޮގު ވާހަކަތައް ކުށްވެރި ކުރައްވާ ކަމަށެވެ. އަރަގްޗީ ތުހުމަތު ކުރައްވާ ގޮތުގައި މިއީ މަޝްވަރާތަކަަށް ހުރަސް އެޅުމަށް އިސްރާއީލުން ފަތުރާ ދޮގު ވާހަކަތަކެވެ. މިފަދަ ޢަމަލުތަކަކީ އިސްރާއީލުގެ މިންގަނޑުން ވެސް ދަށް ފެންވަރުގެ ކަންކަން ކަމުގައި ވިދާޅުވިއެވެ.

އެމެރިކާ އާއި އީރާނުން ވަނީ އޭޕްރިލް 12 އިން ފެށިގެން ނިއުކްލިއަރ މަޝްވަރާތަކުގެ ފަސް ބުރެއް ބާއްވާފައެވެ. އަދި އައު އެއްބަސްވުމަކަށް ވާސިލުވުމަށް އަމާޒު ކޮށްގެން އަނެއްކާ ވެސް ބައްދަލުވާނެ ކަމަށް ބެލެވެއެވެ. މި ދެ ޤައުމުގެ މެދުގައި ދެބަސްވުން އުފެދިފައިވަނީ ޔުރޭނިއަމް މުއްސަނދިކުރުމުގެ މިންވަރާ ބެހޭ ގޮތުންނެވެ.

މަޝްވަރާތަކަށް ހުރަސް ނޭޅުއްވުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އިންޒާރު ދެއްވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

07 އޯގަސްޓު 2017

އެމެރިކާގެ ނައިބު ރައީސް ވެރިކަމަށް ކުރިމަތިލައްވަން މަސައްކަތްޕުޅު ކުރައްވާ ވާހަކަ އަމަނިކުފާނު ދޮގުކުރައްވައިފި

07 އޯގަސްޓު 2017
އެމެރިކާގެ ނައިބު ރައީސް ވެރިކަމަށް ކުރިމަތިލައްވަން މަސައްކަތްޕުޅު ކުރައްވާ ވާހަކަ އަމަނިކުފާނު ދޮގުކުރައްވައިފި
21 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި

21 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ޖީ20 ސަމިޓްގައި "ސިއްރު" ބައްދަލުވުމެއް ބޭއްވި ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކޮށްފި
05 ޖޫން 2017

މައްކާގައި ފޭކް ޒަމްޒަމް ފެން ވިއްކަމުންދިޔަ ފެކްޓްރީއެއް ރެއިޑްކޮށްފި

05 ޖޫން 2017
މައްކާގައި ފޭކް ޒަމްޒަމް ފެން ވިއްކަމުންދިޔަ ފެކްޓްރީއެއް ރެއިޑްކޮށްފި
24 މެއި 2017

އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ

24 މެއި 2017
އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ
17 މެއި 2017

ސީރިޔާ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތު ދޮގުކޮށްފި

17 މެއި 2017
ސީރިޔާ ސަރުކާރުން އިންސާނުން އަންދާ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތު ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު