Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމި ސަރުކާރުގެ މަޝްރޫއުތައް

މި ސަރުކާރުގައި ތަރައްގީ ކުރާ ހުރިހާ އިންފްރާސްޓްރަކްޗަރގެ ޕްރޮޖެކްޓްތަކާމެދު ވަނީ ސުވާލު އުފެދިފައި: ރިޔާޒު މަންސޫރު

24 މެއި 2025 | ހޮނިހިރު 08:05

ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި އަޑި ރަނގަޅެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 24 މެއި 2025 | ހޮނިހިރު 08:05
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ އެސްއެމްއީ ކޮމިޓީގެ މުގައްރިރު ރިޔާޒު މަންސޫރު ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ އެސްއެމްއީ ކޮމިޓީގެ މުގައްރިރު ރިޔާޒު މަންސޫރު ވާހަކަދައްކަވަނީ

ދުނިޔޭގައި ނެތްވަރުގެ ޕްރޮޖެކްޓެއް ރާއްޖޭގައި ހައްދަވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވުމުން މި ސަރުކާރުގައި ތަރައްގީ ކުރާ ހުރިހާ އިންފްރާސްޓްރަކްޗަރގެ ޕްރޮޖެކްޓްތަކާމެދު ސުވާލު އުފެދިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރިޔާޒު މަންސޫރު ވަނީ ރައީސް މުއިއްޒު ރަސްމާލޭގެ ބިއްލޫރި ޓަނަލް އެޅުއްވުމާ ގުޅޭގޮތުން ދެއްކި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވައި ފާޑު ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރިޔާޒު މަންސޫރު ވިދާޅުވީ ރައީސް މުއިއްޒަކީ ސިވިލް އިންޖިނިއަރިންއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް ދުނިޔޭގައި ނެތްވަރުގެ ޕްރޮޖެކްޓެއްގެ ވާހަކަ ދައްކަވައި، ރަސްމާލޭގެ ބިއްލޫރި ޓަނަލެއްގެ ހުވަފެން ދެއްކެވުމުން މިސަރުކާރުގެ އިންފްރާސްޓްރަކްޗަރގެ ޕްރޮޖެކްޓްތަކާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

މީގެ އިތުރުން ރިޔާޒު މަންސޫރު ވިދާޅުވީ މަޝްރޫއުތަކުގެ ކްރެޑިޓް ނެގުމާއި، ހަގީގަތް ސިއްރުކޮށް، އެއްވެސް ދައްޗެއް ނެތް ކަމަށް ދެއްކުމަށް މި ސަރުކާރުގެ ބޭފުޅުން ވަރަށް މަސައްކަތް ކުރައްވާ ކަމަށެވެ. ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި އަޑި ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންފްރާސްޓްރަކްޗަރގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އަޅުގަނޑަށް ހީވަނީ މިހިސާބަށް ކަންތައްތައް ގޯސްވެފައި ކަންތައްތައް ބޮއްސުންލާފައި ސަބަބަށް ބަލާއިރު، ތަންކޮޅެއް ކުރިއަށް ޖެހިފައި ބަލާއިރު، ބިއްލޫރި ޓަނަލް ހިސާބަށް އެބަޖެހޭ ދާން ޖެހޭ އެނގޭތޯ. މީގައި އަޅުގަނޑު ވަރަށް ހިތާމަވެސް ކުރަން މިހެން ދަންނަވަންޖެހޭތީ. އެހެން ނަމަވެސް ރައީސް މުއިއްޒަކީ ޕީއެޗްޑީ ހައްދަވައިގެން ހުރި ބޭފުޅެއް ސިވިލް އިންޖިނިއަރިންގެ ދާއިރާއިން. އެހެންނަމަވެސް ސިވިލް އިންޖިނިއަރިން ވަރަށް ބޮޑު ޕްރޮޖެކްޓެއް ދުނިޔޭގައި ނެތްވަރުގެ ޕްރޮޖެކްޓެއް ރާއްޖޭގައި ހައްދަވާނެ ކަމަށް ވިދާޅުވީމަ އިންފްރާސްޓްރަކްޗަރގެ ޕްރޮޖެކްޓެއް ތެދެއްތޯ ސިވިލް އިންޖިނިއަރިން. އެހެންވީމަ އެހިސާބުން އަޅުގަނޑުމެންނަށް ކޮންމެވެސް ވަރެއްގެ ދޭހައެއް ލިބޭ ތަރައްގީގެ މިފަދަ މަޝްރޫއުތައް އިންފްރާސްޓްރަކްޗަރގެ މިފަދަ ޕްރޮޖެކްޓްތައް ދާނީ ރަނގަޅަށް ނޫންކަން.
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު

ރިޔާޒު މަންސޫރު ވިދާޅުވީ މި ސަރުކާރު ކުރިއަށް ގެންދަނީ ކޮމިއުނިސްޓް ތިއަރީގެ ދަށުން ކަމަށެވެ. މިހާރު އިގްތިސާދު ނުހިނގާ ކަމަށާއި، އަމިއްލަ ވިޔަފާރި ކުރަމުންއައި ގިނަ ބަޔަކަށް ދަތިވުމުން ވިޔަފާރިތައް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒު މަންސޫރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ބައްޓަން ކޮށްފައިއޮތީ ރައްޔިތުން ސަރުކާރުގެ ވަޒީފާތަކަށް ބަރޯސާކުރުވުން ކަމަށެވެ. މިއީ ހުއްޓުވަންޖެހޭ ސިޔާސަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް