Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް - ޔަމަން ހަނގުރާމަ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ޔަމަނުން ބުނީ ހަމަލާގެ މަގްސަދު ހާސިލުވެފައިވާ ކަމަށާއި، ޣައްޒާ އަށް އަޅާފައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އަނިޔާވެރި ހަމަލާތައް ނިމުމަކަށް އަންނަން ދެން އިސްރާއީލަށް ހަމަލާ ދޭނެ ކަމަށެވެ.

ރާއްޖެ އެމްވީ | 23 މެއި 2025 | ހުކުރު 09:53
ޔަމަނުގެ އަސްކަރިއްޔާގެ މީޑިއާ ބިއުރޯއިން އާންމުކުރި ފޫޓޭޖް  އެއްގެ ސްކްރީން އިމޭޖުން މި ފެންނަނީ ޔަމަނުގެ އަސްކަރިއްޔާ އިން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކާ ދިމާއަށް ފޮނުވާލާ މިސައިލެއް ކަމަށް ބުނެފައިވެއެވެ

ޔަމަނުން ހުކުރު ދުވަހު ހެނދުނު އިސްރާއީލަށް މިސައިލް ހަމަލާ އެއް ދީފިއެވެ.

އިސްރާއީލު ސިފައިންގެ ބަޔާނަކުން ކަށަވަރުވެފައިވާ ގޮތުގައި ހުކުރު ދުވަހުގެ ހެނދުނު، ތެލް އަވީވްގައި އާއި ހިފާފައިވާ އެހެން ސަރަހައްދުތަކުގައި ރޮކެޓް ހަމަލާގެ އިންޒާރު ދިނުމަށް އެއަރ ރެއިޑް ސައިރަން ވަނީ އަޅާފައެވެ.

ސިފައިން އިތުރަށް ބުނެފައިވަނީ އެމީހުންގެ އެންޓި-އެއަރ މިސައިލް ސިސްޓަމްތަކުން އެ ޕްރޮޖެކްޓައިލް އިންޓަރސެޕްޓް ކުރެވުނު ކަމަށެވެ.

އިސްރާއީލުގެ މީގަން ޑޭވިޑް އެޑޮމް (އެމްޑީއޭ) އިމަރޖެންސީ ރެސްޕޮންސް ސަރވިސް އިން ބުނެފައިވަނީ ހަމަލާ އާ ގުޅިގެން ގެއްލުމެއްވިކަން އަދި ސާފު ނުވާ ކަމަށެވެ.

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން ނެރުނު ބަޔާނެއް ގައި ބުނެފައިވަނީ "ހިފާފައިވާ ޔައްފާ ސަރަހައްދުގައިވާ 'ބެން ގުރިއަން' އެއަރޕޯޓަށް އަމާޒުކޮށް ހައިޕަރސޮނިކް ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން ވަކި އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ" ކަމަށެވެ.

"މި އޮޕަރޭޝަން ވަނީ އޭގެ މަޤްޞަދު ކާމިޔާބުކަމާއެކު ހާސިލުކޮށްފައެވެ. އެގޮތުން ޒަޔަނިސްޓް ބަޔަކު ޝެލްޓަރތަކުގައި ފިލަން މަޖުބޫރުވެ، އެއަރޕޯޓުގެ މަސައްކަތްތައް ހުއްޓިފައިވެއެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ އޮޕަރޭޝަންތައް ދަނީ ކުރިއަށެވެ. ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ހުއްޓާލައި، ބްލޮކޭޑް ނިމުމަކަށް އަންނަންދެން މި އޮޕަރޭޝަންތައް ﷲގެ އިރާދަފުޅާއެކު އިތުރަށް ހަރުދަނާވެގެންދާނެއެވެ،" އެ ބަޔާނުގައި ވެއެވެ.

އިތުރަށް ކިޔާލަން

21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅު: ފުރަތަމަ ދުވަހު 280 ބިލިއަން ޑޮލަރުގެ ވިޔަފާރި އެއްބަސްވުން!
20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
19 މެއި 2017

ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ

19 މެއި 2017
ރައީސް ޓްރަމްޕް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ހުކުރު ދުވަހު ފައްޓަވަނީ
21 އެޕްރީލު 2017

ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން

21 އެޕްރީލު 2017
ޕެރިހުގައި ބުރާސްފަތި ދުވަހު ބަޑިން ހަމަލާ ދިން މީހާ ދެނެގަނެވިއްޖެ: ފުލުހުން
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު