Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗާލު މާލެ ކެމްޕެއިން

މާލެ ސިޓީ ކައުންސިލުން ހިންގާ "ޗާލު މާލެ" ކެމްޕެއިންގެ އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ބޭންޑް

މާލެ ސިޓީ ސާފު ތާހިރުކޮށް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރެވޭ ކަމަށާއި އެ ކަމަށް ގިނަ ޚަރަދުތަކެއް ވެސް ހިނގާ ކަމުގައި މޭޔަރ ޢާޒިމް ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 މެއި 2025 | ބުދަ 17:38
ބެޓްލް އޮފްބޭންޑްސް ގައި ޓޫ އޮފް އަސް އިން ހޯދި ކާމިޔާބީއަށްފަހު ބޭންޑް ރާއްޖެ އައުމުން މޭޔަރ އާޒިމް މަރުހަބާ ވިދާޅުވަނީ

ބެޓްލް އޮފްބޭންޑްސް ގައި ޓޫ އޮފް އަސް އިން ހޯދި ކާމިޔާބީއަށްފަހު ބޭންޑް ރާއްޖެ އައުމުން މޭޔަރ އާޒިމް މަރުހަބާ ވިދާޅުވަނީ

‎މާލެ ސިޓީ ސާފު ތާހިރުކޮށް ބޭއްވުމަށް، މާލެ ސިޓީ ކައުންސިލުން ހިންގާ "ޗާލު މާލެ" ކެމްޕެއިންގެ އެމްބެސެޑަރަކަށް "ޓޫ އޮފް އަސް" ބޭންޑް ހަމަޖެއްސުމަށް، މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

ކައުންސިލުން މި ކަން ފާސްކޮށްފައި ވަނީ، ބުދަ ދުވަހު ބޭއްވުނު، މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 194 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ. ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މާލެ ސިޓީ ސާފު ތާހިރުކޮށް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރެވޭ ކަމަށާއި އެ ކަމަށް ގިނަ ޚަރަދު ތަކެއް ވެސް ހިނގާ ކަމަށެވެ.

އެހެން ކަމުން މި މަސައްކަތުން އެންމެ ފުރިހަމަ ނަތީޖާ ނެރުމަށް ޓަކައި އެވެޔާނަސް ކެމްޕެއިންތަކެއް ހިންގައިގެން، މަގުތަކަށާއި ޕާކުތަކަށާއި ހުސްބިންތަކަށް ކުނި އެޅުން މަދުކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް، މޭޔަރ ޢާޒިމްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވި އެވެ.

މާލެ ސިޓީ ރީއްޗަށް ބޭއްވުމަށް ޓަކއި، 60،50 މިލިޔަން ޚަރަދު ކުރެވޭ. މިއީ އަސްލު ކައުންސިލްގެ ބަޖެޓަށް ކެތްވާވަރު ޚަރަދުތަކެއްނޫން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެކި ގޮތް ގޮތުން އެވެޔާނަސް ޕްރޮގްރާމްތައް ހިންގައިގެން ވެސް ކުނި އެޅުން މަދުކުރެވޭތޯ. ކުނިއެޅުން ހުއްޓުވޭތޯ. އަޅުގަނޑުމެން އަމާޒަކީ ހުއްޓުވުން.
މޭޔަރ އާދަމް އާޒިމް

މޭޔަރ ޢާޒިމް ވިދާޅުވީ، މި އެވެޔާނަސް ކެމްޕެއިން ކުރިއަށް ގެންދިއުމަށް ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް ޓޫ އޮފް އަސް ބޭންޑާ މިހާރު ވާހަކަ ދެކެވި، އެ ބޭންޑާއެކު އެއްބަސް ވުމަކަށް ވެސް އާދެވި، މި އެވެޔާނަސް ކެމްޕެއިންގައި ބައިވެރިވާން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ އެ ބޭންޑަށް ފައިސާ ދީގެން ކުރާ ކަމެއް ނޫން ކަމަށާއި މި ކަމުގައި ފައިސާގެ އެއްވެސް މުޢާމަލާތެއް ނެތް ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

ޓޫ އޮފް އަސް ބޭންޑު ވަނީ، ދާދިފަހުން އިންޑިޔާގައި ކުރިއަށް ދިޔަ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕް އެވޯޑް ހޯދައި ރާއްޖޭގެ ތާރީޚުން ޖާގަ ހޯދައިފައެވެ. އެ ގޮތުން އެ މުބާރާތުގައި، ޓޫ އޮފް އަސް ބޭންޑް މުޅިންހެން ފެނިފައި ވަނީ، ދިވެހިރާއްޖޭގެ ސަޤާފަތާއި ދިވެހީންގެ އާދަކާދައިގެ ވާހަކަތަކުގެ މައްޗަށްކަން ފާހަގަ ކުރެވުނެއެވެ. މި ބޭންޑުގައި ޖުމްލަ ފަސް މެމްބަރުން ހިމެނެއެވެ.

މާލޭ ސިޓީ ކައުންސިލްޗާލު މާލެ ކެމްޕެއިންޓޫ އޮފް އަސް ބޭންޑްއާދަމް ޢާޒިމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު