Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ސިއްރުކުރުމުން އެމްޑީޕީން ކޮމެޓީ ދޫކޮށް ނިކުމެއްޖެ

11 މެއި 2025 | އާދީއްތަ 09:20

ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ހުށަހަޅާފައި އޮތް މައްސަލާގައި ކޮމެޓީ ދުކޮށް އެމްޑީޕީން ނުކުމެއްޖެ

އަލީ ޝާހީން
އަލީ ޝާހީން | 11 މެއި 2025 | އާދީއްތަ 09:20
ޖުޑީޝިއަރީ ކޮމެޓި ބައްދަލުވުން

ޖުޑީޝިއަރީ ކޮމެޓި ބައްދަލުވުން

ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ.އަޒްމިރަލްދާ ޒާހިރު އާއި މަހާޒް ވަކިކުރަން ހުށަހަޅާފައި އޮތް މައްސަލާގައި ޖުޑީޝިއަލް ސާވިސް ކޮމިޝަނުން ނިންމައި ފޮނުވާފައިވާ ރިޕޯޓް ދިރާސާ ކުރުމުގެ ކޮމެޓީ ދޫކޮށް އެމްޑީޕީން ނިކުމެއްޖެއެވެ.

އެ މައްސަލަ ދިރާސާ ކުރާ ޖުޑިޝަރީ ކޮމިޓީ ސިއްރު ކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެވެ. އެހުށަހެޅުމަށް އެކޮމެޓިން ވޯޓު ނަގާފައިވާއިރު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ހުރިހާ މެންބަރުންގެ ތާއީދުކުރެއްވީ ސިއްރުކުރުމަށެވެ.

Advertisement - newsAdvertisement

އެ ކޮމިޓީ ސިއްރު ކުރުމާ ދެކޮޅު ހެއްދެވީ ޖުޑީޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުން، އިބްރާހިމް ނާޒިލް އާއި މައުރޫފް ޒާކިރު އެވެ. އެ ކޮމިޓީ ސިއްރު ކުރަން ނިންމުމާއެކު އެ ދެ މެންބަރުން ވަނީ ކޮމިޓީ ދޫކޮށް ނުކުމެވަޑައިގެންފަ އެވެ.

ޖުޑީޝަރީ ކޮމިޓީ ސިއްރު ކުރަން ވޯޓަށް އަހަން މުގައްރިރު ހުސްނީ މުބާރަކު ނިންމެވުމާއެކު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން އެނިންމެވުމާއި ދޭތެރޭ ނުރުހުން ފާޅުކޮށް އެކަމަށް ދެކޮޅުހަދާ ނުރުހުން ފާޅުކޮށްފައިވެއެވެ.

ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ އޮންނަ ކޮމެޓީއަށް އެ ހުށަހެޅުން ހުށަހަޅާ ކޮމިޓީގައި ވޯޓު ނެގީ ވެސް އިދިކޮޅު މެންބަރުން ދެކޮޅު ހައްދަވަމުން ގެންދަވަނިކޮށެވެ. ކޮމިޓީ ސިއްރު ކުރުމުގެ ކުރިން އެ ކޮމިޓީގައި ވާހަކަދައްކަވަމުން ޖޭއެސްސީން ތައްޔާރު ކޮށްފައި އޮތް ރިޕޯޓުގައި ހުރި ބައެއް ހަމަނުޖެހޭ ކަންކަން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު، އިބްރާހިމް ނާޒިލް ފާހަގަ ކުރެއްވި އެވެ.

ކޮމެޓިގައި ވާހަކަދައްކަވަމުން ޖޭއެސްސީން ތައްޔާރުކޮށްފައިވާ ރިޕޯޓާއި ބެހޭގޮތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނަޒީލް ވިދާޅުވީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރު ކުރިއިރު، އޭނާ ހުރީ ބަރަހަނާ ހާލަތުގައި ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ބަޔާން ކޮށްފައި އޮތް ނަމަވެސް ފުލުހުންގެ ތަހުގީގުން އެކަން ސާބިތު ނުވާކަމަށެވެ.

މީގެ އިތުރުން ކޮމަންވެލްތް ލޯޔާސް އެސޯސިއެޝަނުން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައިވެއެވެ. އެގޮތުން އެ އެސޯސިއޭޝަނުން ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން އިން ނިންމި ނަމަވެސް އެފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ނުދޭނަމަ މައްސަލަ ބާތިލް ކުރުމަށް ގޮވާލާކަމަށެވެ.

އާދިއްތަ ދުވަހު ނެރުނު ބަޔާނުގައި އެ އެސޯއިއޭޝަނުން ބުނީ، ރާއްޖޭގެ ބާކައުންސިލާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި، ކޮމަންވެލްތު ސެކްރެޓަރީއާއި ޝަރުއީ ދާއިރާގެ ޚާއްސަ ރިޕޯޓަރަކާ ގުޅިގެން އެ ތަނުން ވެސް މި މައްސަލަ ބަލަމުން ގެންދާނެ ކަމަށެވެ. އަދި ފަނޑިޔާރުންގެ ތަހުގީގު ޖޭއެސްސީއިން ކުރިއަށް ގެންދިޔައީ ޑިއު ޕްރޮސެސްއަށް ބެލުމެއް ނެތި ކަމަށް ފަނޑިޔާރުންގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް އެބަޔާނުގައިވެއެވެ. އޭގެ އިތުރުން އެ އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައި ވަނީ، ފަނޑިޔާރުންގެ ތަހުގީގުގައި ޑިއު ޕްރޮސެސް ފޮލޯކޮށްފައިނުވާ ނަމަ އަދި ދިފާއުވުމުގެ ފުރުސަތު ދީފައިނުވާ ނަމަ މައްސަލަ ބޭރުކޮށްލުމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް