Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޭއެފްސީ ސައުތު ލަންޑަން

ބަލަކްގެ ސައުތު ލަންޑަން އިން ޗެމްޕިއަންކަން ހޯދައިފި

ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗު ސައުތު ލަންޑަން އިން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މެއި 2025 | އާދީއްތަ 04:51
ކަޕްގެ ތައްޓާ އެކު އަލީ ވަޙީދު އަދި ސައުތު ލަންޑަންގެ އެހެން އޮފިޝަލުން

ކަޕްގެ ތައްޓާ އެކު އަލީ ވަޙީދު އަދި ސައުތު ލަންޑަންގެ އެހެން އޮފިޝަލުން

ވިމްބަލްޑަން ސެންޗެނަރީ ކަޕްގެ ފައިނަލްގައި ވިލްބަލްޑަން ސްޕޯޓިން ކުލަބު ބަލިކޮށް، ރާއްޖޭގެ އަލީ ވަޙީދު އިރުޝާދު ދެމުން އަންނަ އޭއެފްސީ ސައުތު ލަންޑަން އިން މުބާރާތް ކާމިޔާބުކޮށް، މިއަހަރުގެ ލީގު އަދި ކަޕް ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗު ސައުތު ލަންޑަން އިން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ.

އެ ޓީމުގެ ކޯޗުކަމާ އަލީ ވަޙީދު ހަވާލުވީ މިދިޔަ އަހަރު އެވެ. އޭރު އެ ޓީމު އޮތީ ވެސް ރެލިގޭޝަން ޒޯންގަ އެވެ. އެހެން ނަމަވެސް، ޓީމަށް އައު ކުޅުންތެރިޔަކު ހޯދުމެއް ނެތި، ޓީމަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސް، އަލީ ވަޙީދުގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ލީގު އަދި ކަޕް ކާމިޔާބު ކޮށްފަ އެވެ.

ފައިނަލްގައި ސައުތު ލަންޑަންގެ ލަނޑުތައް ޖެހީ އިވާން ވަސަލްޖީ، ތިއޯ ލަންޔަން، ޔެކިނީ، އެލެކްސް ސަމޫރާ، ޒެއިން އަދި އިވާން ވްލަސެންކޯ އެވެ. މި މެޗުގައި އަލީ ވަޙީދު އިރުޝާދު ދެމުން އަންނަ ސައުތު ލަންޑަން އިން ވަނީ ރަނގަޅަށް ކުޅެފަ އެވެ.

ސައުތު ލަންޑަންއާ ހަވާލުވީއިރު އަލީ ވަޙީދު ވަނީ ޔުއެފާ ސީ ލައިސަންސް ޙާސިލު ކޮށްފަ އެވެ. ނަމަވެސް، ވަކި ހިސާބަކުން އޭނާ ވަނީ ޔުއެފާ ބީ ލައިސަންސް ވެސް ޙާސިލު ކޮށްފަ އެވެ. އަދި މިހާރު އޭނާ އަންނަނީ ޔުއެފާ އޭ ލައިސަންސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އަލީ ވަޙީދަކީ ރާއްޖޭގެ ފުޓުބޯޅައިގައި ވެސް ފާހަގަ ކޮށްލެވޭ ފަރާތެކެވެ. އޭނާ ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަންކަން ވެސް ކުރައްވައިފަ އެވެ. އޭނާގެ ޗެއާމަންކަމުގައި ނިއު ރޭޑިއަންޓުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

އެގޮތުން އަލީ ވަޙީދުގެ ޗެއާމަންކަމުގައި ނިއު ރޭޑިއަންޓުން ވަނީ 12 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޤައުމީ ލީގު މިލްކު ކުރުމުގެ އިތުރުން، ދިވެހި ލީގު މިލްކު ކުރުން ވެސް ހިމެނެ އެވެ.

ނިއު ރޭޑިއަންޓުން ވަނީ 2013 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަންގެ ހުރިހާ މެޗަކުން މޮޅުވެ، ރެކޯޑު ޤާއިމު ކޮށްފަ އެވެ. މިއަދާ ހަމަ އަށް އައިއިރު ވެސް، އެއްވެސް ކުލަބަކަށް އެ ރެކޯޑު މުގުރާލެވިފައި ނެތެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
18 ފެބުރުއަރީ 2017

ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް

18 ފެބުރުއަރީ 2017
ފުޓްބޯލް ފިއެސްޓާ 2017: ގްރޭޑް 2 ގެ ޗެމްޕިއަންކަން ކަލާފާނަށް، ގްރޭޑް 3 ބިލަބޮންގަށް
15 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި

15 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ބޮޑު ތަފާތަކުން ޔޫއެންގެ މައްޗަށް އެލްޓީ ކުރިހޯދައިފި
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު