Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް-ސީރިއާ

ސީރިއާގެ ރައީސް އަލް ޝަރާ، ފްރާންސްގެ ރައީސް މެކްރޮންއާ ބައްދަަލު ކުރައްވައިފި

އަލް ޝަރާ ވިދާޅުވީ ސީރިއާ ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަކީ އެންމެ މުހިންމު އަދި އެންމެ އިސްކަން ދޭ އަސާސް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 މެއި 2025 | ބުރާސްފަތި 04:14
ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާ އެކު

ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އާ އެކު

ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލު ކުރައްވައި، ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިތައް ނައްތާލުމަށް އެދިވަޑައިގެންފި އެވެ.

ބުދަ ދުވަހު އަލް ޝަރާ ފްރާންސް އަށް ވަޑައިގެންފައިވާއިރު، މިއީ ޔޫރަޕުގެ ޤައުމަކަށް އޭނާ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅަށް އދ އިން ވެސް ވަނީ ޚާއްސަ ހުއްދައެއް ދީފަ އެވެ.

ބުދަ ދުވަހު މެކްރޮންއާ ބައްދަލު ކުރައްވައި، ސީރިއާގެ މުސްތަޤުބަލާ ގުޅޭ މުހިންމު މަޝްވަރާތަކެއް ޝަރާ ވަނީ ކުރައްވާފައި އެވެ. 

ފްރާންސްގެ ވެރި ރަށް ޕެރިހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރާ ވިދާޅުވީ، ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަލް އަައްސަދުގެ ވެރިކަމުގައި ސީރިއާއާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން އިން އަޅާފައިވާ ފިޔަވަޅުތައް އަނބުރާ ގެންދިޔުމަށް އެދޭ ކަމަށެވެ. 

އަލް ޝަރާ ވިދާޅުވީ ސީރިއާ ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަކީ އެންމެ މުހިންމު އަދި އެންމެ އިސްކަން ދޭ އަސާސް ކަމަށެވެ. 

އިސްރާއީލް އިން ސީރިއާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަރާ ވިދާޅުވީ، ދެ ޤައުމުގެ ދެ މެދުގައި މިހާރު ނުސީދާ ގޮތެއްގައި މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. 

ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވީ އިސްރާއީލް އިން ސީރިއާ އަށް ދެމުން އަންނަ ހަމަލާތައް ކުށްވެރި ކުރައްވާ ކަމަށާއި، އަވަށްޓެރި ޤައުމުތަކުގެ ސަރަހައްދީ ސަލާމަތައް އަރައި ގަތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. 

އިތުރަށް މެކްރޮން ވިދާޅުވީ، ސީރިއާ އިން މިހާރު ކުރިއަށް ދަމުން އަންނަ މަގުގައި ދެމި ތިބެއްޖެ ނަމަ، ޔޫރަޕިއަން ޔޫނިއަންގެ ފިޔަވަޅުތައް މަޑު މަޑުން ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރުމަށް އެމެރިކާ އަށް ވެސް ބާރު އަޅުއްވާނެ ކަަމަށް ވެސް މެކްރޮން ވަނީ ވިދާޅުވެފަ އެވެ. 

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު