Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވުން

ސުޕްރީމް ކޯޓު ޕެރެލައިޒްކޮށްފައި އޮތް ނަމަވެސް ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ޖުޑިޝަރީގެ ތެރެއިން އެ ހިނގާ ކަންކަމަށް ޖަވާބު ދެމުންދާނީ ޖުޑިޝަރީން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 3 މެއި 2025 | ހޮނިހިރު 09:36
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓު ޕެރެލައިޒްކޮށްފައި އޮތް ނަމަވެސް ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ދުސްތޫރީ މައްސަލައެއް އެކޯޓަށް ނުބެލޭނެ ގޮތަށް ކޯޓު ޕެރަލައިޒް ކޮށްފައި އޮންނަތާ ގާތްގަނޑަކަށް 60 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަ ކުރެއްވިއެވެ. ރައްޔިތުން މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލާއި، ގާނޫނަށް ގެނެސްފައިވާ ބަދަލާއެކު މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި، ނައިބު ރައީސް އައްޔަން ކުރެއްވުމުގެ ބާރު ވެސް އޮތީ ރައީސް މުއިއްޒުގެ އަތްޕުޅުގައި ކަމަށާއި، ޖޭއެސްސީގެ ކޮންޓްރޯލް އޮތީ ވެސް ރައީސް މުއިއްޒުގެ އަތްޕުޅުގައިކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިހާރު ރާއްޖޭގައި އޮތީ ޑިމޮކްރެޓިކް ވެރިކަމެއްތޯ ނޫސްވެރިޔާ ސުވާލު ކުރެއްވިއެވެ.

Advertisement - newsAdvertisement

މި ސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ ޖޭއެސްސީއަކީ ކޮންޓްރޯލް ކުރާ ތަނެއް ނޫން ކަމަށާއި، ޖުޑިޝަރީގެ ތެރެއިން އެ ހިނގާ ކަންކަމަށް ޖަވާބު ދެމުންދާނީ ޖުޑިޝަރީން ކަމަށެވެ. އޭގައި އެމަނިކުފާނު ޒިންމާ ނަގަންޖެހޭ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައީސްގެ ހައިސިއްޔަތުން އެކަހަލަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވިއެވެ.

ހުވާ ކުރި ދުވަހު ދެންނެވިން މިއަދުން ފެށިގެން މިހިދުން ފެށިގެން ޖުޑިޝަރީއަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނަމޭ. އެއީ ހަގީގަތް. އެގޮތަށް މިއަދާ ހަމައަށް ވެސް އޮތީ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އޮންނާނީ . ދެން ތިބޭފުޅުންގެ އަމިއްލަ ޖަޖްމަންޓަކަށް ވެދާނެ ތިޔަ ވިދާޅުވި ގޮތަށް އަޅުގަނޑު ހުރިހާ ތަނެއް ކޮންޓްރޯލް ކުރަނީ އޭ. އަޅުގަނޑަށް މިއަދާ ހަމައަށް އައިރު ހަމަ ޔަގީނުން ވެސް އެއްވެސްތާކުން މައުލޫމާތެއް ވެސް ނުދޭ އަދި އަޅުގަނޑު ހޯދާފައި ވެސް ނުވާނެ ކޯޓުތަކުގައި ހިނގާ ކަންކަމެއް. ނޫސްތަކުން ހަމަ އެހެން މީހުންނަށް ވެސް ފެންނަ ގޮތަށް އަޅުގަނޑަށް ފެންނަނީ ކޯޓުތަކުގެ ކަންކަން ތާވަލް ކުރިއަށް ނުކުރިއަސް ކަމެއް ނިންމިއަސް ނުނިންމިއަސް. އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ހުންނަ ކަމެއް ނޫން ކޯޓެއްގައި ޖުޑިޝަރީގައި ކަމެއް ހިނގާ ގޮތް ހިނގާނެ ގޮތެއް ވަކި ގޮތަކަށް ހިންގަން ބުނުން. ހިންގުވުން. އެހެންވީމަ އެއީ އަޅުގަނޑު ކުރާނެ ވެސް ކަމެއް ނޫން އެނގޭތޯ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މިއީ ޑިމޮކްރެޓިކް ވެރިކަމެއްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގައި ކަންކަން ކުރަނީ ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން ކަމަށެވެ. އަދި އެބައެއްގެ ޒިންމާ އެބަޔަކު އަދާކުރުމުގެ ފުރިހަމަ މިނިވަންކަން އޮތްއިރު، މަގާމުތަކަށް މީހުން އިންތިޚާބުކުރަނީ ވެސް ރައްޔިތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމަ ޔަަގީނުން ވެސް ޑިމޮކްރެޓިކް ވެރިކަމެއް. އެއީ ރައްޔިތުންގެ ވޯޓަކުން ހުރިހާ އިލެކްޓިވް މަގާމުތަކަށް މީހުން ނަގަނީ ވެސް. ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން ފުރިހަމަ ބާރު މިއޮންނަނީ ރައްޔިތުންނަށް ވެސް އަދި މުއައްސަސާތަކަށް ވެސް މިގާނޫނު އަސާސީ ކަނޑައެޅިފައިވާ ބާރުގެ ތެރެއިން ފުރިހަމަ މިނިވަންކަން އެބައޮތް އެބޭފުޅުން ބޭނުންވެލައްވާ ގޮތަށް އެބޭފުޅުންގެ ޒިންމާތައް އަދާކުރުމުގައި. އެއަށް އެއްވެސް ހުރަހެއް ނާޅާނަން. ކުރިއަށް އޮތްތާގައި ވެސް ނާޅާނަން. މިހާތަނަކަށް ވެސް ނާޅަން. އެއީ މިނިވަން މުއައްސަސާއެއް ވިޔަސް އަދި މައިގަނޑު އަނެއް ދެ ބާރު ކަމުގައި ވިޔަސް. އެހެންވީމަ އެއްވެސް ހުރަހެއް ނެތް. އެއްވެސް ކަހަލަ ހިފެހެއްޓުމެއް އަޅުގަނޑުގެ ފަރާތުން ނާންނާނެ. އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ޑިމޮކްރަސީ އޭގެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަކީ މިސަރުކާރުގެ ސިޔާސަތު ކަމަށެވެ.

ނަމަވެސް މެންބަރުން ވަކިކުރެވޭނެ ގޮތަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ބޭނުންކޮށްގެން ގާނޫނުއާސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް، ރައީސް މުއިއްޒުގެ އެންގެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުއްލި ބައްދަލުވުމެއް ބާއްވާ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރީ، މެންބަރުން ވަކިކުރެވޭ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެ ކޯޓަށް ހުށަހަޅައި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ފަނޑިޔާރުން މާލަމުގައި ތިއްބަވަނިކޮށެވެ. ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ޖޭއެސްސީން ކުއްލި ބައްދަލުވުމެއް ބާއްވާ 10 މިނެޓުގެ ތެރޭގައި ގޮތް ނިންމުމަށްފަހު 26 ފެބްރުއަރީ 2025 ގައެވެ.

އޭގެފަހުން 4 މާރޗް 2025 ވަނަ ދުވަހު ރައީސް މުއިއްޒު ގާނޫނު އަސާސީ އާ ޚިލާފުވެއްޖެ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ޖޭއެސްސީން މިހާރު ބަލަމުން އަންނަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލައެވެ.

ސުޕްރީމް ކޯޓު މިހާރު އޮތްގޮތުން ދުސްތޫރީ މައްސަލައެއް ބެލޭނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެއީ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އޭނާގެ ބަދަލު އެ މަގާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ އައްޔަން ކުރައްވާފައެވެ. އެހެންކަމުން މިހާރު ކޯޓުގައި ތިއްބެވީ 5 ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ ދުސްތޫރީ ބޮޑު މައްސަލައެއް ހުއްޓުވުމަށް ސަރުކާރުން ރާވައިގެން 3 ފަނޑިޔާރަކު ސަސްޕެންޑްކުރި އިރު، ޖޭއެސްސީގައި ހިމެނޭ ބާ ކައުންސިލްގެ މެންބަރު ވޯޓު ދެއްވި ގޮތާއި ގުޅޭގޮތުން ވެސް އެ ކައުންސިލްގައި ހިމެނޭ ގިނަ އަދަދެއްގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުސުޕްރީމް ކޯޓުޖުޑިޝަރީޖޭއެސްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑެތި މައްސަލަ ތަކުގައި ހެކިބަސް ދޭ ފަރާތްތަކަށް ބިރުދައްކަމުންދާ ކަމަށް ވިދާޅުވުމުން، ގާޒީ އަލީ އާދަމްގެ ސުލޫކީ މައްސަލަ އެއް ޖޭއެސްސީ އަށް ހުށަހަޅައިފި

ބޮޑެތި މައްސަލަ ތަކުގައި ހެކިބަސް ދޭ ފަރާތްތަކަށް ބިރުދައްކަމުންދާ ކަމަށް ވިދާޅުވުމުން، ގާޒީ އަލީ އާދަމްގެ ސުލޫކީ މައްސަލަ އެއް ޖޭއެސްސީ އަށް ހުށަހަޅައިފި

12 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުން ނިންމާ ނިންމުމެއް 2028 ވަނަ އަހަރު ކޯޓުން ބަދަލު ކުރާނެ: ވަކީލު މުސްތަފާ

06 ޑިސެމްބަރު 2025
ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

ރައީސް ވިދާޅުވީ ކުށްކުރާ މީހަކު ދޫކޮށްލުމުގެ ހައްޤެއް ނޯނާނެ ކަމަށް! އަމަލު ކުރެއްވީ ކިހިނެތްބާ؟

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު