Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ އަމާޒަކީ ތިން ތަށި: ފްލިކް

ފްލިކް ބުނީ މިފަހަރުގެ ސީޒަން ފަށައިގެން މިއަދާ ހަމައަށް އައިއިރު، ބާސެލޯނާ އަށް ތިން ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އެޕްރީލު 2025 | ހޮނިހިރު 03:30
ފައިނަލްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފްލިކް ވާހަކަ ދައްކަނީ

ފައިނަލްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފްލިކް ވާހަކަ ދައްކަނީ

ކޮޕާ ޑެލް ރޭ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުންނައިރު، ބާސެލޯނާގެ ހަމައެކަނި އަމާޒަކީ ތިން ތަށި ކާމިޔާބު ކުރުން ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

ފައިނަލްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފްލިކް ބުނީ، މީގެ ކުރިން ވެސް ދެ ޓީމު ބައްދަލު ކޮށްފައި ވީ ނަމަވެސް، މިފަހަރުގެ މެޗު ތަފާތު ވާނެ ކަމަށެވެ.

ފްލިކް ބުނީ އަބަދު ވެސް ބާސެލޯނާ އިން މެޗަށް ތައްޔާރުވަމުން އަންނަނީ އިދިކޮޅު ޓީމު ވަރަށް ބޮޑަށް ބަަލައިގެން އެ ޓީމުގެ އުކުޅުތައް ދެނެގަނެގެން ކަމަށެވެ. އެހެން ކަމުން ފައިނަލްގައި ރެއާލާ ދެކޮޅަށް ވެސް ނިކުންނާނީ ހަމަ އެގޮތުގައި ކަމަށް ފްލިކް ބުންޏެވެ.

މީގެ އިތުރުން ފްލިކް ބުނީ މީގެ ކުރިން ހިނގާފައިވާ ކަންކަމަށް ބެލުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އޭނާ ބުނީ މިހާރު ފޯކަސް ކުރަން ޖެހޭނީ މިވަގުތު ތިބި ޙާލަތަށް ކަމަށާއި، ބޭނުން ވަނީ ނަތީޖާ ނެރުން ކަމަށެވެ.

އަދި ބާސެލޯނާ އިން އެމީހުންގެ ޒިންމާ ފުރިހަމަ އަށް އަދާ ކުރި ނަމަވެސް، ރެއާލަކީ ބާސެލޯނާ އަށް އުނދަގޫ ތަކެއް ކުރިމަތި ކުރުވާނެ ފެންވަރުގެ ޓީމެއް ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން ފައިނަަލަށް ނިކުންނައިރު، ފޭވަރިޓުންނަކީ ވަކި ބަޔެކޭ ބުނެވެން ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ފްލިކް ބުނީ މިފަހަރުގެ ސީޒަން ފަށައިގެން މިއަދާ ހަމައަށް އައިއިރު، ބާސެލޯނާ އަށް ތިން ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންކަމުން ބާސެލޯނާގެ އަމާޒަކީ ތިން ތަށި ކާމިޔާބު ކުރުން ކަމަށާއި، އެކަން ކުރުމަކީ އުނދަގޫ ކަމެއްކަން އިނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ކޮޕާ ޑެލް ރޭ ފައިނަލްގައި ބާސެލޯނާ އާއި ރެއާލް ބައްދަލު ކުރާ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު