Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

މުޅި ރާއްޖެ ޝާމިލު ކުރުމަށް އެފްއޭއެމްގެ އަސާސީ ޤަވައިދަށް އިސްލާހު ހުށަހަޅައިފި

ޓީސީ އިސްވެ އޮވެ އެ އިސްލާހުތައް ހުށަހެޅިއިރު، އެފްއޭއެމްގެ މިހާރު މެމްބަރު 17 ކުލަބުގެ ތެރެއިން 10 ކުލަބަކުން ސޮއި ކޮށްފައިވާ ކަމަށް ވެސް ޓޮމް ވަނީ ވިދާޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 އެޕްރީލު 2025 | ބުދަ 06:25
ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ކުޅުނު މެޗެއްގެ ތެރެއިން

ގޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި ކުޅުނު މެޗެއްގެ ތެރެއިން

މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ލީގު އުސޫލު ބަދަލު ކުރުމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަސާސީ ޤަވައިދަށް އިސްލާހު ހުށަހަޅައިފި އެވެ.

މެއި މަހުގެ ތެރޭގައި އޮންނަ އެފްއޭއެމްގެ ކޮންގްރެސްއާ ދިމާކޮށް، އެފްއޭއެމްގެ އަަސާސީ ޤަވާއިދަށް އިސްލާޙު ގެނައުމަށް ހުށަހެޅީ ޓީސީ ސްޕޯޓްސް ކުލަބުންނެވެ.

އެކަން ހާމަ ކުރަމުން އެފްއޭއެމްގެ ކުރީގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް) ވިދާޅުވީ، ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަންތައް ޤާއިމު ކުރުމާއި، އެ ހަތަރު ސަރަަހައްދުގެ ކުލަބުތަކުން ރާއްޖޭގެ ފުޓުބޯޅައިގެ ކަންކަން ނިންމުމުގައި ބަސް ބުނެ، އަދި ވޯޓު ލެވޭނެ ޙައްޤު ކަށަވަރު ކުރުމުގެ ގޮތުން އެފްއޭއެމްގެ އަސާސީ ޤަވާއިދަށް އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ.

ޓީސީ އިސްވެ އޮވެ އެ އިސްލާހުތައް ހުށަހެޅިއިރު، އެފްއޭއެމްގެ މިހާރު މެމްބަރު 17 ކުލަބުގެ ތެރެއިން 10 ކުލަބަކުން ސޮއި ކޮށްފައިވާ ކަމަށް ވެސް ޓޮމް ވަނީ ވިދާޅުވެފަ އެވެ.

އަސާސީ ޤަވާއިދަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ޤާއިމު ކުރަން ހުށަހަޅާފައި ަވަނީ ހަތަރު ރީޖަނަލް އެސޯސިއޭޝަން އެކެވެ.

އެއީ،

  1. ނޯތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ހއ، ހދ، ށ، ނ، ރ، ބ، ޅ، ކުޅުދުއްދުށި ސިޓީ)
  2. ސެންޓްރަލް ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ކ، އއ، އދ ،ވ، މ، ފ، އަދި ދ)
  3. މާލެ ރީޖަނަލް ފުޓްބޯލަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (މާލެ ސިޓީ ކުލަބުތައް، ދެ ވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަން)
  4. ސައުތު ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް​ (ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ)

މި އިސްލާޙާ އެކު ވޯޓު ލުމުގެ ޙައްގު 64 ފަރާތަކަށް ލިބިގެން ދާނެ އެވެ. އެއީ ނީތު ރީޖަން އިން 11 ވޯޓު، ސެންޓްރަލް ރީޖަްނ އިން 11 ވޯޓު، މާލެ ރީޖަން އިން 11 ވޯޓު، ސައުތު ރީޖަން އިން 11 ވޯޓި އަދި ދިވެހި ޕްރިމިއާ ލީގުން 20 ވޯޓެވެ.

ޓީސީން ހުށަހަޅާފައިވާ އެ އިސްލާޙުގައި ބުނެފައި ވަނީ މަދުވެގެން 12 މަސް ދުވަހުގެ ތެރޭގައި ރީޖަނަލް އެސޯސިއޭޝަންތައް އުފައްދަން ޖެހޭނެ ކަމަށެވެ. އަދި އެންމެ ގިނަ ވެގެން ވެސް 24 މަސް ދުވަހުގެ ތެރޭގައި ރީޖަނަލް ލީގު ތަކުން ދިވެހި ޕްރިމިއަރ ލީގަށް ޕްރޮމޯޓުވާނެ ގޮތާއި، ރެލިގޭޓު ވާނެ ގޮތަށް ލީގުގެ އުސޫލު އެކުލަވާލަން ޖެހޭނެ އެވެ.

މީގެ އިތުރުން އެފްއޭއެމް މުބާރަތްތަކުގައި ޖެހި ޖެހިގެން ފަސް އަހަރު ކުޅުމުން މެންބަޝިޕް ދިނުމަށް އޮތް މާއްދާ، ޖެހި ޖެހިގެން ތިން އަހަރު ކުޅުމުން މެންބަރޝިޕް ދޭ ގޮތަށް ބަދަލުކުރަން ވެސް ވަނީ ހުށަހަޅައިފަ އެވެ.

އެފްއޭއެމްގެ ހިންގާ ޤަވާއިދަށް ހުށަހަޅާފައިވާ މި އިސްލާހު ތަކަކީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވެސް ވަރަށް ބޮޑަށް ބޭނުންވާ އިސްލާހުތަކެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު