Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސިއްހީ ނިޒާމު ފެއިލްވުން

ސިއްހީ ގިނަ އިހުމާލުތަކެއް، ފަރުވާ ހޯދުމަށް ރައްޔިތުން ޖެހެލުންވޭ

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ޒަމާނުއްސުރެ އިހުމާލުވެފައިވާ ކަމަށް ބުނާ ސިއްހީ ނިޒާމު އައު ހަރުފަތަކަށް ގެންދިއުމަށެވެ. ނަމަވެސް މިސަރުކާރުގައި އިތުރަށް މި ނިޒާމު ފެއިލްވެ، ބަންދު ދުވަހެއް އަތުވެއްޖެނަމަ ސިއްހީ ޚިދުމަތްތަކުގައި ބޮޑު ތަޅުއަޅުވާ ކަމަށް އާއްމުންދަނީ ބުނަމުންނެވެ. ހަމައެކަނި އޭޕްރީލް މަހުގެ ތެރޭގައި ވެސް ސިއްހީ އިހުމާލުން ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށް އެ އާއިލާތަކުން ތުހުމަތު ކޮށްފައިވާއިރު، ރާއްޖޭއިން ސިއްހީ ފަރުވާ ހޯދަން ވެސް ރައްޔިތުން މިއަދު ޖެހެލުންވެއެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 އެޕްރީލު 2025 | ހޯމަ 11:09
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިއްހީ ނިޒާމު ދަނީ ފެއިލްވަމުން

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ސިއްހީ ނިޒާމު ދަނީ ފެއިލްވަމުން

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކޮށް، ރައްޔިތުން ބޭނުންވާ ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތެއް ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އެއް އަމާޒެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވެސް ސިއްހީ ޚިދުމަތްފުޅާކޮށް، އާސަންދަ ޚިދުމަތް ވެސް ތައިލޭންޑާއި ޔޫއޭއީން ހަމަޖައްސައިދޭނެ ކަމުގެ ވައުދުފުޅާއެކު އެވެ. ނަމަވެސް މި ވައުދުފުޅު ވެސް ބިލާހަކަށް މީގެ ކުރިން އާސަންދަ ލިބުނު ބޭރުގެ ހޮސްޕިޓަލްތަކުން ވަނީ އާސަންދަ ކަނޑާލާފައެވެ.

މި ސަރުކާރު އައުމުގެ ކުރިން އެއްވެސް ތަކުލީފަކާ ނުލައި ލިބެމުންދިޔަ އާސަންދަ ޚިދުމަތް ހޯދުމަށް މިއަދު ރައްޔިތުން ވަނީ އާދޭސް ކުރަންޖެހިފައެވެ. ގިނަ ބޭސްތައް ނުލިބޭއިރު، ޑޮކްޓަރަށް ދެއްކުމަށްފަހު ބިލުގެ ބޮޑުބަޔަކަށް ފައިސާ ދައްކަންޖެހެއެވެ.

ކަންމިހެން އޮތްއިރު، ފައިސާ ދައްކައިގެން ވެސް ރަނގަޅު ފަރުވާއެއް ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. އޭޕްރީލް މަހުގެ ތެރޭގައި އެކަނި ސިއްހީ އިހުމާލުން ބައެއް ފުރާނަތައް ގެއްލި، ބައެއް މީހުން އިތުރަށް ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް ތުހުމަތުތައް ކޮށްފައިވެއެވެ.

އެގޮތުން ގެމަނަފުށީގެ ސިއްހީ މަރުކަޒުގެ އިހުމާލުން ހަތް މަހުގެ ތުއްތު ކުއްޖެއް މަރުވި މައްސަލަ ފެންމަތިވެފައިވާއިރު، ހދ. މަކުނުދޫގައި ފިހުނު ތުއްތު ކުއްޖަކަށް އިހުމާލުވެ، އެކުއްޖާގެ ހާލު ސީރިއަސްވިއެވެ. އަދި ހޯރަފުށީ ސިއްހީ މަރުކަޒުން 9 މަހުގެ ކުޑަ ކުއްޖެއްގެ ގަޔަށް 18 މަހުގައި ޖަހަން ޖެހޭ ވެކްސިން އެއް ޖަހާފައިވާއިރު، ހދ ނެއްލައިދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ތުއްތު ކުއްޖަކަށް މުއްދަތު ހަމަވެފައިވާ ހުރި އައިވީ އެއް ދިން މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މިފަދަ މައްސަލަތައް ފެންމަތިވުމާއެކު އަބަދުވެސް އެމައްސަލަތައް ބަލާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުވަތަ އެޅި ފިޔަވަޅެއް ހެލްތް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ. ހޮސްޕިޓަލްތަކުގައި ޚިދުމަތްތައް ފުޅާކުރާ ނަމުގައި ޓާޝަރީ ފެންވަރަށް ބަދަލުކޮށް ބައެއް ހޮސްޕިޓަލްތަކުގެ ނަންތައް ވެސް ބަދަލުކޮށްފައިވެއެވެ.

ނަމަވެސް ޓާޝަރީ ފެންވަރުގެ އެއްވެސް ޚިދުމަތެއް މާލެ ސަރަހައްދުގައި ސަރުކާރުގެ އެއްވެސް ހޮސްޕިޓަލަކުން ނުލިބެއެވެ. އެންމެ ގިނަ މީހުން އާބާދުވަމުންދާ ހުޅުމާލޭގައި ހުރި ހުޅުމާލޭގެ ހޮސްޕިޓަލުން ވެސް ބޮޑެތި ބަލިތަކަށް ހަދާ ޓެސްޓުތަކާއި، ސްކޭންތައް ނުހެދެއެވެ.

މީގެ އިތުރުން ސިއްހީ ޚިދުމަތްފުޅާ ކުރާކަމަށް ބުނެ، އެއާ އެމްބިއުލާންސްއާއި، ސީ އެމްބިއުލާންސް ހަމަ ޖައްސާފައިވާކަން ސަރުކާރުން ބުނެއެވެ. ނަމަވެސް ކުއްލި ހާލަތެއް މެދުވެރިވެގެން ސީ އެމްބިއުލާންސް ނުވަތަ އެއަރ އެމްބިއުލާންސްއަށް އެދުމުން އެ ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ. އަދި އަވަސް ފަރުވާ ދިނުމަށް މާލެ ގެންނަންޖެހޭއިރު، އެ ޚިދުމަތް ހަމަޖެއްސުމުގައި ވަރަށް ބޮޑަށް ލަސްވާ ކަމަށް ވެސް އާއްމު ރައްޔިތުން ބުނެއެވެ.

އެގޮތުން ފެބްރުއަރީ މަހުގެ ތެރޭގައި ގއ. ވިލިނގިލީގައި ދެމައިން މަރުވީ ވެސް ހޮސްޕިޓަލުގައި ވެސް އެއަރ އެމްބިއުލާންސްގައި ވެސް ފަރުވާ ދެވޭނެ ގޮތެއް ނެތިގެން ކަމަށް އެއާއިލާއިން ބުނެފައިވެއެވެ. އެއަރ އެމްބިއުލާންސް ހަމަޖެހުނީ ވެސް ވަރަށް ލަހުން ކަމަށް އާއިލާއިން ބުނެފައިވެއެވެ. މި މައްސަލާ ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް އެދުވަސްކޮޅު ސަރުކާރުން ބުނި ނަމަވެސް މިއަދާ ހަމައަށް ތަހުގީގު ގޮސްފައިވާ ހިސާބެއް ހާމަ ކޮށްފައިނުވެއެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ޒަމާނުއްސުރެ އިހުމާލުވެފައިވާ ކަމަށް ބުނާ ސިއްހީ ނިޒާމު އައު ހަރުފަތަކަށް ގެންދިއުމަށެވެ. ނަމަވެސް މިސަރުކާރުގައި އިތުރަށް މި ނިޒާމު ފެއިލްވެ، ބަންދު ދުވަހެއް އަތުވެއްޖެނަމަ ސިއްހީ ޚިދުމަތްތަކުގައި ބޮޑު ތަޅުއަޅުވާ ކަމަށް އާއްމުންދަނީ ބުނަމުންނެވެ. އަދި މީގެ ކުރިން ވެސް ލިބުނު ޚިދުމަތްތައް ނުލިބި، ރައްޔިތުން ބޭހަށް ސަލާން ޖަހާ ސަގާފަތް އިޔާދަވަމުންނެވެ. ހަމައެކަނި އޭޕްރީލް މަހުގެ ތެރޭގައި ވެސް ސިއްހީ އިހުމާލުން ގިނަ ހާދިސާތަކެއް ހިނގާފައިވާ ކަމަށް އެ އާއިލާތަކުން ތުހުމަތު ކޮށްފައިވާއިރު، ރާއްޖޭއިން ސިއްހީ ފަރުވާ ހޯދަން ވެސް ރައްޔިތުން މިއަދު ޖެހެލުންވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

ގިނަ އަދަދެއްގެ ބިދޭސީންގެ ރޯދަ ވީއްލުން މިސްކިތުގައި

30 މެއި 2017
އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

އިންތިހާބުގެ އިންތިޒާމުތައް ސުމެއް، ޝަކުވާތައް ގިނަ!

06 މެއި 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު