Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ދުސްތޫރީ އެއްވެސް މައްސަލައެއް ނުބެލޭގޮތަށް ސްޕްރީމް ކޯޓު އޮންނަތާ ދޮޅުމަސްވެއްޖެ: މީކާއިލް

14 އެޕްރީލު 2025 | ހޯމަ 18:12

ދުސްތޫރީ އެއްވެސް މައްސަލައެއް ނުބެލޭގޮތަށް މިވަގުތު ދިވެހިރާއްޖޭގެ އެންމެ މަތީ ފަނޑިޔާރުގެ ކަމުގައިވާ ސްޕްރީމް ކޯޓު އޮންނަތާ ދޮޅުމަސް ދުވަސް ވެއްޖެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 14 އެޕްރީލު 2025 | ހޯމަ 18:12
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙުމަދު ނަސީމް ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙުމަދު ނަސީމް ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ދުސްތޫރީ އެއްވެސް މައްސަލައެއް ނުބެލޭގޮތަށް މިވަގުތު ދިވެހިރާއްޖޭގެ އެންމެ މަތީ ފަނޑިޔާރުގެ ކަމުގައިވާ ސްޕްރީމް ކޯޓު އޮންނަތާ ދޮޅުމަސް ދުވަސް ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް ނަސީމް މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒުގެ މި ސަރުކާރުގައި ދައުލަތެއްގެ ސިފަ މިހާރު ގެއްލިގެން ގޮސްފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއް ވެސް ނުބޭއްވި މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމާއި ޖުޑިޝަރީގެ ފަނޑިޔާރުން ސަސްޕެންޑް ކޮށް، ކޯޓުގައި ތުސްތޫރީ މައްސަލަތައް ނުބެލި އެތަކެއް ދުވަސްތަކެއް ފާއިތުވެގެން ދިއުންފަދަ ކަންކަމަކީ މިކަމުގެ އަލިގަދަ ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެއެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑް ކޮށް، އެ ކޯޓުގައި މައްސަލައެއް ނުބެލި ދޮޅުމަސް ދުވަސް ވެފައިވާކަން ފާހަގަކޮށް މީކާއިލް ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ދައުލަތުގެ ބާރުތައް އަމިއްލަ ކޮށް، މުށުތެރެއަށް ލައިގެން ޚުދުމުހުތާރު ވެރިކަމެއް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ކަމަށެވެ.

މީކާއިލް ވިދާޅުވީ ރާއްޖޭގެ ސްޕްރީމް ކޯޓު ރައީސްގެ މުށުތެރެއަށް ލައްވައިގެން ބޭނުންހާ ގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވާއިރު، އުއްތަމަ ފަނޑިޔާރު ވެސް ހުންނެވީ ހަނު ކަމަށާއި މިފަދަ ކަންކަން ހިގަމުން ދާއިރުގައި އުއްތަމަ ފަނޑިޔާރު އެއްޗެއް ވިދާޅުނުވެ ހަނު ހުންނެވުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

މީކާއިލް ވިދާޅުވީ އުއްތަމަ ފަނޑިޔާރަކީ ރާއްޖޭގެ ހުރިހާ ކޯޓުތަކެއް ޝާމިލްވާ ގޮތަށް އޮތް ރާއްޖޭގެ ފަނޑިޔާރުގޭގެ އިސްވެރިޔާ ކަމަށާއި އެހެންކަމުން އެއްބާރުން އަނެއްބާރަކަށް، ވެރިކަން ކުރާ ބާރުން ފަނޑިޔާރުގެ އަށް އަރައިގަންނައިރު، އޭގެ އެންމެ އިސްވެރިޔާ ހަނުހުންނެވުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށެވެ.

މިއީ ކުރިންވެސް އަޅުގަނޑު ފާހަގަކުރަމުން އަންނަ ކަމެއް. އަދި މިއަދުވެސް މިކަން ފާހަގަކުރަމުން މި އަންނަނީ. މިއަދުވެސް އަޅުގަނޑަށް ހަމަ ޤަބޫލު ކުރެވެނީ ކުރިއަށް ލިބެން އޮންނަ ދެއްތޯ..؟ ރިޓަޔަމެންޓުގައި ކުރިއަށް ލިބެން އޮންނަ އިމްތިޔާޒުތަކާއި ލިބެން އޮންނަ ބެނެފިޓް ތަކެއްގެ އުންމީދުތަކެއްގައި މިހާރު ތިމަން މަނިކުފާނު ހަވާލުވެ ހުންނެވި އިނގޭތޯ.. މުޅި މުއައްސަސާ ފުނޑާލަމުން ދާއިރު ހަނުހުންނަވާ ކަމަށް ވާނަމަ ތިމަން މަނިކުފާނުގެ އިންޓަގްރިޓީއާއި މެދު ގައިވެސް ރައްޔިތުން ސުވާލު އުފައްދާނެ ކަމަށް އެމަނިކުފާނު ވެސް ވިސްނަން ޖެހޭ
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

މީކާއިލް ވިދާޅުވީ ސްޕްރީމް ކޯޓު އޮތީ ވައުކޮށްލާފައި ކަމަށާއި މިވަގުތު ސްޕްރީމް ކޯޓުން ތުސްތޫރީ އެއްވެސް މައްސަލައެއް ނުބެލި އޮންނަތާ ހަމަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އަދި ސްޕްރީމް ކޯޓު ވާކޮށްލީމައި ވެރިކަން ކުރާ ފަރާތްތަކަށް ދެން ވިސްނިފައި އޮންނަނީ ދެން ހުރި ދައުލަތުގެ ހުރިހާ ބާރަކީ ވެސް ހިތުހުރި ގޮތަކަށް ކުޅެލުމުގެ ފުރުސަތު ލިބިފައި ބާރުތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ޖަަލްސާއެއްހައި މިންވަރުވެސް މިހާރު ނުބޭއްވުމަކީ ވެސް މިކަމުގެ ހެއްކެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުރައްޔިތުންގެ މަޖިލިސްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމީކާއިލް އަހުމަދު ނަސީމް

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް