Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނު އިސްރާއީލް ހަނގުރާމަ

ޣައްޒާ އަކީ މީހުން މަރާ މައިދާނަކަށް ހަދައިފި - ގުޓަރޭޒް

9 އެޕްރީލު 2025 | ބުދަ 06:06

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ ޣައްޒާ އަކީ "މީހުން މެރުމުގެ މައިދާނަކަށް" ވެފައިވާ ކަމަށާއި، އިސްރާއީލުން އެހީ އަށް ހުރަސް އެޅުމާއި ފަލަސްތީނުގެ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމުގައި އިސްރާއީލުން އަދާކުރަންޖެހޭ "ދެފުށް ފެންނަ ވާޖިބުތައް" އަދާނުކުރާ ކަމަށެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 އެޕްރީލު 2025 | ބުދަ 06:06
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް

ޣައްޒާ އަކީ މީހުން މަރާ މައިދާނަކަށް ބަދަލުވެފައިވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެއެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ ޣައްޒާ އަކީ "މީހުން މެރުމުގެ މައިދާނަކަށް" ވެފައިވާ ކަމަށާއި، އިސްރާއީލުން އެހީ އަށް ހުރަސް އެޅުމާއި ފަލަސްތީނުގެ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމުގައި އިސްރާއީލުން އަދާކުރަންޖެހޭ "ދެފުށް ފެންނަ ވާޖިބުތައް" އަދާނުކުރާ ކަމަށެވެ.

ޣައްޒާއަށް އެހީ ގެނައުމެއް ނެތި މުޅި މަހަށްވުރެ ގިނަ ދުވަސް ފާއިތުވެއްޖެކަން ފާހަގަކުރައްވާ ގުޓަރޭޒް ވިދާޅުވީ ޣައްޒާގައި ކާނެ އެއްޗެއްސާއި ތެލާއި، ބޭހެއް ވެސް ނެތް ކަމަށެވެ. އަދި ކޮމާޝަލް ސަޕްލައިއެއް ނެތް އިރު، އެހީ ތައް ހުސްވާން ފަށާފައިވާއިރު، ބިރުވެރިކަމުގެ ދޮރުތައް އަނެއްކާވެސް ހުޅުވިއްޖެ ކަމަށް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގުޓަރޭޒް ވިދާޅުވި އެވެ.

ހަނގުރާމައިގައި އުޅޭ މީހުންނަށް ފަރުވާދިނުމާ ބެހޭ ޖެނީވާ މުއާހަދާތަކަށް އިޝާރާތް ކުރައްވައި، އާބާދީއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަކީ ތަނެއް ހިސޯރުކޯށްގެން އުޅޭ ބާރެއްގެ މައްޗަށް ލާޒިމްވާ ކަމެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް މިއަދު ނުހިނގާ ކަމަށާއި، ޣައްޒާއަށް އިންސާނީ އެއްވެސް ސާމާނެއް ނުވަދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގުޓެރޭޒް ވިދާޅުވީ، އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން އެހީ ފޯރުކޮށްދިނުމަށް އަލަށް ހުށަހަޅާފައިވާ "އޮތޮރައިޒޭޝަން މެކޭނިޒަމްސް" ގެ ސަބަބުން އެހީތައް ހިފަހައްޓާ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

ޣައްޒާއަށް ދޭ އެހީ ތައް ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން އިސްރާއީލުން ދާދި ފަހުން ހުށަހެޅި ހުށަހެޅުންތަކަށް އިޝާރާތް ކުރައްވާ އދ.ގެ މަސްދަރަކުން އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަމާސް ޖަމާއަތުން އެހީތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމަށް ގައްޒާއަށް އެތެރެކުރާ ކާނާގެ ކެލެރީ ވެސް މޮނިޓަރ ކުރަމުން އަންނަ ކަމަށެވެ.

އިންސާނިއްޔަތާއި އަދުލުވެރިކަމާއި މިނިވަންކަމާއި ވަކިކޮޅަކަށް ނުޖެހުން ފަދަ އިންސާނީ އުޞޫލުތަކަށް ފުރިހަމައަށް އިހުތިރާމް ނުކުރާ އެއްވެސް އިންތިޒާމެއްގައި ބައިވެރިނުވާނެ ކަމަށް ގުޓަރޭޒް ވިދާޅުވެފައިވާ އިރު، ހުއްޓުމެއް ނެތި އެހީ ވަންނާނެ ކަމުގެ ޔަގީންކަން ދިނުމަށް އޭނާ ގޮވާލެއްވި އެވެ.

ހުޅަނގު އައްސޭރީގެ ހާލަތާ މެދު ނުރައްކަލުގެ ރަނގަބީލު ގުޓެރޭޒް ވަނީ ޖައްސަވާފައެވެ. ގުޓަރޭޒް ވިދާޅުވީ މިހާރު މި އޮތް މަގު މަރުވެފައިވާ ކަމަށާއި، މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ތާރީޚަށް ބަލާއިރު ވެސް ކެތްނުކުރެވޭ ވަރުގެ މަގެއް ކަމަށެވެ.

އަދި ހިފާފައިވާ ހުޅަނގު އައްސޭރި އެހެން ޣައްޒާއަކަށް ބަދަލުވުމުގެ ނުރައްކާ އިތުރަށް ގޯސްވެގެންދާ ކަމަށް ގުޓަރޭޒް އިންޒާރު ދެއްވިއެވެ. މިއީ އިންސާނިއްޔަތާ ހިލާފު އަމަލުތައް ނިމުމަކަށް ގެނެސް، އާންމުން ހިމާޔަތްކޮށް، އަސީރުން ދޫކޮށްލުމާއި، ފުރާނަ ސަލާމަތްކޮށްދޭ އެހީތެރިކަން ކަށަވަރުކޮށް، ހަނގުރާމަ ހުއްޓާލުމުގެ ކަންކަން އައު ކުރުމަށް ގުޓަރޭޒް ވަނީ ގޮވާލައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
07 ފެބުރުއަރީ 2017

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

07 ފެބުރުއަރީ 2017
ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް