Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި މިހާރު ހިނގަމުންދަނީ ބަލައިގަންނަން ދަތި ކަންތައްތައް: ކެޝަޕް

24 އޯގަސްޓު 2017 | ބުރާސްފަތި 14:30

މަޖިލީހުގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ ބަލައިގަންނަން ދަތި ކަންތައްތަކެއް

ރުޝްދާ ރަޝީދު
ރުޝްދާ ރަޝީދު | 24 އޯގަސްޓު 2017 | ބުރާސްފަތި 14:30
އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަތުލް ކެޝަޕް

އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަތުލް ކެޝަޕް

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ ބަލައިގަންނަން ދަތި ކަންތައްތަކެއް ކަމަށް ބުނެ، އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަތުލް ކެޝަޕް ނެރުއްވާފައިވާ ބަޔާނުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement - newsAdvertisement

އެމްބެސެޑަރުގެ މެސެޖުގައި ގާނޫނާއި ގަވާއިދާއި އެއްގޮތަށް މިނިވަންކަމާއެކު ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލައްވާފައިވެއެވެ. އަދި، އެމެރިކާއިން ރާއްޖޭގެ ރައްޔިތުންނާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް ވަނީ އަރުވާފައެވެ.

'ފާއިތުވި ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި ހިނގަމުންދިޔައީ ބަލައިގަންނަން ދަތި ކަންތައްތަކެވެ. ވަކި ފަރާތަކަށް ނުޖެހޭ ގަވާއިދުތަކެއްގެ ބާރު ހިނގާ، މިނިވަން އިންސާފުވެރި މަޖިލިހެއް އޮތުމަކީ ދުޅަހެޔޮ ޑިމޮކްރަސީއެއް ހިންގުމަށް ކޮންމެހެން މުހިއްމު ކަމެވެ. ދިވެހިރާއްޖޭގެ ގާނޫނާއި މަޖިލިސްގެ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން، މިނިވަންކަމާއެކު މަޖިލިސްގެ މަސައްކަތް ކުރެވުން ކަށަވަރުކުރަން ދިވެހިރާއްޖޭގެ ސަރުކާރަށް ގޮވާާލަމެވެ. އެމެރިކާއިން ކުރިއަށް އޮތްތާގައި ވެސް ދިވެހި ރައްޔިތުންނާއެކު ދެމިތިބޭނަމެވެ. ޑިމޮކްރަސީއަށް ދިވެހިންގެ މެދުގަައި އޮތް ލޯތްބަށް ތަރުހީބުދެމެވެ. ދިވެހިރާއްޖޭގައި ސުލްހަވެރި، ފާގަތި، އަމާން، މެދުމިނުގެ ޑިމޮކްރެޓިކް މުސްތަގްބަލެއް ގާއިމް ކުރުމަށް ދިވެހިންގެ މެދުގައި އޮތް ތަސައްވުރަށް ތާއީދުކުރަމެވެ،' ބަޔާނުގައިވެ އެވެ.

ކެޝަޕް ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ ސިޔާސީ މަޝްރަހާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވި ދަނޑިވަޅުގައި ގަދަކަމުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް އަމުރު ކުރުމުން، ކެޝަޕް ވަނީ 'ރިއަލީ؟' މިފަދައިން ޓްވީޓް ކުރައްވާފައެވެ. އަދި، ރާއްޖޭގައި ހީނަރުވަމުންދާ ހައްގުތަކާއި، މަޖިލިސް މެންބަރުންނަށް ކުރިމަތި ކުރުވަމުން އަންނަ ދަތިކާއި މެދުވެސް ކެޝަޕް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2017

މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ

17 ފެބުރުއަރީ 2017
މިހާރު 9 އަހަރުގައި ސިނގިރެޓް ބޯން ފަށާ:އެޗްޕީއޭ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
06 ފެބުރުއަރީ 2017

އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން

06 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށް ޤަބޫލުކުރަން ދަތި: ރައީސް މައުމޫން
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް