Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލީ އުމަރު

އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އަލީ އުމަރު

30 އެޕްރީލު 2019 | އަންގާރަ 11:11

މަގާމާއި ރަސްމީކޮށް ހަވާލުވެ ވަޑައިގެންނެވީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު

މިއުނާ ހަސަން
މިއުނާ ހަސަން | 30 އެޕްރީލު 2019 | އަންގާރަ 11:11
އަލީ އުމަރު

އަލީ އުމަރު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމްގެ) ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިއާ އަލީ އުމަރު ހަމަޖައްސައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ އުމަރު ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ރަސްމީކޮށް ހަވާލުވެ ވަޑައިގެންނެވީ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ.

އަލީ އުމަރު ސްޕޯރޓްސް ކޮމިޝަނަރުގެ މަގާމުން ކުއްލިގޮތަކަށް މާރޗް މަހުގެ 13 ވަނަ ދުވަހު ވަކިކޮށްފައި ވާއިރު، އެބޭފުޅާ ވިދާޅުވީ ސްޕޯރޓްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު ކޮށްދެވުނު މަސައްކަތްތަކާއިމެދު ކުޅިވަރު އެސޯސިއޭޝަންތަކުން ހިތްހަމަޖެހޭ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އެ މަގާމުން ވަކިކުރެއްވި ކުރެއްވުމަކީ ސަރުކާރުގެ ނިންމުމެއް ކަމުން އެކަމަށް އިހުތިރާމް ކުރާ ކަމަށެވެ.

އަލީ އުމަރު ވިދާޅުވީ ސަރުކާރާއި އޭއެފްސީ އަދި ފީފާގެ އެހީތެރިކަމާއެކު ދިވެހި ފުޓުބޯޅަ އެހެން ލެވެލްއަކަށް ގެންދެވިދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި، އަށް ޒޯނަކަށް ބަހާލައިގެން ފުޓުބޯޅަ އެކަޑަމީ ހަދައި އެފްއޭއެމްއިން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ފުޓުބޯޅަ ކުރިއެރުވުމަށް ކުރަމުން ގެންދާ ކަމަށެވެ. އަދި އިދާރީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އެބޭފުޅާ ވިދާޅުވިއެވެ.

އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި އަލީ އުމަރު ހަވާލުވެ ވަޑައިގެންނެވިއިރު އެ ބޭފުޅާ ވަނީ މީގެ ކުރިން އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ހަވާލުވެ ނޭޕާލުގެ ކަތުމަންޑޫގައި ކުރިއަށް ދިޔަ ސާފްގެ 2019 ވަނަ އަހަރުގެ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވެޑައިގެންފަ އެވެ. އޭގެ އިތުރުން ވެސް މި ފަހަރުގެ ސާފްގެ އެކްޒެކްޓިވް މެމްބަރުންގެ ބައްދަލުވުމުގައި ވެސް ބައިވެރިވެ ވަޑައިގަތެެވެ. ސާފްގެ އެގްޒެކެޓިވް ކޮމިޓީގައި އެފްއޭއެމްގެ ފަރާތުން މީގެ ކުރިން ވެސް އެ ބޭފުޅާ ވަނީ ރާއްޖެ ތަމްސީލުކޮށްފަ އެވެ.

1999 ވަނަ އަހަރު ފުޓުބޯޅަ ކުޅެންފަށައި ޤައުމީ ޓީމަށް 14 އަހަރު ކުޅެދީ، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަލީ އުމަރު 2013 ވަނަ އަހަރަށް ފަހު ފުޓްބޯޅަ ކެރިއަރު ނިންމަވާލެއްވުމަށް ފަހު އިދާރީ ގޮތުން ކުޅިވަރުގެ އެކިއެކި މަސައްކަތްތައް ކޮށްދެއްވައެވެ. އެގޮތުން ފީފާ އިން އެފްއޭއެމް ހިންގަން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހަވާލުކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި އަލީ އުމަރު ހުންނެވިއެވެ. އޭގެ އިތުރުން ވެސް އެފްއޭއެމްގެ ރައީސްގެ މަގާމް އަހުމަދު ތޯރިގް (ޓޮމް) ހުންނެވިއިރު ނައިބް ރައީސްގެ މަގާމް އަލީ އުމަރު އަދާ ކުރެއްވި އެވެ. އަދި މިހާރުގެ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގައި 2018 ވަނަ އަހަރު އެބޭފުޅާ ހުންނެވިއެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
09 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި

09 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި
03 އެޕްރީލު 2017

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި

03 އެޕްރީލު 2017
އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަށް ތުރުކީގެ ޖޭން ވަންލީ ހަމަޖައްސައިފި
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް