Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫރިޔާގެ އިންތިގާލީ ސަރުކާރު

ސޫރިޔާގެ ރައީސް އަލް-ޝަރާ އައު އިންތިޤާލީ ސަރުކާރެއް އުފައްދަވައިފި

30 މާރިޗު 2025 | އާދީއްތަ 06:10

ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާ އައު އިންތިޤާލީ ސަރުކާރުގެ ފުޅާ ކެބިނެޓަކަށް 23 ވަޒީރުން ޢައްޔަން ކުރެއްވިއެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 މާރިޗު 2025 | އާދީއްތަ 06:10
ސީރިއާގެ ރައީސް އަހްމަދު އަލް ޝަރާ މިމަހުގެ 10 ވަނަ ދުވަހު ދިމިޝްގުގެ ރިޔާސީ ގަނޑުވަރުގައި ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ބައިވެރިވެވަޑައިގަންނަވަނީ - 10 މާޗް 2025

ސީރިއާގެ ރައީސް އަހްމަދު އަލް ޝަރާ މިމަހުގެ 10 ވަނަ ދުވަހު ދިމިޝްގުގެ ރިޔާސީ ގަނޑުވަރުގައި ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ބައިވެރިވެވަޑައިގަންނަވަނީ - 10 މާޗް 2025

ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާ އައު އިންތިޤާލީ ސަރުކާރެއް އިޢުލާނުކުރައްވައިފިއެވެ.

ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާ އައު އިންތިޤާލީ ސަރުކާރުގެ ފުޅާ ކެބިނެޓަކަށް 23 ވަޒީރުން ޢައްޔަން ކުރެއްވިއެވެ.

ސޫރިޔާގެ އައު ކަމާބެހޭ ފަރާތްތަކަށް ހުޅަނގާއި އަރަބި ގައުމުތަކުގެ ޕްރެޝަރު ބޮޑުވެފައި ވަނީ އެ ގައުމުގެ ތަފާތު ނަސްލުތަކާއި ދީނީ މުޖުތަމައުތައް ހިމެނޭ ގޮތަށް ސަރުކާރެއް އެކުލަވާލުމަށެވެ.

އެ ޕްރެޝަރު ބޮޑުވީ ސީރިއާގެ ހުޅަނގު އައްސޭރިފަށުގައި މި މަހު ހިނގި ހަމަނުޖެހުންތަކުގައި އަލަވީގެ އެތައް ސަތޭކަ އާންމުން މަރާލުމާ ގުޅިގެންނެވެ.

ކެބިނެޓްގައި ޓްރާންސްޕޯޓް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި އަލަވީ ބޭފުޅެއް ކަމަށްވާ ޔަރޫބް ބަދުރު ހިމެނިވަޑައިގަންނަވާއިރު، އެގްރިކަލްޗާ މިނިސްޓްރީގެ އިސްވެރިޔަކަށް ހުންނާނީ ޑްރޫޒް ކޮމިއުނިޓީއަށް ނިސްބަތްވާ އަމްގަދު ބަދުރު އެވެ.

ކްރިސްޓިއަން އަންހެނެއް ކަމަށްވާ އަދި އިންޓަފެއިތު ޓޮލަރެންސް އާއި އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރެއްވި އަސަދާ އިދިކޮޅަށް ކުރިން ދެކޮޅު ހެއްދެވި ހިންދު ކަބާވަތު ވަނީ ސޯޝަލް އެފެއާޒް އެންޑް ލޭބާ މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފަ އެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މުހައްމަދު ޔޯސްރު ބާނިއްޔާ އެވެ.

އޭގެ ތެރޭގައި މިދިޔަ ޑިސެމްބަރު މަހު ހަނގުރާމަވެރިންގެ ބަޑީގެ ހަމަލާއެއްގައި އަލް އަސަދުގެ ވެރިކަން ވައްޓާލި ފަހުން ސީރިއާގައި ވެރިކަން ކުރަމުން އައި ކުރީގެ ކެއާޓޭކަރު ކެބިނެޓުގައި ކުރިން ވެސް ޑިފެންސް އަދި ހާރިޖީ ވަޒީރުކަން ކުރައްވަމުން ގެންދަވާ މުރުހަފް އަބޫ ކަސްރާ އާއި އަސްއަދު އަލް ޝިބާނީ ތިއްބެވި އެވެ.

މީގެ އިތުރުން އަލްޝާރާ ވިދާޅުވީ ފުރަތަމަ ފަހަރަށް ކުޅިވަރާ ބެހޭ ވުޒާރާއަކާއި އިމަޖެންސީ ހާލަތްތަކަށް ހާއްސަ ވުޒާރާއެއް އުފައްދަވާ، ވައިޓް ހެލްމެޓްސް ނަމަކަށް ކިޔާ ރެސްކިއު ގްރޫޕެއްގެ ވެރިޔާ ރާއިދު އަލް ސާލިހް އިމަޖެންސީ މިނިސްޓަރުގެ މަގާމަށް ހަމަޖެއްސެވި ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަލް ޝަރާ އިންތިގާލީ ރައީސަކަށް ހަމަޖެއްސެވި އިރު، ސީރިއާގެ ހަލާކުވެފައިވާ ދައުލަތުގެ މުއައްސަސާތައް ބިނާކޮށް، އިންތިހާބާ ހަމައަށް ގައުމު ހިންގޭނެ އިންތިގާލީ ސަރުކާރެއް އެކުލަވައިލާނެ ކަމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ސަރުކާރުގެ ބޮޑުވަޒީރަކު ނުހުންނާނެ ކަމަށާއި އެގްޒެކެޓިވް ބްރާންޗުގެ އެންމެ އިސްކޮށް ހުންނަވާނީ އަލް ޝަރާ ކަމަށް ބެލެވެ އެވެ.

މިމަހުގެ ކުރީކޮޅު ސޫރިޔާއިން ވަނީ އަލްޝަރާ އިސްވެ ހުންނަވައިގެން އިންތިޤާލީ މުއްދަތުގެ ބިންގަލެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ދުސްތޫރީ އިއުލާނެއް ނެރެފައެވެ. އެ އިއުލާނުގައި އިސްލާމީ ޝަރީޢަތުގެ މައިގަނޑު ދައުރެއް ހިފަހައްޓައި، އަންހެނުންގެ ޙައްޤުތަކާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް