Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތެލަސީމިއާ ޕޭޝަންޓުންގެ އިހުތިޖާޖު

ފިލްޓަރތަކުގެ މައްސަލަ ދިމާވެ، ލޭ އަޅާ މީހުންގެ ލޭތައް އުކާލަންޖެހޭ މައްސަލަ ބޮޑުވެ، އިހުތިޖާޖު ކޮށްފި

22 މާރިޗު 2025 | ހޮނިހިރު 19:32

ގިނަ ބަޔަކު އެއްވެ، މި އިހުތިޖާޖު ކޮށްފައި ވަނީ މޯލްޑިވްސް ބްލަޑް ސާވިސް އިމާރާތުގެ އެތެރޭގައި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 22 މާރިޗު 2025 | ހޮނިހިރު 19:32
މޯލްޑިވްސް ބްލަޑް ސަރވިސްއަށް ލިބިފައިހުރި ފިލްޓަރތަކުގެ މައްސަލައިގައި ކުރި އިހުތިޖާޖުގެ ތެރެއިން

މޯލްޑިވްސް ބްލަޑް ސަރވިސްއަށް ލިބިފައިހުރި ފިލްޓަރތަކުގެ މައްސަލައިގައި ކުރި އިހުތިޖާޖުގެ ތެރެއިން

މޯލްޑިވްސް ބްލަޑް ސަރވިސްއަށް ލިބިފައިހުރި ފިލްޓަރތަކުގެ މައްސަލަ ދިމާވެ، ލޭ އަޅާ މީހުންގެ ލޭތައް އުކާލަން ޖެހޭ މައްސަލަ ބޮޑުވެ، އެކަމާއި ދެކޮލަށް ގިނަ ބަޔަކު އެއްވެ އިހުތިޖާޖު ކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ގިނަ ބަޔަކު އެއްވެ، މި އިހުތިޖާޖު ކޮށްފައި ވަނީ މޯލްޑިވްސް ބްލަޑް ސާވިސް އިމާރާތުގެ އެތެރޭގަ އެވެ.

Advertisement - newsAdvertisement

މި އިހުތިޖާޖު ކުރުމުގެ ކުރިން ވެސް މިމައްސަލަ ބޮޑުވުމާއި ގުޅިގެން ލޭއަޅާ ބައެއް ފަރާތްތަކާއި އެމީހުންގެ އާއިލާތަކުގެ ކަންބޮޑުވުންތައް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

މި މައްސަލަ ދިމާވަމުންދާތާ ދުވަސްކޮޅެއް ވެފައިވާކަން ފާހަގަކޮށް ބައެއް ޕޭޝަންޓުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ ލޭގެ ޕެކުގައި ގިނަ އަދަދަކަށް ލޭ ބާކީ ވެފައި ހުންނަ ކަމަށާއި، ބައެއް ޕެކްތައް ގޯސްވުމުގެ ސަބަބުން އެހެން ފިލްޓަރެއް ބަދަލުކުރަން ޖެހި އިސްރާފު ބޮޑުވާ ކަމަށެވެ. އަދި ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށާއި، މި މައްސަލައަށް އަވަސް ދާއިމީ ހައްލެއް ހޯދައިދިނުމަށް ލޭ އަޅާ ޕޭޝަންޓުން ގޮވާލާފައިވެ އެވެ.

މި އިހުތިޖާޖުގައި ބައިވެރިން ގޮވާލަމުން ދިއައީ މޯލްޑިވްސް ބްލަޑް ސާވިސް ގެ މަޤާމު ތަކާއި ހަވާލުވެގެން ތިއްބެވީ ވަރަށް ނާޤާބިލު ވެރިންކަމަށާއި ހަވާލުވެވަޑައިގެން ތިއްބެވި މަޤާމުތަކުގެ ޒިންމާ އަދާ ނުކުރެވޭ ނަމަ އެ ހުރިހާ ފަރާތްތަށް ވަގުތުން ވަގުތަށް އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.

ހަވާލުވި މަޤާމުގެ ޒިންމާ އަދާ ނުކުރެވޭ ނަމަ މިހާރުން މިހާރަށް އިސްތިއުފާ ދީ
މުޒާހަރާގެ ބައިވެރިން

އިހުތިޖާޖުގެ ބައިވެރިން އަޑު އުފުލަމުން ގެންދިއައީ ގިނަ ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. އެގޮތުން އެ ބޯޑުތަކުގައި ލިޔެވައިވާ ޝުއޫރުތަކަށް ބަލާއިރު:

ނުކުރާށޭ ކިޔަކިޔަ ތިއްބައި ބޭހުގެ ހުރިހާ ކަމެއް، އެސްޓީއޯ އާއި ހަވާލުކޮށްފައި އެމްބީއެސް އެތިބީ އަތް އުރާލައިގެން. ސަރުކާރު ބަންދު ނަމަ ލޭ އެޅުންވެސް ބަންދު. ފައިސަލް އިބުރާހީމް އިސްތިއުފާ. ނާޤާބިލް ވެރިން އިސްތިއުފާ. 2013 ވަނަ އަހަރުވެސް ލޭ ޕެކެޓުތައް އުނިކޮށްފަ، އުކާލީ ވެސް ހަމަ ތި ނާޤާބިލް ފައިސަލް. ރަށްރަށުގައި އަދި މާ ހާލު ދެރަ. ބޭސް ލިބުމުގެ ދަތިކަމާއި ކުރިމަތިލާން ނުޖެހޭ ދުވަހެއް ނުދޭ. ކޮންމެ ރެއަކު 4 ނޫނީ 5 ލޭ ޕެކެޓު އުކާލަން މި ޖެހެނީ. ތެލަސީމިއާ ސްޕެޝަލިސްޓެއް މިއަދާއި ހަމައަށް ވެސް ގެނެވިފައެއް ނުވޭ، 40 އަހަރުން މަތީގެ ތެލަސީމިއާ މީހުންނަށް ވެސް ފަރުވާ ކުރަން ހުރީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް.
އިހުތިޖާޖުގެ ބައިވެރިން ގެ ބޯޑުތަކުގައި ލިޔެފައިވާ ޝުއުޢޫރުތައް

މީގެ އިތުރުން ވެސް އިހުތިޖާޖުގެ ބައިވެރިން އެއް އަޑަކަށް ގޮވާލަމުން ގެންދިޔައީ ނާޤާބިލު ވެރިން ވަގުތުން އިސްތިއުފާ ދިނުމަށެވެ. އަދި އެ މީހުންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައި ދިނުމަށެވެ.

މޯލްޑިވްސް ބްލަޑް ސަރވިސްއަށް ލިބިފައިހުރި ފިލްޓަރތަކުގެ މައްސަލަ ދިމާވެ، ލޭ އަޅާ މީހުންގެ ލޭތައް އުކާލަން ޖެހޭ މައްސަލަ ބޮޑުވެ، އިހުތިޖާޖު ކުރި އިރު، މި މައްސަލަ ދިމާވި ޕޭޝަންޓެއް ބުނެފައިވަނީ ދެހަފްތާ މަސައްކަތް ކޮށްގެން ހޯދާ ލޭ އުކާލަން ޖެހިފައިވާ ކަމަށާއި، ބްލަޑް ސަރވިސްއަށް ލިބިފައި ހުރި ފިލްޓަރތަކުގައި މައްސަލަ އުޅޭ ކަމަށެވެ. އަދި މައްސަލަ އުޅޭކަން އެނގޭއިރު ވެސް މެނޭޖްމަންޓުން ތިބީ ބީރު ކަންފަތެއް ދީގެން ކަމަށެވެ. އެނގިގެން އެއްރޭ 5 ޕޭޝަންޓެއްގެ ފިލްޓަރ މައްސަލަ ޖެހުނު ކަމަށް ބުނެފައިވެ އެވެ.

ކަންބޮޑުވުންފާޅު ކުރި އިތުރު ލޭ އަޅާ ޕޭޝަންޓެއް ބުނީ އެވްރެޖްކޮށް ރޯދަމަހު ކޮންމެ ރެއަކު 4 އާއި 5 އާއި ދެމެދުގެ އަދަދަކަށް ލޭ ޕެކް، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، އުކާލާފައި ވަނީ ފެންވަރު ދަށް ފިލްޓަރުތަކެއް ހުރުމުން ކަމަށެވެ. މިކަމުގެ ސަބަބުން ޚިދުމަތުގެ ފެންވަރަށް އަސަރުކުރުމުގެ އިތުރުން މި މުއްދަތުގައި ލޭ ހަދިޔާކުރާ މީހުން ހޯދުމުގެ ގޮންޖެހުން އިތުރުވެގެންދާ ކަމަށެވެ.

ބަލިމީހުންނަށް އިތުރު ޑޯނަރުން ހޯދައި ގިނައިން ޓްރާންސްފިއުޝަން ދޭން ޖެހިފައިވާއިރު، ހީމޯގްލޯބިންގެ މިންވަރު އިތުރުވެ، އޭގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ކަމަށް ވެސް ބައެއް ޕޭޝަންޓުން ބުނެފައިވެ އެވެ.

މީގެ އިތުރުން ލޭ ލިބެނީ ވަރަށް މަސައްކަތުން ކަމަށާއި، އިހުމާލުން ދިމާވާ މައްސަލައަކާ ގުޅިގެން ލޭ އުކާލަން ޖެހުމަކީ ވަރަށް ބޮޑު ދެރަ ކަމެއް ކަމަށް ޕޭޝަންޓުން ބުނެފައިވެއެވެ. އަދި ނަރުހުންނަށް ވެސް އަބަދު ފިލްޓަރ ބަދަލުކޮށް ނުވަތަ ފިލްޓަރއަށް މައްސަލަ ދިމާވެތޯ ބަލަން ނުތިބެވޭނެ ކަމަށް އެމީހުން ބުނެފައިވެ އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް