Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މުއިއްޒުގެ ރާއްޖޭގައި, ޑެފިސިޓް އެއްޗަކީ ޑިމޮކްރަސީ

މީގެ އިތުރުން ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ތިން ބާރު އެއްކޮށް ވެރިކަމުގެ ނިޒާމު ފުނޑާލާ ސުޕްރީމް ކޯޓުވެސް އެމަނިކުފާނުގެ އަތްދަށަށް ގެންނަން މަސައްކަތް ކުރާކަން ސަސްޕެންޑްކުރި ފަނޑިޔާރުންގެ ވާހަކައިން ހާމަވެގެންދޭ. މި ސަރުކާރުގައި މަދީ އެންމެ އެއްޗެއް. އެއީ ޑިމޮކްރަސީ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 މާރިޗު 2025 | ހުކުރު 08:55
ރައީސް މުއިއްޒު ވަނީ ތިން ބާރު މަސްހުނިކޮށް ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ދިއުމަށް މިސްރާބު ޖަހާފައި

ރައީސް މުއިއްޒު ވަނީ ތިން ބާރު މަސްހުނިކޮށް ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ދިއުމަށް މިސްރާބު ޖަހާފައި

ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުޢިއްޒު އިއުލާންކުރެއްވި ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް ދެމި އޮންނާނެ ކަމުގެ ޔަގީންކަމުގެ ވާހަކައަކީ އެއްގޮތަކުން އެދުވަހު ދެއްކެވި ޖޯކު ވާހަކައެއް ކަމަށް ހީވިޔަސް އެއީ ސީރިއަސް ވާހަކައެކެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 މެމްބަރުންގެ ސުޕަރމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަކީ ވެރިކަން ކުރާ ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އަވަސް އަރުވާލައިގެން ފަނޑީޔާރުންގެ ގާނޫނަށް ބަދަލު ގެނެސް ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް ދަށްކުރުމަށް ނިންމި އެވެ. އަދި "މިނިވަން" ކަމަށް ދައުވާ ކުރާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން، ސުޕްރީމް ކޯޓު ޕެރަލައިޒް ކޮށްލުމަކީ ވެސް އާދައިގެ ކުޑަކަމެއްވެސް ނޫނެވެ.

ސުޕްރީމް ކޯޓުގެ ބެންޗާއި ކުޅެން މި ސަރުކަރުން ގާނޫނަށް ގެނައި އިސްލާހުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލުމުން ޑިމޮކްރަސީއަށް އުއްމީދެއް އެބައޮތެވެ. ނަމަވެސް އެފަދަ ކަމެއް މަޖިލީހަށް ހުށަހެޅި އިރު، ބަންޑާރަ ނައިބު އަހްމަދު އުޝާމް ގެ ލަފަޔާއި އިރުޝާނު ނުހޯދާތޯ މިއީ ވެސް ސުވާލު އުފެދޭ ކަމެކެވެ.

މިއާއެކު ރައީސް މުއިއްޒުއަށް ބޭނުންފުޅުވާ ލަފައާއި އިރުޝާދު ނުލިބި ދިއުމާއި، ވަކިން ހާއްސަކޮށް ސިޠާސީ އިގްތިާސީ އަދި ގާނޫނީގޮތުން ލަފާ ނުލިބުން މިއީ ކޮން މިސްރާބެއް ނެތި އެމަނިކުފާނުގެ އޮޑި ދަތުުކުރުމެވެ.

ގާނޫނު ހަދާ މަޖިލީހަށް ފަނޑިޔާރުން މަދުކުރާ ބިލް ޕައިލެޓް ކުރަން ވެރިކަން ކުރާ ޕާޓީގެ މެމްބަރަކު ހުށަހެޅުއްވި އެއްވެސް ހުށަހެޅުމެއް ފާސްކުރުމުގެ ކުރިން އެމެރިކާ އާއި އެހެން ގައުމުތަކުގައި ވެސް ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބަންޑާރަ ނައިބުގެ ލަފާ ރައީސް ނުހޯއްދެވީ ކީއްވެތޯ މިއީ އުފެދޭ ބޮޑު ސުވާލެވެ.

އޭގެ ފަހުން ސޯޝަލް މީޑިއާގެ ބައެއް އެކްޓިވިސްޓުން ބުނަމުން ދަނީ ސިޔާސީ، އިގްތިސާދީ އަދި މިހާރު ދުސްތޫރީ ގިނަ ކަންކަމުގައި ރައީސަށް އެކަށީގެންވާ ކަހަލަ މައުލޫމާތާއި ލަފާ ނުލިބޭ ކަމަށެވެ. ދިފާއީ އަދި ސަލާމަތީ ކަންކަމާ ބެހޭ ގޮތުން ވެސް އެބޭފުޅުންނަށް އެހާ ޔަގީންކަމެއް ނެތް ކަމަށެވެ.

މީގެ އިތުރުން ޕީއެންސީގެ ގިނަ މެމްބަރުން ވަނީ އެ ބޭފުޅުންގެ ގްރޫޕް ބައްދަލުވުމުގައި އެންމެ ފުރަތަމަ ފަނޑީޔާރުން މަދު ކުރުމުގެ ބިލުގެ ރޫހާއި ކޮންޓެންޓާއި ވަގުތާ ދެކޮޅު ހައްދަވާފައެވެ. އޭގެ ފަހުން ސަރުކާރު ހިންގާ ޕާޓީގެ 10 މެމްބަރަކު ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި ބޮއިކޮޓް ކޮށްފަ އެވެ. އެންމެ ފަހު ވޯޓުގައި ވެސް އެކަށީގެންވާ ބަހުސަކާ ނުލައި ފާސްވި އިރު، ޕީއެންސީގެ މެންބަރު އަޒާން ފާޅުގައި އެ ބިލާއި ދެކޮޅު ހެއްދެވި އެވެ.

މިއާއެކު އަޒާންގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު "241 ކޮމިޓީ ނުވަތަ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ" އަށް މުހައްމަދު އިސްމާއިލް ވަގުތުން އައްޔަން ކުރެވުނެވެ.

މުއިއްޒު ވެރިކަމުގެ ފުރަތަމަ އަހަރު ހޭދަކުރެއްވީ އިޤްތިޞާދީ ރިކަވަރީއަށް އިސްކަންދެއްވައި، ޗައިނާއާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އިންޑިއާއާ ދޭތެރޭ ދުރުމިނެއް ބާއްވަވައިގެން ކުރިއަށް ވަޑައިގަތް ނަމަވެސް، 2024 ގެ ނޮވެމްބަރުގައި އެ ގުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުވި އެވެ. ނަމަވެސް އެއީ ހަމަހަމަ ގުޅުމަކަށް ނުވިއެވެ. އިޤްތިޞާދު އާރާސްތުވަމުން ދިޔަ ނަމަވެސް، އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ.

އެ ދުވަސްވަރު އެތެރޭގެ ސިޔާސީ މަޝްރަހަށް ވެސް ރައީސް އަހައްމިއްޔަތުކަން ދެއްވައި، ސިޔާސީ ޕާޓީން މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނެންވެިއެވެ. އިދިކޮޅު މައި ސިޔާސީ ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން މި ބިލު ދެކުނީ ޑިމޮކްރަސީއާ ފުށުއަރާ އެއްޗެއްގެ ގޮތުގައެވެ. އެކަމާ ގުޅިގެން ފެށުނު މުޒާހަރާތަކުގައި ފުލުހުންގެ އަނިޔާވެރި ޢަމަލުތަކެއް ހިނގައި، ހިއުމަން ރައިޓްސް ކޮމިޝަނުން ސުލްހަވެރި އެއްވެއުޅުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ގޮވާލިއެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލު އަލުން މުރާޖަޢާކުރުމަށް އެންގުމުން، މުއިއްޒުގެ ފާޑުކިޔުންތެރިން އެކަމުގެ ކްރެޑިޓް އެމަނިކުފާނަށް ނުދިނެވެ. އޭގެ ބަދަލުގައި އެއީ ހަތް ފަނޑިޔާރުންގެ ބެންޗު "ޕެކް" ކުރުމަށް ރޭވި ރޭވުމެއްގެ ގޮތުގައި ދެކުނެވެ. ސަސްޕެންޑް ކުރެވުނު ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު އިސްތިއުފާ ދީފައިވާ އިރު، ސަރުކާރު ން ސުޕްރީމް ކޯޓަށް އަތްބާނާ ނުފޫޒު ފޯރުވުމަށް ކުރަމުންދާ މަސައްކަތް އެ ފަނޑިޔާރު ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތަށް ތިން ބާރު އެއްކޮށް ވެރިކަމުގެ ނިޒާމު ފުނޑާލާ ސުޕްރީމް ކޯޓުވެސް އެމަނިކުފާނުގެ އަތްދަށަށް ގެންނަން މަސައްކަތް ކުރާކަން ސަސްޕެންޑްކުރި ފަނޑިޔާރުންގެ ވާހަކައިން ހާމަވެގެން ދެއެވެ. މި ސަރުކާރުގައި މަދީ އެންމެ އެއްޗެކެވެ. އެއީ ޑިމޮކްރަސީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުކުޅަސް ޓެކް ފެއަރ ފުރަތަމަ ފަހަރަށް ރާއްޖޭގައި

އުކުޅަސް ޓެކް ފެއަރ ފުރަތަމަ ފަހަރަށް ރާއްޖޭގައި

17 ޖުލައި 2019
ކުޅިވަރުގެ އުމްރާނީ ތަރައްގީއަށްޓަކައި، އައިއޯއައިޖީ ގޭމްސް ރާއްޖޭގައި ބާއްވަން ޖެހޭ

ކުޅިވަރުގެ އުމްރާނީ ތަރައްގީއަށްޓަކައި، އައިއޯއައިޖީ ގޭމްސް ރާއްޖޭގައި ބާއްވަން ޖެހޭ

11 ޖުލައި 2019
ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!

ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!

19 ޖެނުއަރީ 2019
ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

17 ޖެނުއަރީ 2019
ޑިމޮކްރަސީގައި އޮންނަނީ ލީޑަރުގެ ބާރެއް ނޫން، ރައްޔިތުންގެ ބާރު

ޑިމޮކްރަސީގައި އޮންނަނީ ލީޑަރުގެ ބާރެއް ނޫން، ރައްޔިތުންގެ ބާރު

13 ޖޫން 2018

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު