Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް

އިތުބާރު ނެތް ކަމަށް ވިދާޅުވެ، ޝިން ބެޓްގެ އިސްވެރިޔާ ވަކި ކުރުމަށް ނަތަންޔާހޫ ނިންމަވައިފި

ނަތަންޔާހޫ ވިދާޅުވީ، ދިގު މުއްދަތެއް ވަންދެން ބާރުގެ މައްޗަށް އިތުބާރު ގެއްލިފައިވާ ކަމަށާއި، ޚާއްޞަކޮށް ހަނގުރާމައިގެ ދަނޑިވަޅެއްގައި ސަލާމަތީ އިދާރާގެ އިސްވެރިޔާގެ މައްޗަށް އިތުބާރު އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މާރިޗު 2025 | ހޯމަ 08:10
އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ, އޭނާ ވިދާޅުވީ ޝިން ބެޓްގެ އިސްވެރިޔާ ވަކި ކުރަން މި ހަފުތާގައި ހުށަހަޅުއްވާނެ ކަމަށް

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ, އޭނާ ވިދާޅުވީ ޝިން ބެޓްގެ އިސްވެރިޔާ ވަކި ކުރަން މި ހަފުތާގައި ހުށަހަޅުއްވާނެ ކަމަށް

އިސްރާއީލްގެ އެތެރޭގެ ސަލާމަތީ އިދާރާ، ޝިން ބެޓްގެ އިސްވެރިޔާ ރޯނެން ބާރް ވަޒީފާ އިން ވަކި ކުރަން ހުށަހަޅުއްވާނެ ކަމަށް، އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ ދެއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވީ، ރޯނެން ބާރް ވަޒީފާ އިން ވަކި ކުރުމަށް މި ހަފުތާގެ ތެރޭގައި ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށެވެ. 

ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ، ދިގު މުއްދަތެއް ވަންދެން ބާރުގެ މައްޗަށް އިތުބާރު ގެއްލިފައިވާ ކަމަށެވެ. ޚާއްޞަކޮށް ހަނގުރާމައިގެ ދަނޑިވަޅެއްގައި ސަލާމަތީ އިދާރާގެ އިސްވެރިޔާގެ މައްޗަށް އިތުބާރު އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ނިންމެވުމާ މެދު ޝިން ބެޓް އަދި އެ ބާރުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.

ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ނަތަންޔާހޫ އާއި ބާރުގެ ގުޅުން ދަށްވެފައިވާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން އޭރު ދިޔައީ ރިޕޯޓު ކުރަމުންނެވެ.

ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާއަކާ ގުޅިގެންނެވެ.

އެއީ އިސްރާއީލްގެ ތާރީޚު ގައި ބޮޑު ސަލާމަތީ ފޭލިއަރެއްގެ ގޮތުގައި ބެލެވުނު ޙަމަލާއެކެވެ. އެ ޙަމަލާގައި 1,200 މީހުން މަރުވެ، 251 މީހުން ރަހީނުންގެ ގޮތުގައި ޣައްޒާ އަށް ގެންދެވުނެވެ.

ޝިން ބެޓް މިހާރު ދަނީ، ބޮޑުވަޒީރުގެ އޮފީހުގެ މުވައްޒަފުންނާއި، ހަމާސް އާއި އިސްރާއީލްއާ ދެމެދު މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޤަތަރާ ދެމެދު ގުޅުމެއް އޮތްތޯ ބަލަމުންނެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

އޮރުދޮޣާން އަށް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

18 އެޕްރީލު 2017
އޮރުދޮޣާން އަށް ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ
01 އެޕްރީލު 2017

ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި

01 އެޕްރީލު 2017
ޗައިނާގެ ޝިންޖިއާންގައި މުސްލިމުންގެ ތުނބުޅިދިގުކުރުމާއި މޫނު ބުރުގާ މަނާކޮށްފި
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
14 މާރިޗު 2017

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު