Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޮޅުހިޔާ އަށް ބުޅާތައް ނުގެންދިއުން

ކައުންސިލް އަތުން އޮޅުހިޔާ ނެގުމަށްފަހު، މާލެސިޓީގައި އުޅޭ ބުޅާތައް މަރުވެ، މަގުތައް ނަޖިސް ކުރުމަށް ވަނީ ދޫކޮށްލާފައި: މޭޔަރު އާޒިމް

މިއީ މާލެ ސިޓީގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 މާރިޗު 2025 | އާދީއްތަ 06:48
މާލެސިޓީ ކައުންސިލްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ

މާލެސިޓީ ކައުންސިލްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ

ބުޅާ ބެލެހެއްޓުމަށް ތަރައްގީކޮށްފައިވާ "އޮޅުހިޔާ" ކައުންސިލް އަތުން ސަރުކާރުން އަތުލުމަށްފަހު ބުޅާތައް މަގުމަޗަށް މަރުވެ، މަގުތަށް ނަޖިސްކުރަން ދޫކޮށްލާފައިވާ ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މި މައްސަލައާ ގުޅިގެން ކަންބޮޑުވުންފާޅު ކުރައްވައި އާޒިމް ވިދާޅުވީ ބުޅާތައް ގެންދިއުމަށް ކައުންސިލުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރި ކަމަށާއި، ބޮޑު އަގުގައި ހަރަދުކޮށްގެން މާލޭ ސިޓީގެ ރައްޔިތުންނަށް ޓަކައި ހެދި ބުޅާ ފެސިލިޓީ ކައުންސިލް އަތުން ސަރުކާރުން އަތުލުމަށްފަހު ބުޅާތައް އެތަނަށް ނުގެން ގޮސް މަގުމައްޗަށް މާރުވާން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މަގުތަށް ވެސް ނަޖިސްކުރަން ބުޅާތަށް ދޫކޮށްލާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިއީ ހިތާމަކުރައްވާ ކަމެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މިއީ މާލެ ސިޓީގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ. އަދި ބުޅާތަށް މަރުވެ މަގުތަށް ނަޖިސްވަމުން އަންނާތީ ބުޅާތަކުގެ ކިބައިން ބަލިތަކެއް ފެންނަމުން އަންނަ ކަމަށާއި ރައްޔިތުން ބުޅަލުގެ ނަޖިސްތެރޭގައި ހިނގާބިގާވެ، ކޮންމެ ދުވަހަކުވެސް އުޅެންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މޫދު ކައިރީގައި އުޅޭ ކުދިންނާއި އަދި މޫދަށް އެރޭ އެކި އުމުރު ފުރައިގެ މީހުން ކޮންމެ ދުވަހަކު ބުޅަލުގެ ނަޖިސްތެރޭގައި އުޅެން ޖެހިފައިވާ ކަމަށެވެ. އެހެން ކަމުން މަގުތަކުގައި ތިބި ބުޅާތައް އަވަހަށް ބުޅާ ފެސިލިޓީއަށް ގެންދިއުމަށް ވެސް މޭޔަރ އާޒިމް ވަނީ ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ކިބައިން އެދިވަޑައިގެންފައެވެ.

މާލެ ސިޓީ ކައުންސިލްގެ އަތުން ސަރުކާރުން ބުޅާ ފެސިލިޓީގެ ތަޅުދަނޑި އަތުލާފައިވަނީ ނިމިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ މި ބުޅާ ފެސިލިޓީ އަކީ ފަސްހާސް އަކަފޫޓޫ ބޮޑު ފެސިލިޓީއެކެވެ. އެތަނުގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭން ޖެހޭ ބޭސްތައް ބަހައްޓާނެ ފާމަސީއަކާއި އެ ބުޅާތަށް އުޅޭނެ ރަނގަޅު ފެންވަރެއްގެ ސަރަހައްދެއް ވެސް ކައުންސިލުން ވަނީ ތަރައްގީ ކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

10 އެޕްރީލު
ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް
20251 އަހަރު ކުރިން
ރާއްޖެ

ހަފްތާ ބަންދުގައި ރައީސްގެ އާއިލާގެ ފަރިއްކޮޅަށް ގެރިމަސް، ޝްރިމްޕް އަދި ކަންބަޅި މަސް، ބިލަށް 9 ހާސް

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސަށް އެނގިވަޑައިނުގެން ހިނގާ ކަންކަމުގެ ލިސްޓު ދިގުވަނީ، މިއީ ރައީސްގެ ނަގާބިލުކަން؟

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ ސާބިތެއް ނުވި: ވަޅި ހެރުނީ ނިދީގައި ފުރޮޅެމުންކަމަށް އަނބިމީހާ ބުނޭ

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ރަތް މުގު ކިލޯއަކުން ހިންގަން ފެށި ވިޔަފާރިއެއް؛ ފާތިމާ އަލް ޒައުބީގެ ގެސްޓް ހައުސްގެ ވާހަކަ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު
20215 އަހަރު ކުރިން
ރާއްޖެ

މާލޭގެ ނަތީޖާގައި ހައިރާންވާ ކަމެއް ނެތް - ނަޝީދު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!
20197 އަހަރު ކުރިން
ރިޕޯޓު

މަންޓާ އެއަރ: ތަޖްރިބާ ތަފާތުވެފައި، އޭ ޕްލަސްއެއް!

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް
20188 އަހަރު ކުރިން
ރިޕޯޓު

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު