Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގައުމީ ސަލާމަތާއި ގުޅުންހުރި އޮޕަރޭޝަން

ގައުމީ ސަލާމަތާއި ގުޅުންހުރި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތަފްސީލެއް ފުލުހުން ހާމަ ނުކުރި

މި އޮޕަރޭޝަނުގައި 3 މީހުން ހައްޔަރުކޮށް 4 ތަނެއް ބަލައި ފާސްކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 13 މާރިޗު 2025 | ބުރާސްފަތި 08:44
ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަނުގައި ޝަބްނަމީ މަގުގައި ހުރި ގެއެއް ބަލާ ފަސްކުރަނީ - 10 މާޗް 2025

ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދިޔަ ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަނުގައި ޝަބްނަމީ މަގުގައި ހުރި ގެއެއް ބަލާ ފަސްކުރަނީ - 10 މާޗް 2025

މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ފުލުހުންނާއި ސިފައިން ގުޅިގެން ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއް މާލޭގައި ފަށާފައިވާ އިރު، އެ އޮޕަރޭޝަނުގެ އިތުރު ތަފްސީލެއްދޭން ފުލުހުން ދެކޮޅު ހަދައިފިއެވެ.

ފުލުހުން ހޯމަ ދުވަހުގެރޭ ސޯޝަލް މީޑިއާގައި ކުއްލި ގޮތަކަށް އިއުލާންކުރީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަަރަހައްދުގައި ކުރިއަށް ގެންދާ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން އެ ބަޔާން ސޯޝަލް މީޑިއާގައި އާންމުކުރީ 10:35 ހާއިރުއެވެ. އަދި އޭގެ ފަހުން 10:56 ގައި ފުލުހުންގެ މީޑިއާ ގްރޫޕުގައި ބުނެފައިވަނީ އެކްސްގައި ކުރިން ހިއްސާކުރި ބަޔާން ވަގުތީ ގޮތުން ނަގާފައިވަނީ ނާޒުކު ތަފްސީލުތައް ޔަގީންކުރަމުންދާތީ ކަމަށެވެ.

ނަމަވެސް އެރޭ ފުލުހުން ވަނީ އެމްއެންޑީއެފްއާއި ގުޅިގެން އޮޕަރޭޝަން ކުރިއަށްގެންގޮސް 3 މީހަކު ހައްޔަރުކޮށްފައެވެ. އަދި މާލެއާއި ހުޅުމާލޭގެ 4 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.

ފުލުހުން 3 މީހަކު ހައްޔަރުކުރި އިރު، އޭގެ ތެރެއިން އެކަކު ހައްޔަރުކުރީ ޖުމްހޫރީ މައިދާން ކައިރިން ދަތުރުކުރަމުން ދިޔަ ޕިކަޕެއްގައި އިން މީހެކެވެ. ދެވަނަ މީހަކު ހައްޔަރުކުރީ ހުޅުމާލެ ވިނަރެސްއިންނެވެ.

މި މައްސަލައާއި ގުޅިގެން ތަކުރާރުކޮށް ފުލުހުންނާއި ސުވާލުކުރުމުންވެސް ހައްޔަރު ކުރި މީހުންގެ ވަނަވަރެއް ވެސް، އަދި ހައްޔަރުކުރި ސަބަބަކާއި، ގެތައް ބަލައި ފާސްކުރީ ކީއްވެގެން ކަމެއްވެސް ބުނެފައިނުވެއެވެ. އަދި މިކަމާއި ގުޅިގެން މީޑިއާއާއި ހަވާލުވެ ހުންނެވެި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާނާއި ސުވާލުކުރުމުންވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. މީގެ އިތުރުން ފުލުހުންގެ މީޑިއާގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ހަސަންވެސް ސުވާލުތަކަށް ޖަވާބެއް ނުދެއްވިއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު، އެ އޮަޕަރޭޝަން ނިންމާފައިވާކަމެއް ވެސް ފުލުހުން ހާމަ ނުކުރެއެވެ.

މި އޮޕަރޭޝަނަކީ ޓެރަރިޒަމް އާއި ގުޅުންހުރި މައްސަލައެއް ކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި މި އޮޕަރޭޝަނުގައި ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ ބައެއް ސާމާނު ހޯދާފައިވާ ކަމަށް ވެސް ނޫސްތަކުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

ސީއެންއެންގެ އެޑިޓަރ ހައްޔަރުކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު