Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރު ޖަވާބުދާރީ ކުރުވުން

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ހުރިހާ ދޮރުތަކެއް ބަންދު ކުރުމަށް: މެންބަރު މައުރޫފް

ސަރުކާރު ހިންގަމުންދާ ގޮތުން ދައުލަތެއްގެ ސިފަ ދަނީ ގެއްލެމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 މާރިޗު 2025 | ބުރާސްފަތި 06:58
އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ހުރިހާ ދޮރުތަކެއް ބަންދު ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު މައުރޫފް ވިދާޅުވީ ސަރުކާރު ހިންގަމުންދާ ގޮތުން ދައުލަތެއްގެ ސިފަ ގެއްލެމުންދާ ކަމަށާއި، ބާރުތައް އެއްވެ، ޖަވާބުދާރީ ކުރެވެންޖެހޭ މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަދާ ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާފައިވާކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ ސަރުކާރުގެ އަމާޒުކުރީ ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ހުރިހާ މަގެއް ބަންދުކުރުމަށް ކަމަށެވެ.

ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އަޅުގަނޑުމެންނަށް އަދާ ކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ގާތްގަނޑަކަށް މިއަދު މިވަނީ އެކީއެކަށް ހެން ހުއްޓިފައި. އަޅުގަނޑުމެންނަށް މަޖިލިސް މެދުވެރިކޮށް ސަރުކާރު އަދި ދައުލަތުގެ މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުން. އެގޮތުން އަޅުގަނޑުމެން ކަމާގުޅުންހުރި ކަންބޮޑުވުންތައް ހުށަހަޅައި ޖަވާބުދާރީ ކުރުވުމުގެ ގޮތުން ހުށަހަޅޭ މައްސަލަތައް ބޭރުކޮށްލުމާއި، އަދި ކޮމެޓީތަކުގައި އަޅުގަނޑުމެންނަށް އެފަދަ ފަރާތްތައް ހާޒިރުކޮށްގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހުރި ގޮންޖެހުންތަކާއި، އަދި ވަކިން ޚާއްސަކޮށް މިނިވަން މުއައްސަސާތަކުގެ ބާރު ރައީސުލްޖުމްހޫރިއްޔާ މުތުލަގަށް ނަގައިގެން މިހާރު މިހިނގަމުންދާ ކަންކަމުގައި ކަންބޮޑުވޭ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށް ކުރާ ބިލަށް އިޝާރާތް ކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ އެބިލު ފާސްކުރިއިރު ވެސް ގާނޫނު އަސާސީއާ ހިލާފު ކަމަށާއި، ނަމަވެސް އެމަސައްކަތް ކުރީ ކަމަށެވެ. ނަމަވެސް މިހާރު މި މަސައްކަތުގައި ސަރުކާރު އުނބަށް ޖަހާފައިވާ ކަމަށާއި، މުޅިން ވެސް ފެނިގެންދަނީ ސަރުކާރުން މިފަދަ ކަންކަން ކުރާ މަންޒަރު ކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމާއި، މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ ނުފޫޒު ފޯރުވައި، ފަނޑިޔާރުގެ ނެތް މައްސަލަތަކެއް ނަގައި، ބަލަމުންދާ ކަމަށާއި، އެއީ ބާރުތައް އެއްކުރުމުގެ ގޮތުން ސަރުކާރުން ކުރާ ކަމެއް ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.

މެންބަރު މައުރޫފް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ އުންމީދުތައް ފުޑުފުޑުކޮށްލާފައިވާ ކަމަށާއި، ރައްޔިތުންނަށް ލިބުނު ބޯހިޔާވަހިކަމާއި، ފްލެޓުތައް ފޭރިގަނެފައިވާ ކަމަށެވެ. އަދި އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެދާނެ ފިޔަވަޅުތައް އަޅައި، ރައްޔިތުންނަށް ތަކުލީފު ކުރިމަތިވާނެ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް މެންބަރު މައުރޫފް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު