Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ފައިސާ ޗާޕްކުރުމުގެ މައްސަލަ - ފާޑުކިޔުން ބޮޑުވެ ޝުހާދު އެމްއެމްއޭގެ ބޯޑުން އިސްތިއުފާދެއްވައިފި

ފައިސާ ޗާޕްކުރުމަކީ ރާއްޖޭގެ މާލީ ނިޒާމާއި އިގްތިޞާދަށް ވެސް ވަރަށް ނުރައްކާ ކަމެއް ކަމަށް އިގްތިޞާދު ދިރާސާކުރާ ފަރާތްތަކުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 11 މާރިޗު 2025 | އަންގާރަ 13:01
އެމްއެމްއޭ ބޯޑުގައި އިކޮނޮމިކް މިނިސްޓްރީ ތަމްސީލްކުރައްވަމުން ގެންދެވި އިބްރާހިމް ޝުހާދު

އެމްއެމްއޭ ބޯޑުގައި އިކޮނޮމިކް މިނިސްޓްރީ ތަމްސީލްކުރައްވަމުން ގެންދެވި އިބްރާހިމް ޝުހާދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެއެމްއޭ) މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރުމަށް ނިންމުމާއި ގުޅިގެން ސަރުކާރާއި އެމްއެމްއޭ އަށް އާއްމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެމްއެމްއޭގެ ބޯޑުން ޝުހާދު އިބްރާހިމް އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވީ އަންގާރަ ދުވަހުއެވެ.

އެމްއޭގެ ބޯޑުގައި އޭނާ ތަމްސީލްކުރައްވަނީ އިކޮނޮމިކް މިނިސްޓްރީއެވެ. އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމްސީލްކުރައްވަމުން ގެންދެވި އަހުމަދު ޒަޔާން މުހައްމަދު ވެސް ވަނީ ހޯމަ ދުވަހު މަޤާމުން އިސްތިއުފާދެއްވާފައެވެ.

ރާއްޖެއެމްވީ އަށް އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުން މި ދެ ބޭފުޅުން ވެސް މަޤާމުން އިސްތިއުފާދެއްވީ ފައިސާ ޗާޕްކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ. އަދި ޝުހާދު އިސްތިއުފާދެއްވާފައި ވަނީ ފައިސާ ޗާޕްކުރުމުގެ މައްސަލަ ރިވިއުކުރުމަށް ހުށަހެޅި ހުށަހެޅުން ބަލައި ނުގަންނާތީ ކަމަށް ވެސް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސަރުކާރުން ވަނީ އެމްއެމްއޭ މެދުވެރިކޮށް އިގްތިސާދުގެ ތެރެއަށް ފައިސާ ނެރުމަށް ނިންމާފައެވެ. އެކަން ކުރުމަށް ހަމަޖެހިފައި ވަނީ އެޗްޑީސީގެ މިލްކިއްޔާތުގައި ހުރި ބިންތަކުގެ ތެރެއިން 22 ހެކްޓަރުގެ ބިން އެމްއެމްއޭ އަށް ގަތުމުގެ މުއާމަލާތެއް ހިންގައިގެންނެވެ.

ރާއްޖޭގެ ރިޒަރވްގައި އެފަދަ ކަމެއް ކުރެވޭ ވަރަށް ފައިސާ ނެތް އިރު އެ މުއާމަލާތް ހިންގަން އޮތް ހަމައެކަނި ގޮތަކީ ފައިސާ ޗާޕްކުރުން ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް މިއީ ރާއްޖޭގެ މާލީ ނިޒާމާއި އިގްތިޞާދަށް ވެސް ވަރަށް ނުރައްކާ ކަމެއް ކަމަށް އިގްތިޞާދު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު