Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްއޭއިން ފައިސާ ޗާޕުކުރުން

ފައިސާ ޗާޕުކުރާތީ ހުށަހެޅި ކުއްލި މައްސަލަ - ޝަރުތު ހަމަ ނުވާ ކަމަށް ބުނެ މައްސަލަ ބަލަ އެއް ނުގަތް

ކުއްލި މައްސަލަ އެއްގައި ހުންނަންޖެހޭ ޝަރުތު ހަމަނުވާކަމަށް ފާހަގަކުރައްވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމަވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 11 މާރިޗު 2025 | އަންގާރަ 08:05
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރުވަން އުޅޭތީ އެކަމާއި މެދު ހުރި ކަންބޮޑުވުންތައް ހާމަކޮށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމައިފިއެވެ.

އެ ކުއްލި މައްސަލަ ހުށަހަޅުއްވާފައި ވަނީ ކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދެވެ. އެހެންނަމަވެސް ކުއްލި މައްސަލަ އެއްގައި ހުންނަންޖެހޭ ޝަރުތު ހަމަނުވާކަމަށް ފާހަގަކުރައްވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމަވާފައެވެ.

އެ ކުއްލި މައްސަލައިގައި ބުނެފައި ވަނީ އެއީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި އަދި 2025ގެ ބަޖެޓާއި ވެސް ޚިލާފަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ކުރާ ކަންކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި މައްސަލަ އެއް ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ ނެގުމުގެ ބޭނުމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މިލްކިއްޔާތުގައި ވާ ބިމެއް ދައުލަތުގެ ބޭންކަށް ގަތުމުގެ މުއާމަލާތެއް ހިންގުމަށް ފަހު އެ ފައިސާ އެޗްޑީސީ މެދުވެރިކޮށް ސަރުކާރަށް ދޭން މަސައްކަތް ކުރަމުންދާތީ އެކަމާއި ގުޅުން ހުރި ކަންބޮޑުވުންތައް އެ މައްސަލައިގައި ވަނީ ހިމަނާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ށ)ގައި ރައްޔިތުންގެ މަޖިލީހުން ހުއްދަ ނުހޯދާ މަޖިލީހުން ފާސްކުރާ ބަޖެޓަށް ވުރެ އިތުރަށް ޚަރަދުކޮށްގެން ނުވާނެ ކަމަށާ، ބަޖެޓުގައި ވަކި ކަމަކަށް ޚަރަދެއް ކުރަން ކަނޑައަޅާފައިވާ ނަމަ އެ ޚަރަދު ކުރަން ވާނީ އެ ކަމަށް އެކަނި ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. ހަމައެހެންމެ އެމްއެމްއޭގެ ޤާނޫނުގެ 4 ވަނަ މާއްދާގައި އެ އޮތޯރިޓީގެ މައިގަނޑު މަގްސަދަކީ ދެމެހެއްޓެނެވި އިގްތިސާދެއްގެ މަގްސަދު ހާސިލްކުރުމަށް މަގުފަހިވާ ގޮތަށް ތަކެތީގެ އަގާއި ފަނޭންޝަލް ސްޓެބިލިޓީ ދެމެހެއްޓުމަށް ސަރުކާރަށް އެހީތެރިވުން ކަމަށް ވެސް އެ މައްސަލައިގައިވެއެވެ.

މީގެ އިތުރުން އެމްއެމްއޭގެ ޤާނޫނުގައި ބުނާ ގޮތުން އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މައިގަނޑު މަސައްކަތްތަކާއި ބާރުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، މަނިޓަރީ ސިޔާސަތު ކަނޑައެޅުމާއި، މަނިޓަރީ މަގްސަދުތަކާއި، މައިގަނޑު އިންޓްރެސްޓް ރޭޓްތަކާއި ރާއްޖޭގެ ފައިސާ ލިބެން ހުންނާނެ ގޮތް ހެދުމާއި އެކަންކަމާއި ގުޅޭގޮތުން އެއިރަކަށް އެކަށީގެންވާ ނިންމުންތައް ކަނޑައެޅުން ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

މާލިއްޔަތު ޤާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ޤަވައިދާއި ޚިލާފަށް ދައުލަތުގެ ފައިސާ އިން ޚަރަދުކުރުމާއި، ދައުލަތުގެ މުދަލެއް ވިއްކާލުމަކީ ހުއްދަ އަމަލެއްކަން އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އެ ކުއްލި މައްސަލައިގައި އިތުރަށް ބުނެފައި ވަނީ ދައުލަތުގެ ފިސްކަން ޒިންމާގެ ޤާނޫނުގެ ދަށުން އެމްއެމްއޭ އިން ދަރަންޏާއި ފައިސާ ނަގަން ވާނީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖްކުރުމަށް، އަދި 91 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ކަމާއި، އެގޮތަށް ނެގޭނީ ފާއިތުވި 3 އަހަރު ސަރުކާރަށް ލިބުނު އާމްދަނީގެ 2.5 އިންސައްތަ އަށް ވުރެ އިތުރު ނޫން އަދަދެއް ކަމަށެވެ.

އެމްއެމްއޭ އިން 22 ހެކްޓަރުގެ ބިމެއް ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާ އަށް ގަތުމަށް ނިންމާފައި ވާއިރު އެކަމަށްޓަކާ ބޭނުންވާ ފައިސާ ޗާޕުކޮށްގެން އެ މަރުހަލާ ކުރިއަށް ގެންދަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން އެ ކުއްލި މައްސަލައިގައި ވަނީ ހިމަނާފައެވެ. އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރި ކަމަށް މެމްބަރު ނިއުޝާދު ވަނީ ވިދާޅުވެފައެވެ.

ނިއުޝާދު ވަނީ އެމްއެމްއޭގެ އޮފީސް ހިންގުމަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބިން ހޯދަން ޖެހޭ އިތުރު އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން އެފަދަ މުއާމަލާތެއް ހިންގާ ދައުލަތުގެ މަރުކަޒީ ބޭންކުން ފައިސާ ނެގުމަކީ އުސޫލުތައް އެއް ފަރާތްކޮށް އުސޫލުތަކާއި ކަނޑައެޅިގެން ޚިލާފުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ނަތީޖާ އަކަށް ވާނީ އެމްއެމްއޭގެ މިނިވަންކަން ގެއްލި މުޅި މާލީ ނިޒާމްގެ އިތުބާރު ގެއްލުން ކަމަށް ނިއުޝާދު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މިއީ 2025ގެ ބަޖެޓުގައި ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބަޔާން ކުރި ކަންކަމުގެ ބޭރުން މަޖިލީހުގެ ހުއްދަ ނުހޯދާ ކުރާކަމެއް ކަމަށް ވާއިރު އޭގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށް ވާނެ ކަމަށް އެ ކުއްލި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ ބޭރު ފައިސާގެ އަގު މަތިވުމުގެ ނަތީޖާއެއްގެ ގޮތުން މުދަލާއި ޚިދުމަތުގެ އަގުތައް އުފުލޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިއީ ދައުލަތުގެ މާލީ ކަންކަން ނުރައްކާތެރި ދަރަޖައަކަށް ހިނގައިދާނެ ކަމެއް ކަމަށް ނިއުޝާދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވެއެވެ.

މިއީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ހިނގާ ނުހިނގާ ގޮތް ބަލާ ޖަވާބުދާރީ ކުރުވުމަށް މަޖިލީހާއި މަތިކުރުވާފައިވާ ޒިންމާގެ ދަށުން ބަލަން ޖެހޭ ކަމަކަށް ވާތީ އެކަމާއި މެދު މަޖިލީހުގައި ބަހުސްކުރުމަށް އެ ކުއްލި މައްސަލަ ހުށަހަޅާ ކަމަށް އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު