Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ޖިއްދާގައި ބާއްވާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރަން: ޓްރަމްޕް

އަންގާރަ ދުވަހު ޖިއްދާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ބައިވެރިވާ ޔޫކްރެއިންގެ ވަފުދާއެކު އެމެރިކާގެ އިސް ވެރިން ބައްދަލުކުރައްވާނެއެވެ. އަދި މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރަޝިޔާއާއެކު ހަނގުރާމަ ނިންމުމަށް ޔޫކްރެއިންގެ ކޮންސެޝަންތަކެއް ދިނުމަށް ތައްޔާރަށް ތިބިތޯ ބެލުމެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 10 މާރިޗު 2025 | ހޯމަ 09:08
ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އެގްޒެކެޓިވް އަމުރުތަކުގައި ސޮއިކުރެއްވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ މާޗް 6، 2025

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އެގްޒެކެޓިވް އަމުރުތަކުގައި ސޮއިކުރެއްވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ މާޗް 6، 2025

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަންޕާއި ހަވާލާދެއްވައި، އަލްއަރަބިއްޔާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ މަޝްވަރާތަކުގައި ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށެވެ.

އަންގާރަ ދުވަހު ޖިއްދާގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ބައިވެރިވާ ޔޫކްރެއިންގެ ވަފުދާއެކު އެމެރިކާގެ އިސް ވެރިން ބައްދަލުކުރައްވާނެއެވެ. އަދި މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ރަޝިޔާއާއެކު ހަނގުރާމަ ނިންމުމަށް ޔޫކްރެއިންގެ ކޮންސެޝަންތަކެއް ދިނުމަށް ތައްޔާރަށް ތިބިތޯ ބެލުން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން މައުދަން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދާނެެއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ހަފްތާގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

މީގެ ކުރިން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާއެކު މައުދަން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވީ ނަމަވެސް، ވައިޓް ހައުސްގެ ބައްދަލުވުމުގައި ދެ ލީޑަރުންގެ މެދުގައި އުފެދުނު ޚިޔާލު ތަފާތުވުމާ ގުޅިގެން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިނުވެއެވެ. 

އެމެރިކާއިން ވަނީ ޔޫކްރެއިންއަށް ފޯރުކޮށްދެމުން އައި އިންޓެލިޖެންސް މަޢުލޫމާތު ވަގުތީގޮތުން ހުއްޓާލާފައެވެ. ސީއައިއޭގެ ޑިރެކްޓަރ ޖޮން ރެޓްކްލިފް ވިދާޅުވި ގޮތުގައި މިއީ ޒެލެންސްކީ ރަޝިޔާއާއެކު ސުލްހަވެރި މަޝްވަރާތަކަށް އައުމަށް ބާރުއެޅުމުގެ ގޮތުން އެޅުނު ފިޔަވަޅެއް ކަމަށެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ

15 މާރިޗު 2017
ކިމް ޖޮން ނަމް މަރާލީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން: އުތުރު ކޮރެއާ
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު