Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔުކްރެއިން ހަނގުރާމަ

ޒެލެންސްކީ އާއި ސައޫދީ ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާން ބައްދަލުކުރައްވަނީ

ޒެލެންސްކީ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ޓީމު ސައުދީގައި އެމެރިކާގެ އޮފިޝަލުންނާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ބެހޭ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށް.

ރާއްޖެ އެމްވީ | 7 މާރިޗު 2025 | ހުކުރު 11:51
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އަދި ޔުކްރެއިންގެ ރައީސް ވުލޮޑިމިރ ޒެލެންސްކީ ޖިއްދާ ގައި ބައްދަލުކުރަވަނީ - 19 މެއި 2023

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އަދި ޔުކްރެއިންގެ ރައީސް ވުލޮޑިމިރ ޒެލެންސްކީ ޖިއްދާ ގައި ބައްދަލުކުރަވަނީ - 19 މެއި 2023

ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ވިދާޅުވެފައިވަނީ އަންނަ ހޯމަ ދުވަހު  ސައޫދީ އަރަބިއްޔާއަށް ވަޑައިގަންނަވާނެ ކަމަށެވެ. 

މި ދަތުރުފުޅުގައި ސައޫދީ ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ޓެލެގްރާމް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ޓީމު ސައޫދީގައި މަޑުކުރައްވާނެ ކަމަށާއި، އަދި ސައުދީގައި އެމެރިކާގެ އޮފިޝަލުންނާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. 

އަދި ޔުކްރެއިންގެ އެންމެ ބޮޑު އެދުމަކީ ސުލްހަ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވިއެވެ. އެމެރިކާގެ މެދުއިރުމަތީގެ ސުލްހައަށް ޚާއްސަ އެންވޯއީ ސްޓީވް ވިޓްކޮފް ވިދާޅުވެފައިވަނީ ރިޔާޟް ނުވަތަ ޖިއްދާގައި އެމެރިކާ އަދި ޔޫކްރެއިންގެ އޮފިޝަލުން ބައްދަލުވުމެއް ބޭއްވުމަށް ރޭވިފައިވާ ކަމަށެވެ. 

މި ބައްދަލުވުމުގައި ސުލްހައިގެ އެއްބަސްވުމެއްގެ އޮނިގަނޑަކާ ބެހޭ ގޮތުން އަދި ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާކުރެވޭނެއެވެ. 

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު