Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރުން

މިސްކިތްތަކަށް ޚަރަދު ކުުރުމުގެ ނަމުގައި ވެސް މި ސަރުކާރުން ކުރަނީ ވައްކަން: ޔައުޤޫބު

މިސްކިތްތައް މަރާމާތުކުރުމަށް 19 މިލިއަން ހޭދަކުރި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 5 މާރިޗު 2025 | ބުދަ 11:00
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބު އަބުދުﷲ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބު އަބުދުﷲ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ

މި ބިންމަތީގައި ހުރި އެންމެ މާތް ތަނަކީ މިސްކިތް ކަމަށާއި ނަމަވެސް، އެ މިސްކިތްތަށް މަރާމާތު ކުރުމުގެ ނަމުގައި މި ސަރުކާރުން ކުރަމުން ގެނދަނީ ވައްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބު އަބުދުﷲ ވިދާޅުވެއްޖެއެވެ.

ޔައުޤޫބު އަބުދުﷲ މިފަދައިން ވިދާޅުވީ ރައީސް މުއިއްޒުގެ މި ސަރުކާރުން މިސްކިތްތަކުގެ ނަމުގައި ދިވެހި މާލިއްޔަތުގައި ހުރި ފައިސާ ބޭނުންކޮށްގެން ކުރަމުންގެދާ ވައްކަމާއި ގުޅިގެން ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ޔައުޤޫބް ވިދާޅުވީ މިސްކިތްތަކުގެ އާބާތުރަ ފިލުވަން ނުވަތަ މިސްކިތްތައް މަރާމާތު ކުރުމަށް 19 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް ނިމިދިއަ އަހަރުގެ މޭ މަހުގެ އަށްވަނަ ދުވަހުގައި މިހާރުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ދައުލަތުގެ މީޑިއާގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 15 މިލިއަން ރުފިޔާ އަކީ ދައުލަތުގެ ބަޖެޓުން ހޭދަކުރި ފައިސާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާ ކަން ޔައުޤޫބް ފާހަގަކުރެއްވިއެވެ.

ޔައުޤޫބް ވިދާޅުވީ ކަންމިހެން ހުރި އިިރު، ނިމި ދިއަ އަހަރުގެ މާލީ އަހަރީ ހިސާބުކިތާބުތައް އެކުލަވާލިއިރު، އަހަރީ ރިޕޯޓުގައި ވެސް އޮތީ މިސްކިތްތައް މަރާމާތު ކުރުމަށް 15 މިލިއަން ދައުލަތުގެ ބަޖެޓުން ޚަރަދުކުރި ކަމަށެވެ. އެހެން ނަމަވެސް މިއަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާއި މުޚާތަބުކުރައްވައި ވިދާޅުވެފައި ވަނީ 7.8 މިލިއަން ރުފިޔާ ކަމަށް ޔައުޤޫބް ވިދާޅުވިއެވެ.

ޔައުޤޫބް ވިދާޅުވީ މި ސަރުކާރުން މިސްކިތްތަކާއި ގުޅުވައިގެން އެކިފަހަރު ދައްކަނީ އެކި ވާހަތައް ކަމަށާއި ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅާއި މިނިސްޓަރު ޝަހީމް ދައްކަވާ ވާހަކަފުޅާއި ދިމާ ނުވާ ކަމަށެވެ. އެގޮތުން މި ދެ ބޭފުޅުންގެ ވާހަފުޅުންވެސް އެނގިގެން މި ދަނީ މިސްކިތްތައް މަރާމާތު ކުރުމަށް ހޭދަވިކަމަށް ވިދަޅުވާ ފައިސާގެ ތެރެއިން 9 މިލިއަން ރުފިޔާ ވަރު ވީނުވީއެއް ނޭންގި މަދުވެފައިވާކަން ކަމަށް ޔައުޤޫބް ވިދާޅުވިއެވެ.

މިސްކިތްތަކާއި ގުޅިގެން، މިސްތަކުގެ ނަމުގައި މި ސަރުކާރުން ކުރަމުން ގެންދާ ވައްކަންތަކުގެ ވާހަދައްކާލަން މިއީ ވަރަށް ރަނގަޅު ވަގުތެއްކަން ނޭންގެ. 2024 ވަނަ އހަރުގެ މޭ މަހުގެ 8 ވަނަ ދުވަހު މިހާރުގެ އިސްލާމިކް މިނިސްޓަރ ޝަހީމް ވިދާޅުވި، އަދި އެ ވިދާޅުވު ކަމަށް ރިޕޯޓުކޮށްފައި އެބައޮތް، ސަރުކާރުހެ މެއިން މީޑިއާގަ، ޕީއެސްއެމްގަ ރިޕޯޓުކޮށްފަ އެބައިން 19 މިލިއަން ރުފިޔާ މިސްކިތައް މަރާމާތުކޮށް އާބާތުރަ ފިލުވުމަށް ޚަރަދު ކުރެއްވި ވާހަކަ ވިދާޅުވެފަ އެބައިން. ދެން އޭގެ ތެރެއިން 15 މިލިއަން ރުފިޔާ އަކީ ދައުލަތުގެ ބަޖެޓުގެ ތެރެއިން ޚަރަދުކުރި ފައިސާކަމަށް.
ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބު އަބުދުﷲ

ޔައުޤޫބް ވިދާޅުވީ މި ބިންމަތީގައި ހުރި އެންމެ މާތް ތަނަކީ މިސްކިތްތައް ކަމަށާއި މި ސަރުކާރުން މިސްކިއްތަށް މަރާމާތު ކުރުމުގެ ނަމުގައި ވެސް މި ކުރަނީ ހަމަ އެންމެ ކަމެއް ކަމަށެވެ. އަދި އެކަމަކީ ވައްކަން ކަމަށް ޔައުޤޫބް ވިދާޅުވިއެވެ.

ޔައުޤޫބް ވިދާޅުވީ މި ސަރުކާރުގެ އެންމެ މައިގަނޑު އެއް ސިޔާސަތުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލިއްޔަތުގެ ހިސާބުކިތާބުތައް އާންމު ނުކުރުން ކަމަށެވެ. އަދި އެއީ މީގެ ކުރީ ސަރުކާރުތަކުން މަހުން މަހަށް ނުވަތަ ދުވަހުން ދުވަހަށް ބަރާބަރަށް ޤަވައިދުން ކުރަމުން އައި ކަމެއް ކަމަށާއި ނަމަވެސް މި ސަރުކާރު އައިފަހުން އެކަންވެސް ވަނީ ހުއްޓިފައި ކަމަށް ޔައުޤޫބް ވިދާޅުވެއްޖެއެވެ.

ޔައުޤޫބު ވިދާޅުވީ މި ސަރުކާރުން މާލިޔައްތުގެ ޚަރަދުތަކުގެ ތަފްޞީލް ރިޕޯޓުތައް އާންކުރަނީ ރައްޔިތުން ސޯޝަލް މީޑިއާގައި ނުވަތަ ނޫސްތަކުގައި އެވާހަތައް ލިޔަން ފެށުމުން އޭގެ ހަތަރެއް ނޫނީ ފަސް މަސް ދުވަހުން ކަމަށެވެ. އަދި ކުރާ އިރުވެސް ރިޕޯޓުތައް އެ އާންމު ކުރަނީ މުޅިން އޮޅުވާލައިގެން ކަމަށް ވެސް ޔައުޤޫބް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު