Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއެސްއެމް ވެޓަރަންސް ލީގު

ބަކާގެ ހަނދާނަށް ޚާއްސަކޮށްގެން ވެޓަރަންސް ލީގެއް ފަށައިފި

4 މާރިޗު 2025 | އަންގާރަ 04:52

މުބާރާތް ކުރިއަށް ގެންދަނީ 40 އަހަރުން މަތީގެ ވެޓަރަންސް އަދި 50 އަހަރުން މަތީގެ މާސްޓަސް ބަޔަށް ބަހާލައިގެން، ދެ ބަޔަކަށެވެ. ވެޓަރަންސް ބައިގައި ނުވަ ޓީމު އަދި މާސްޓަސް ބައިގައި އަށް ޓީމާ އެކު، މުބާރާތުގައި ޖުމުލަ 17 ޓީމަކުން ވާދަކުރެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މާރިޗު 2025 | އަންގާރަ 04:52
އެމްއެސްއެމް ވެޓަރަންސް ލީގުގެ މެޗެއްގެ ތެރެއިން

އެމްއެސްއެމް ވެޓަރަންސް ލީގުގެ މެޗެއްގެ ތެރެއިން

މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ، ސެވަން އަ ސައިޑް ވެޓަރަންސް ލީގު ފަށައިފި އެވެ.

ހެންވޭރު ދަނޑުގައި ހޯމަ ދުވަހުގެ ހަވީރު ފެށި މުބާރާތް ޚާއްސަކޮށްފައި ވަނީ، މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިޔާވި، ޤައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) އަށެވެ.

މުބާރާތުގެ 40 އަހަރުން މަތީގެ ވެޓަރަންސް ބައިގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ މުއިވެޔޮ ފްރެންޑްސް އާއި މަޑިސްޓާސް އެވެ. އެ މެޗު މުއިވެޔޮ އިން ވަނީ 2-1 އިން ކާމިޔާބު ކޮށްފަ އެވެ.

މީގެ އިތުރުން 50 އަހަރުން މަތީގެ މާސްޓަސް ބައިގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ސޮކާ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މުއިވެޔޮ ފްރެންޑްސް އެވެ. މި މެޗު ވެޓަރަންސް އެސޯސިއޭޝަން އިން ކާމިޔާބު ކޮށްފައި ވަނީ 5-1 އިންނެވެ.

މުބާރާތް ކުރިއަށް ގެންދަނީ 40 އަހަރުން މަތީގެ ވެޓަރަންސް އަދި 50 އަހަރުން މަތީގެ މާސްޓަސް ބަޔަށް ބަހާލައިގެން، ދެ ބަޔަކަށެވެ. ވެޓަރަންސް ބައިގައި ނުވަ ޓީމު އަދި މާސްޓަސް ބައިގައި އަށް ޓީމާ އެކު، މުބާރާތުގައި ޖުމުލަ 17 ޓީމަކުން ވާދަކުރެ އެވެ.

ހޯމަ ދުވަހުން ފެށި މި މުބާރާތް ކުރިއަށް ދާނީ މާޗު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

12 ޖޫން 2023

ކެރަމް އެސޯސިއޭޝަންގެ ވެޓަރަންސް ކެރަމް މުބާރާތް ފަށައިފި

12 ޖޫން 2023
ކެރަމް އެސޯސިއޭޝަންގެ ވެޓަރަންސް ކެރަމް މުބާރާތް ފަށައިފި
07 ޖޫން 2023

ސައުދީ ލީގަށް ބަދަލުވުމަށްފަހު ބެންޒެމާ "މިއީ މޮޅު ކުޅުންތެރިން ކުޅޭ ރަނގަޅު ލީގެއް"

07 ޖޫން 2023
ސައުދީ ލީގަށް ބަދަލުވުމަށްފަހު ބެންޒެމާ "މިއީ މޮޅު ކުޅުންތެރިން ކުޅޭ ރަނގަޅު ލީގެއް"
30 މެއި 2023

ކެރަމް އެސޯސިއޭޝަނުން މުޅިން އަލަށް ވެޓަރަންސް ކެރަމް މުބާރާތެއް ބާއްވަނީ

30 މެއި 2023
ކެރަމް އެސޯސިއޭޝަނުން މުޅިން އަލަށް ވެޓަރަންސް ކެރަމް މުބާރާތެއް ބާއްވަނީ
18 އޯގަސްޓު 2022

10 ޓީމާއެކު ޓީ20 ޕްރިމިއަރ ލީގެއް ފަށަނީ، ޕްރެޒިޑެންޓް ކަޕްވެސް އޮންނާނެ

18 އޯގަސްޓު 2022
10 ޓީމާއެކު ޓީ20 ޕްރިމިއަރ ލީގެއް ފަށަނީ، ޕްރެޒިޑެންޓް ކަޕްވެސް އޮންނާނެ
30 ސެޕްޓެމްބަރު 2019

ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕްގެ ނަމުގައި ހޯމް އެންޑް އަވޭ ލީގެއް ތައާރަފް ކުރަނީ

30 ސެޕްޓެމްބަރު 2019
ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕްގެ ނަމުގައި ހޯމް އެންޑް އަވޭ ލީގެއް ތައާރަފް ކުރަނީ
19 އޯގަސްޓު 2019

ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ފެށުމަށް މަޝްވަރާކޮށްފި

19 އޯގަސްޓު 2019
ހޯމް އެންޑް އަވޭ އުސޫލުން ލީގެއް ފެށުމަށް މަޝްވަރާކޮށްފި
20 މެއި 2019

މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން ރައީސް ސޯލިހަށް އަރުވައިފި

20 މެއި 2019
މޯލްޑިވްސް ވޮލީ ބޯލް ވެޓަރަންސްގެ އޮނަރަރީ މެންބަރުކަން ރައީސް ސޯލިހަށް އަރުވައިފި
28 ނޮވެމްބަރު 2018

އަންހެނުންގެ ފުޓްބޯޅަ ލީގެއް އުފެއްދުމަށް މަސައްކަތް ކުރާނަން: މިނިސްޓަރު މަހްލޫފު

28 ނޮވެމްބަރު 2018
އަންހެނުންގެ ފުޓްބޯޅަ ލީގެއް އުފެއްދުމަށް މަސައްކަތް ކުރާނަން: މިނިސްޓަރު މަހްލޫފު
01 އޯގަސްޓު 2017

ދިވެހި ޕްރިމިއާ ލީގަށް ހާއްސަ ފެންޓަސީ ލީގެއް ތައާރަފްކޮށްފި

01 އޯގަސްޓު 2017
ދިވެހި ޕްރިމިއާ ލީގަށް ހާއްސަ ފެންޓަސީ ލީގެއް ތައާރަފްކޮށްފި
10 އެޕްރީލު 2017

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!

10 އެޕްރީލު 2017
އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް