Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ލައިފް ސްޓައިލްރޯދަ ބަދިގެ

ޑެވިލްޑް ޕޮޓޭޓޯސް

ޑެވިލްޑް ޕޮޓޭޓޯސް އަކީ މީރު، ފަސޭހައިން ތައްޔާރު ކޮށްލެވޭނެ ހެދިކާ އެކެވެ.

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 1 މާރިޗު 2025 | ހޮނިހިރު 10:56
ޑެވިލްޑް ޕޮޓޭޓޯ

ޑެވިލްޑް ޕޮޓޭޓޯ

ބޭނުންވާ ތަކެތި

  • ½ 1 ޕައުންޑް ކުދި އަލުވި
  • 1 މޭޒުމަތީ ސަމުސާ ލޮނު (ރަހަލާވަރަށް)
  • 1/2 ސައިސަމުސާ މަޔޮނައިސް
  • 2 ސަމުސާ ރީނދޫ މަސްޓަޑް
  • 1/4 ތަށި މިރުސް އަޅާފައިވާ ޕިކަލް
  • 1/4 ފިޔާ ކުދިކޮށް ކޮށާފައި
  • 1/2 ސައިސަމުސާ އަަސޭމިރުސް
  • 1/2 ސަމުސާ ޕެޕްރިކާ

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ، ބޮޑު ސޯސްޕޭނެއްގައި 2 އިންޗި އަށް ފެން އެޅުމަށްފަހު، އަލުވި އާވިން ކައްކާލާށެވެ. އެއަށްފަހު، ލޮނުކޮޅެއް އެޅުމަށްފަހު، އަލުވި އުލަކުން ފަސޭހައިން ހެރޭ މިންވަރަށް، ގާތްގަނޑަކަށް 12 މިނެޓު ވަންދެން ކައްކާލާށެވެ.

އަލުވި ފަސޭހައިން ގެންގުޅެވޭ ވަރަށް ފިނިކުރުމަށްފަހު، ކޮންމެ އަލުތްވެއް ދިގަށް ދެބައިކޮށްލާށެވެ. މިގޮތަށް ފަޅިކޮށްލުމުން ބިސްގަނޑެއްގެ ސިފަ ލިބިގެންދާނެއެވެ. ދެން، މިންއެޅޭ ސަމުސާއެއް ނުވަތަ މެލަން ބޯލަރެއް ބޭނުންކޮށްގެން ކޮންމެ އަލުތްވެއްގެ މެދުތެރެ ކޮށައިގެން ނަގާށެވެ. މިގޮތަށް ގާތްގަނޑަކަށް 3 މިލިމީޓަރު (1/8 އިންޗި) ބޯމިނުގެ ކައިރިއެއް ބާއްވަން ޖެހޭނެއެވެ. އެއަށްފަހު، ނެގުނު އަލުވީގެ ބައި ސާފު ތަށްޓަކަށް އަޅާށެވެ.

އަލުވީގެ ބައި އުލަކުން ރަނގަޅަށް ފިތައި، ޗަސްކޮށްލާށެވެ. އޭގެ ތެރެއަށް މަޔޮނައިސް، މަސްޓަޑް، ލޮނު، ފިޔާ އަދި އަސޭމިރުސް އެއްކޮށްލާށެވެ. ބޭނުންވާ މިންވަރަށް ލޮނު އިތުރުކުރާށެވެ. މި މިކްސްޗަރ ކޮންމެ އަލުތްވެއްގެ ބޭރުފުށަށް އަޅާ ނުވަތަ ޕައިޕިންގ ބޭގެއް ބޭނުންކޮށްގެން ޒީނަތްތެރިކޮށްލާށެވެ. އަދި ޕެޕްރިކާއިން ޑެކަރޭޓްކުރާށެވެ. އިތުރަށް ރަހަ ގަދަކުރަން ބޭނުންނަމަ، ކޮށާފައިވާ ފިޔާ އަޅައި، ވަގުތުން ސަރވްކުރެވިދާނެއެވެ. ނުވަތަ ފަހުން ބޭނުންކުރުމަށް އަލަމާރީގައި ފިނިކޮށްފައި ބެހެއްޓިދާނެއެވެ.

އިތުރަށް ކިޔާލަން

16 އެޕްރީލު 2022

އެވަކާޑޯ ޑެވިލްޑް އެގް

16 އެޕްރީލު 2022
އެވަކާޑޯ ޑެވިލްޑް އެގް
10 މެއި 2019

ޑެވިލްޑް ޗިކަން ރެސިޕީ

10 މެއި 2019
ޑެވިލްޑް ޗިކަން ރެސިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު