Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އެފްއޭއެމްގެ ޚާއްސަ ކޮންގްރެސްއެއް މާޗު މަހު ބާއްވަނީ

ނޯމަލައިޒިންގ ކޮމެޓީގެ ޗެއަރމަން މުޢިއްޒު ވިދާޅުވީ މާޗު މަހުގެ 15 ވަނަ ދުވަހު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި އެއީ ދެ ކަމަކަށް އަމާޒުކޮށްގެން ބާއްވާ ކޮންގްރެސްއެއް ކަމަަށް ވެސް ވިދާޅުވި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ފެބުރުއަރީ 2025 | ބުދަ 05:51
އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު މުޢިއްޒު

އެފްއޭއެމް ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު މުޢިއްޒު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް، އަންނަ މާޗު ބަހު ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް، އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީން ބުނެފި އެވެ.

ދާދި ފަހުން، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ނޯމަލައިިޒިންގ ކޮމެޓީގެ މެމްބަރުންގެ އަދަދު، ފަސް މެމްބަރުން، ތިން މެމްބަރުންނަށް ބަދަލު ކޮށްފަ އެވެ. އަދި އެ ކޮމެޓީގެ އައު ޗެއަރމަނަކަށް ހަމަޖެއްސީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަޙުމަދު މުޢިއްޒު އެވެ.

"ރާއްޖެ އެމްވީ" އާއި ވާހަކަ ދައްކަވަމުން ނޯމަލައިޒިންގ ކޮމެޓީގެ ޗެއަރމަން މުޢިއްޒު ވިދާޅުވީ މާޗު މަހުގެ 15 ވަނަ ދުވަހު އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި އެއީ ދެ ކަމަކަށް އަމާޒުކޮށްގެން ބާއްވާ ކޮންގްރެސްއެއް ކަމަަށް ވެސް ވިދާޅުވި އެވެ.

އެގޮތުން އެއީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު، އެފްއޭއެމްގެ އޯޑިޓްތައް ކުރުމަށް، އޮޑިޓަރުން އައްޔަން ކުރުމަށް ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، އޭޕްރީލް މަހުގެ ތެރޭގައި ފުޓުބޯޅަ ސީޒަން ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، އޭގެ ކުރިން އެކުލަވާލަން ޖެހޭ ޖުޑީޝަލް ކޮމެޓީތައް އެކުލަވާލުން ވެސް އޮންނާނެ ކަމަށް މުޢިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު ނޯމަލައިޒިންގ ކޮމެޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ ތަފުސީލުތައް، މެމްބަރުންނަށް ހިއްސާ ކުރުން ވެސް އޮންނާނެ އެވެ. އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު، އޮޑިޓު ކުރުން ނިމުމާއެކު، އިތުރު ކޮންގްރެސްއެއް ބާއްވާނެ ކަމަށް ވެސް ނޯމަލައިިޒިންގ ކޮމެޓީން ވަނީ މައުލޫމާތު ދީފަ އެވެ.

އެފްއޭއެމްގެ ނޯމަލައިޒިންގ ކޮމެޓީން މިހާރު ނިންމާފައި ވަނީ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ޗެރިޓީ ޝީލްޑު މެޗު ކުޅުމަށެވެ. އަދި އޭގެ ފަހުން އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފެށުމަށެވެ.

ޗެރިޓީ ޝީލްޑު މެޗަށްފަހު ކުރިން ތާވަލުކޮށްފައި އޮތް ޕްރެޒިޑެންޓްސް ކަޕް މިހާރު އޮތީ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ފަށަން ތާވަލުކޮށްފަ އެވެ.

ތިން ވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތް ފަށާނެ ތާރީޚަކަށް ހަމަޖައްސާފައި އޮތީ ޖޫން މަހުގެ އެއް ވަނަ ދުވަހެވެ. އޭހެ ފަހުން ޖުލައި މަހުގެ 12 ވަނަ ދުވަހު އެފްއޭ ކަޕް ކުޅުމަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި ޖުލައި 18 ވަނަ ދުވަހު ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ފެށުމަށް ވަނީ ހިމަނައިފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް މާޗު މަހުގެ ތެރޭގައި ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ވެސް ރާއްޖެ އިން ވަނީ ނިންމައިފަ އެވެ. އެ މެޗުގައި މާޗު މަހުގެ 19 ވަނަ ދުވަހު ރާއްޖެ އިން ނިކުންނާނީ އަވައްޓެރި އިންޑިއާއާ ދެކޮޅަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ 2024

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު