Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލާހު

އަބުރާ ބެހިގެން ޖޫރިމަނާ ކުރަންވީ، ދައްކާނެ ފައިސާ އެބަހުރި: ފަލާ

އަދީބް އަތުން މަހުލޫފް ފައިސާ ނެންގެވި ކަމަށް ފަލާހު ތުހުމަތުކުރެއްވި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 23 އޯގަސްޓު 2017 | ބުދަ 06:44
އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު

ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާޓްނަރު އެމްޑީއޭ ހަރުގޭގައި އަންގާރަ ދުވަހު ރޭ ދެއްކެވި ވާހަކަތަކާ ގުޅިގެން އަބުރު ރައްކާތެރި ކުރުމާ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނުނުގެ ދަށުން ޖޫރިމަނާ ކުރިޔަސް އެންމެ ރަނގަޅު ކަމަށާއި ކުރާ ޖޫރިމަނާއެއް ދެއްކުމަށް ފައިސާ އެބަހުރި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އަށް ރައްދު ކުރައްވާ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މަހުލޫފް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ފައިސާ ނަންގަވާފައިވާ ކަމަށެވެ. އަދި އެފައިސާ އަދީބަށް ދިނުމަށް އެދޭ ކަމަށާއި އޭރުން އަދީބަށް އެ ފައިސާ ދައުލަތަށް ދެއްކޭނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

އަހުމަދު އަދީބު ދައުލަތުން ނެގި ފައިސާ ހުރީ ކޮން ބައެއްގެ އަތުގަތޯ؟ މަހުލޫފް އަތުގަ ނޫންތޯ ހުރީ. އެ ފައިސާ އަދީބަށް ދޭށޭ! އޭރަށް އަދީބަށް އެ ދައުލަތަށް ދެވޭނީ. ހުވާކުރަން މާދަމާ ގެންދޭ އަޅުގަނޑު ކޯޓަށް،" ފަލާހު ވިދާޅުވި އެވެ

ފަލާހްގެ މިވާހަކަތަކާ ގުޅިގެން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން މަހުލޫފް ވިދާޅުވީ އެއްވެސް އިރެއްގައި އެއްވެސް ވައްކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަތުން ވެސް އެއްވެސް ފައިސާ އެއް ހޯދާފައި ނުވާނެ ކަމަށާއި އަދި އަދީބަށް އޭނާ ދޭން ޖެހޭ ފައިސާއެއް ވެސް ނޯންނާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ އޭނާ އާއި ފަލާހާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި މައްސަލަ އޮތީ ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާ މެދު ކަމަށެވެ. އަދި އޭނާ އަށް ނިސްބަތްކުރައްވައި ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފަލާހް ދައްކަވަނީ ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް މަސީހާ ދެކޮޅަށް އޭނާ ކުރާ މަސައްކަތްތަކާ ގުޅިގެން ކަމަށާއި ކޮންމެ ވާހަކައެއް ދެއްކިޔަސް ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

ފަލާހު ރޭ ދެއްކެވި ވާހަކާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދާއި ރައީސް މައުމޫންގެ ޒާތީ ދިރިއުޅުއްވުމަށް ފަލާ ވަނީ ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ފަޑުވިދާޅުވެ ވާހަކަ ދައްކަމުން ފަލާހު ވިދާޅުވީ ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ މަންޑާލާ އަށް ވެވަޑައިގަންނަވަން ކަމަށާއި ނަމަވެސް އެކަން ވެސް ނުކުރެއްވޭ ކަމަށް ފަލާ ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަބަބުން އައި ހުކުމެއް ނޫން ކަމަށާއި އެއީ ރައީސް ނަޝީދު އަމިއްލަފުޅަށް ކުރެއްވި ކުށެއްގެ ސަބަބުން އައި ހުކުމެއް ކަމަށެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ އިދިކޮޅު މަޖިލިސް މެމްބަރުން މަޖިލީހުގެ ތަޅުމުގައި މިހާރު ކުރައްވާ ކަންތައްތައް ކުރިއަށް ގެންދަން ޖާގަ ނުދެއްވާނެ ކަމަށާއި މަޖިލީހުގައި އޮތީ ޕީޕީއެމް މެޖޯރިޓީ ކަމަށެވެ. އަދި ކުރިއަށް ދުވަސްތަކުގައި ޕީޕީއެމް މަޖިލިސް މެމްބަރުންގެ ބާރު ދައްކާލާނެ ކަމަށް ފަލާހު ވިދާޅުވިއެވެ. އޭގެ ފަހުން ބުދަ ދުވަހު ބޭއްވި ޖަލްސާގައި ފަލާގް ވަނީ އިދިކޮޅު ފަރާތްތަކާ ކުރިމަތިލައްވާފައެވެ. އަދި މްހަލޫފް އަށް ހުރަސް އަޅުއްވާފައި ވެއެވެ.

ފަލާހް ރޭ ދެއްކެވި ވާހަކާގައި އާންމު މިންގަނޑަށް ނުފެތޭ ގިނަ ބަސްތަކެއް ވަނީ ބޭނުން ކުރައްވާފައެވެ. އަދި އެވަހަކަތަކާ ގުޅިގެން އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެއްވިޔަސް މއްސަލައެއް ނެތް ކަމަށް ފަލާހު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ

08 މާރިޗު 2017
އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރިއިރު ޖަވާބްދާރީވުމުގެ ފުރުސަތު ދީފައެއް ނުވޭ: އާލާ
07 މާރިޗު 2017

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި
27 ފެބުރުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިޔާ ޒަރީރު 3،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފި

27 ފެބުރުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިޔާ ޒަރީރު 3،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފި
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު