Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑަން ފުޓްސަލް ޗެލެންްޖު 2025

ވާދޫގެ މައްޗަށް ކުރި ހޯދައި، ކާށިދޫ ފައިނަލަށް

ވާދޫ ބަލިކޮށް ކާށިދޫ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، މިއީ ކާށިދޫ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ފެބުރުއަރީ 2025 | ހޮނިހިރު 04:55
މެޗުގައި ލަނޑު ޖެހުމަށްފަހު ކާށިދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ކާށިދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލްގައި ގދ.ވާދޫގެ މައްޗަށް ކުރި ހޯދައި، ކ.ކާށިދޫ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗު ކާށިދޫ އިން ކާމިޔާބު ކުރީ 4-2 އިންނެވެ.

މެޗުގައި ވާދޫ އިން ލަނޑު ޖަހައި ކުރި ހޯދާއި ވަނިކޮށް، ކާށިދޫ އިން ނަތީޖާ ހަމަހަމަކޮށް ލީޑު ވެސް ނެގި އެވެ. އޭގެ ފަހުން ވާދޫ އިން ނަތީޖާ ހަމަހަމަ ކުރިއިރު، އިތުރު ދެ ލަނޑު ޖަހައިގެން ކާށިދޫ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ކުރީ ކޮޅު ވާދޫ އިން ލީޑު ނެގީ ނަޝާހު އަޙުމަދު ޖެހި ލަނޑުންނެވެ. ނަމަވެސް އޭގެ ފަހުން ވާދޫގެ ކެޕްޓަން އަޔާޒް އަޙުމަދު (އަޔާ) އަތުން ބައި ކޮޅަށް ވަތް ލަނޑާ އެކު ކާށިދޫ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ފުރަތަމަ ފަހަރަށް ކާށިދޫ އަށް ލީޑު ނަގައިދިނީ އަޖުލާން ޢަބްދުލް ޙަންނާން އެވެ. ނަމަވެސް، އޭގެ މިނެޓެއް ފަހުން ނަޝާހު ވަނީ ލަނޑު ޖަހައި ވާދޫ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ވާދޫ އިން ނަތީޖާ ހަމަހަމަ ކުރިތާ ދެ މިނެޓު ފަހުން އިސްމާއީލް ރަޔާން ވަނީ ލަނޑު ޖަހައި ކާށިދޫ އަށް ކުރި ހޯދައިދީފަ އެވެ. އަދި ޖެހިގެން އައި މިނެޓުގައި ދެ ވަނަ ލަނޑެއް ޖަހައި އޭނާ ވަނީ ކާށިދޫގެ ލީޑު ފުޅާ ކޮށްފަ އެވެ.

ވާދޫ ބަލިކޮށް ކާށިދޫ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދިއިރު، މިއީ ކާށިދޫ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަންގާރަ ދުވަހުގެ ރޭ އޮންނަ ފައިނަލް މެޗުގައި ކާށިދޫ ނިކުންނާނީ ހދ.ނައިވާދޫއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް

08 ފެބުރުއަރީ 2017
ކޮޕާޑެލްރޭ: އެޓްލެޓިކޯއާ އެއްވަރުކޮށް އެގްރިގޭޓް ނަތީޖާއިން ބާސާ ފައިނަލަށް
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު