Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގޯލްޑަން ފުޓްސަލް ޗެލެންްޖު 2025

ގަން ބަލިކޮށް، ނައިވާދޫ ފައިނަލަށް

މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލްގެ ޖާގަ ނައިވާދޫ އަށް ލިބުނު ފުރަތަމަ ފަހަރެވެ. ނައިވާދޫ އަތުން ބަލިވެ މުބާރާތުން ކެޓި ގަމަކީ، މިއަހަރުގެ ޗެރިޓީ ޝީލްޑު ކާމިޔާބު ކުރި ޓީމެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ފެބުރުއަރީ 2025 | ހޮނިހިރު 04:54
ނައިވައިދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ނައިވައިދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލްގައި ލ.ގަން ބަލިކޮށް، ހދ.ނައިވާދޫ އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލްގައި ނައިވާދޫ އިން ވަނީ 3-1 އިން ގަން ބަލިކޮށްފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ނައިވާދޫ އިންނެވެ. ނަމަވެސް އޭގެ ފަހުން ގަމުން ވަނީ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެ ފަހުން އިތުރު ދެ ލަނޑު ޖަހައިގެން ނައިވާދޫ ވަނީ މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ.

މެޗުގައި ނައިވާދޫފގެ ފުރަތަމަ ލަނޑު ޖަަހައި އެ ޓީމަށް ކުރި ހޯދައިދިނީ 10 ވަނަ މިނެޓުގައި މުޙައްމަދު ޝާއިން އެވެ. އޭގެ ހަ މިނެޓު ފަހުން އަޙުމަދު ޙަލީމް (އައްމަޑޭ) ޖެހި ލަނޑުން ގަމުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް ނައިވާދޫ އަށް ލީޑު ނަގައިދިނީ އަޙުމަދު ޙަމީދު އެވެ. އޭގެ ފަހުން މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޝާއިން ވަނީ ނައިވާދޫގެ ދެ ވަނަ ލަނޑެއް ވެސް ޖަހައިފަ އެވެ.

މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލްގެ ޖާގަ ނައިވާދޫ އަށް ލިބުނު ފުރަތަމަ ފަހަރެވެ. ނައިވާދޫ އަތުން ބަލިވެ މުބާރާތުން ކެޓި ގަމަކީ، މިއަހަރުގެ ޗެރިޓީ ޝީލްޑު ކާމިޔާބު ކުރި ޓީމެވެ. މުބާރާތުގެ އަތޮޅު ބުރުގެ ފައިނަލްގައި ގަން ވަނީ ލ.އިސްދޫ އަތުން ބަލިވެފަ އެވެ. އަދި ޒޯން ފައިނަލްގައި ވަނީ ތ.ތިމަރަފުށި އަތުން ވެސް ބަލިވެފަ އެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު