Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ޒުހޫރު ވަކި ކުރުމުގެ ފަހަތުގައި އޮތީ ސަރުކާރު، ރައީސްއާ ބައްދަލު ކުރައްވަން ހަތަރު ސިޓީ ފޮނުވި!

އެޗްޑީސީގެ ޗެއާމަންކަމުގައި ޒުހޫރު ހުންނަވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ޒުހޫރު ފޮނުވި ސިޓީ ލީކުވީ ހިސާބުން، ސަރުކާރާއި ޒުހޫރުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އޭގެ ކުރިން ވެސް ސަރުކާރުން ޒުހޫރާ މެދު ހިތްހަމަ ނުޖެހޭ ކަމަށް އޭނާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2025 | ހޯމަ 05:55
އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަނަށް ހުރި އަޙުމަދު ޒުހޫރު

އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަނަށް ހުރި އަޙުމަދު ޒުހޫރު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިންގ ކޮމެޓީގެ ޗެއާމަންކަމުން އަޙުމަދު ޒުހޫރު ވަކި ކުރުމުގެ ފަހަތުގައި އޮތީ ސަރުކާރުކަން އެނގިއްޖެ އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ރާއްޖެ ނޯމަލައިޒް ކުރަން ނިންމީ މިދިޔަ އަހަރު އެވެ. އެއަށްފަހު ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ނޯމަލައިޒިން ކޮމެޓީއެއް ވަނީ އައްޔަން ކޮށްފަ އެވެ. އެ ކޮމެޓީގެ ޗެއާމަނަކަށް ފީފާ އިން ހަމަޖެއްސީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި ވަޒީރުކަން ވެސް ކުރެއްވި ޒުހޫރު އެވެ.

އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަނަކަށް ހަމަޖެއްސުމުގެ ކުރިން ޒުހޫރު ހުންނެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަމުގެ މަގާމުގަ އެވެ. އެ މަޤާމަށް ޒުހޫރު ހަމަޖެއްސީ 2024 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހު އެވެ. ނަމަވެސް، އެ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ވަނީ ޒުހޫރު އެ މަގާމުން ވަކިކޮށްފަ އެވެ.

އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަންކަމުގެ މަގާމުން ޒުހޫރު ވަކި ކުރަން ފީފާ އިން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފަސް މެމްބަރުންގެ ކޮމެޓީގެ އަދަދު ތިން މެމްބަރުންނަށް މަދުކޮށް، އެ ކޮމެޓީގެ ޗެއާމަންކަމަށް ދެން ހަމަޖެއްސީ ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އަޙުމަދު މުޢިއްޒު އެވެ.

އެނގިފައިވާ ގޮތުގައި އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީން ޒުހޫރު ވަކި ކުރަން ފީފާ އިން ނިންމީ، ސަރުކާރުން އެކަމަށް އެދިގެންނެވެ. އެކަމުގެ މައުލޫމާތު އިނގޭ ފަރާތަކުން "ރާއްޖެ އެމްވީ" އަށް ވިދާޅުވީ، އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީން ޒުހޫރު ވަކި ކުރަން ސަރުކާރުން ބޭނުންވާތާ ވަރަށް ދުވަސްވެފައިވާ ކަމަށެވެ.

އެގޮތުން އެޗްޑީސީގެ ޗެއާމަންކަމުގައި ޒުހޫރު ހުންނަވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް ޒުހޫރު ފޮނުވި ސިޓީ ލީކުވީ ހިސާބުން، ސަރުކާރާއި ޒުހޫރުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި ކަމަށް އޭނާ ބުންޏެވެ. އޭގެ ކުރިން ވެސް ސަރުކާރުން ޒުހޫރާ މެދު ހިތްހަމަ ނުޖެހޭ ކަމަށް އޭނާ ބުންޏެވެ.

އެގޮތުން ނޯމަލައިޒިން ކޮމެޓީގެ ޗެއާމަންކަމަށް ޒުހޫރު ހަމަޖައްސައި، މެމްބަރުންނާ އެކު އެ ކޮމެޓީން މަސައްކަތް ކުރަން ފެށި ފަހުން، ރައީސް މުޢިއްޒުއާ ބައެްދަލު ކުރަން އެދި ނޯމަލައިޒިން ކޮމެޓީން ވަނީ ހަތަރު ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ. އަދި އޭގެން އެއްވެސް ސިޓީ އަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޮތީ ޖަވާބު ނުދީ އެވެ. އެހެންވެ، މިދިޔަ މުއްދަތުގައި ނޯމަލައިޒިން ކޮމެޓީ އަށް ރައީސް މުޢިއްޒުއާ ބައްދަލު ކުރެެވޭ ގޮތެއް ނުވި އެވެ.

މީގެ އިތުރުން ދާދި ފަހުން ފެށި އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފަސް ކުރުމަށް ސަރުކާރުން ބޭނުން ވެގެން އެކަމަށް އެދިފައި ވަނިކޮށް، އެ މުބާރާތް ފަސް ނުކޮށް ކުރިއަށް ގެންދަން ނިންމުމުން ވެސް، އެކަމުގައި ސަރުކާރުގެ ނުރުހުން ޒުހޫރަށް އޮތެވެ.

އެގޮތުން މުބާރާތް ފަށަން ހަތަރު ގަޑި އިރަށް ވެފައި ވަނިކޮށް ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ޒުހޫރަށް ގުޅުއްވައި، އެ މުބާރާތް ފެށުން ފަސްކޮށްދިނުމަށް އެދުނެވެ. އެއީ އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރު އިސްމާއީލް ޝަފީއުގެ އެދުމުގެ މަތިންނެވެ. އެގޮތަށް އެދުނީ ބައެއް ބެލެނިވެރިންގެ ކަންބޮޑުވުންތައް ހުރުމުން ކަމަށް ބުނެ އެވެ.

އެކަމަކު އެފްއޭއެމްގެ ޓެކްނިކަލް ކޮމެޓީ އާއި ވަޒީރު ރާފިޢުއާއެކު ބޭއްވި ބައްދަލުވުމަށް ފަހު ވެސް، އެ ކޮމެޓީ އަށް ފެނުނީ މުބާރާތް ކުރިއަށް ގެންދިޔުމަށެވެ. އެއީ ރާއްޖޭގައި ފުޓުބޯޅައިގެ ޙަރަކާތްތަތައް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްވުމާއި، މުބާރާތް ފަށަން ކުލަބުތަކުން ތައްޔާރުވެ، މުބާރާތް ފަށަން މަދު ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް މުބާރާތް ފަސް ކުރަން ޓެކްނިކަލް ކޮމެޓީ އަށް ނުފެނުމުންނެވެ.

އެގޮތަށް ނިންމުމުން ޒުހޫރަށް ސަރުކާރުގެ ނުރުހުން ވަަރަށް ބޮޑަށް އަމާޒުވި އެވެ. އެކަން އެހެން އޮއްވާ، މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ޔޫތު ޗެމްޕިއަންޝިޕުގައި ކުލަބު އީގަލަސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗު ނިމުނުތަނާ، ފީފާ އިން ވަނީ ޒުހޫރު ވަކި ކުރަން ނިންމާފައިވާކަން އަންގައިފަ އެވެ. އަދި އެ ނިންމުން ނިންމަން ޖެހުނީ ސަރުކާރަށް ޒުހޫރުގެ އެއްބާރުލުން ނުލިބި، ސަރުކާރަށް ޒުހޫރު ދަތި ކުރަން މަސައްކަތް ކުރާ ކަމަށް ބުނެ އެވެ.

ނަމަވެސް މިހާތަނަށް އައިއިރު، ޒުހޫރު ވަކި ކުރަން ނިންމިކަން ފީފާ އިން ރަސްމީކޮށް ލިޔުމުން އަންގާފައި ނެތް ކަމުގެ މައުލޫމާތު ވެސް މި ނޫހަށް ވަނީ ލިބިފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ 2024އަހުމަދު ޒުހޫރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު